ރޭ ބޭއްވި ޕީޕީއެމާއި ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ---ފޮޓޯ: ނިޝާން އަލީ/ މިހާރު
07 ޑިސެމްބަރ 2023 - 00:37
އެހެން ބަޔަކު ޕާޓީއެއް އުފައްދަން އުޅޭތީ އެކަމާ ނުވިސްނަވާ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ޕީޕީއެމް ހިންގެވުމުގައި ކުރިން އިސްކޮށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާތީ ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.
ޕީއެންސީގެ އާ އޮފީސް ހުޅުވުމަށް ފަހު، އެ ޕީއެންސީ/ޕީޕީއެމް ކޯލިޝަންގެ އިސްބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީންގެ ޕީއެންއެފް އަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަޣުލަބިއްޔަތު ހޯދުމަށް އުނދަގުލަކަށް ވެދާނެތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީން މަސައްކަތް ކުރާނީ ޖޯޝާއި ފޯރީގައި މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިއަދުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ރައްޔިތުން މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދަން. އެ މަސައްކަތް އަޅުގަނޑުމެން ވަރަށް ޖޯޝާއި ފޯރިއާ އެކު ވަރަށް ބާރަށް ކުރިއަށް ގެންދާނަން،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ އެއީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެއް. އެހެންވީމާ އެހެން ބަޔަކު ޕާޓީއެއް އުފައްދާތީ ނުވަތަ އެހެން ބަޔަކު ކުރިމަތިލާނެތީ އަޅުގަނޑުމެން ނުވިސްނަން. އަޅުގަނޑުމެން މި ވިސްނަނީ އަޅުގަނޑުމެންގެ ކޯލިޝަނަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދަން."
ރޭ ބޭއްވި ޕީޕީއެމާއި ޕީއެންސީ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ--- ފޮޓޯ: ނިޝާން އަލީ| މިހާރު
ޕީއެންއެެފް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޕީއެންސީ/ޕީޕީއެމްގެ މެމްބަރުންގެ އަދަދު މަދުވޭތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ، ކޯލިޝަނުން މެމްބަރަކު ނުގެއްލޭ ކަމަށާއި މިހާރު ވެސް ކޯލިޝަނަށް މީހުން އަންނަނީ އިތުރުވަމުން ކަމަށެވެ.
މިދިޔަ މަހުގެ 17 ގައި ޕީއެންސީ ވެރިކަމަށް އައިއިރު، ޕީއެންސީގައި ތިބީ 3،022 މީހުން ކަމަށާއި މިހާރު އިލެކްޝަންސް ކޮމިޝަންސް (އީސީ) ގެ ދަފުތަރަށް ބަލާއިރު އެ އަދަދު އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ކޯލިޝަނަކަށެއް އަދި ވަކި ޕާޓީއެއް އުފައްދައިގެން އެއަކުން އަސަރެއް ނުކުރޭ މިހާތަނަށް އައިއިރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރޭ ބޭއްވި ޕީޕީއެމާއި ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ--- ފޮޓޯ: ނިޝާން އަލީ/ މިހާރު
މަޖިލީހުގެ ސުޕަމެޖޯރިޓީ މިހާރު އޮތީ އެމްޑީޕީގައި ކަމަށާއި އާ ޕާޓީއެއް އޮތް ނަމަވެސް އިންތިހާބު ކާމިޔާބު ކުރައްވާނެ ފޯމިއުލާއަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ވަނީ ހަތަރު ކަމެއް ފާހަގަ ކުރައްވާފަ އެވެ.
"ފޯމިއުލާއަކީ ގަދަ އަޅައި މަސައްކަތް ކުރުން، ރައްޔިތުންނަށް އަޅުގަނޑުމެންވީ ވައުދުތައް ފުއްދަމުން ގެންދިއުން. އެ ވައުދުތައް ފުއްދާތަން ރައްޔިތުންނަށް ފެނުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުން. މި ފޯމިއުލާގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތަނަވަސް އަޣުލަބިއްޔަތެއް ނަގާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވިއިރު، ޕީއެންސީގެ އާ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ގޮންޖެހުންތައް ހުއްޓަސް އެ ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ޕީއެންސީގެ އާ އޮފީސް ގާއިމްކުރީ ސީ ޓްރެކްސް ބިލްޑިންގްގެ ހަތްވަނަ ބުރީގަ އެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް ބާޒާރު ބްރާންޗު އެންމެ ފަހުން ހިންގި އިމާރާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމދު
07 December 2023
ޔާމީނުގެ އެންޑޯޒްމެންޓް ނެތި މުއުއްޒުއަށް ވެރިކަން ނުލިބުނީސްކަން އެއީ ޔަޤީންކަމެއް. އޭގެ ހެއްކަކީ ކެމްޕެއިންތެރޭ ޔާމީނު ވަރެއް ނެތިގެން ދެއްކި މަންޒަރާ ވާހަތައް. އިބޫއަށް ވެރިކަން ލިބުންނަމަވެސް ޔާމީނަށް މިއަދު ޖެހުން ދަތުރު ނުޖެހުނީސް. އެންމެ ގޯސްމީހާ ތިޔަ އެންޑޯޒް ކުރެވުނީ.
ބީނޫ
08 December 2023
ޔާމީނު އެންޑޯޒް ކުރި ހިސާބުން މުއިއްޒުއަށް ވަގަށް ގޮވަން ފެށި. އެކަމުގެ ސަބަބުން ވަރަށް ގެއްލުންވި. ގިނަމީހުން ވޯޓު ދިނީ އިބްރާހީމް ބާލަން
ރަދީފްއޮފިޝަލް
07 December 2023
''އެހެން ބަޔަކު'' މިހެން އަދުރޭ ބުނާއިރު ލަދެއް ނުގަނޭތަ؟؟ ފޮޓޯތަކުން ފެންނަ މީހުންގެ މޫނުމަތިން ފެންނަނީ އަމާޒެއްނެތް ލާހޫރޭ ބަޔަކަށް ދެން ކޮންމެވެސް ގޮތަކުން ރައްޔަތުން ސަރުކާރު ދިނީމަ އެމީހުންނަށް ވެސް ޔަގީންކަމެެއް ނެތްކަހަލަ ގޮތަކަށް އެމީހުންގެ ކަންކަން ހުރިތަން. ޝިޔާމް އަދި ސަލީމްގެ ފޭސް އެކްސްޕްރެޝަން ކިޔައިދެނީ ވަރަށް ގިނަ ވާހަކަ.ލައްކަ ވާހަކަ.ހެހެހެހެހެހެހެހެ
ނުރަ
08 December 2023
އެމީހުން ތިބީ ނުހަނު އުފަލުން. ބައްތިރީސް ދަތް ދައްކައިގެން ނުތިބިއްޔާ ގޯސްވީތެ؟
އެނަލިސްޓް
07 December 2023
ކުރިން ޕީޕީއެމްގެ ޕްރެސްތައް ހ. އުރަފަ ގައި ބާއްވާއިރު މޫނުފުޅުތަކުން ފެންނަ ޖޯޝާއި ހިތްވަރާއި އަދި އުޖާލާކަން ފޮޓޯގައިވާ އެއްވެސް މޫނަކުން ނުފެނެއެވެ. އަދުރޭގެ ވެސް ހުރީ ނާ އުއްމީދީ ހިނިތުން ވުމެކެވެ. ޝިޔާމު، ޝުޖާޢު، ޓޮމް ގެ ޕްރެސްތަކުގައި ފެންނަ "ހާތްތެރި" ޖޯޝްގެ މޫނުތައް އެހެރީ މިލާ މޯޅިވެފައި ނޫންހެއްޔެވެ! މުންދު، ނިމާލު، ޣައްސާނު، ފަޒުލް، ޝަރީފު އަދި ސަލީމު ބޭގެ މޫނުތައްވެސް ފެންނަނީ ހަމަ އެހާ ނާއުއްމީދާއި ކަންބޮޑުވުމެވެ! މީގެ މާނައަކީ، މިހާރު ހަމައެކަނި އެތިއްބަވަނީ، ޢިއްޒަތާއި، ޖާހާއި އަދި ފައިސާގެ އަވައިގައި ޖެހިފައިކަމެވެ!
ލޮނދި
08 December 2023
ޖަމީލު ނޫނީ އިއްޒަތް ނުލިބިގެން އުޅޭ މީހެއް މިއުޑު ދަށުގަ ނެތް
ހަސަނު
07 December 2023
ހިތް ތިރި ކަމާ އަދަބު އަގަލު ދައްކައިގެން ޕީޕިއެމަށް މި ދަނޑިވަޅުގާ ސަލާމަތެއް އޮތިއްޔާ އޮތީ.. ބޮޑާ ކަމާ ކިބުރުވެރިކަން ދައްކާން އަދި ގާތްވެސް ނުވޭ.. ޔާމިނު ކެނޑުނީމާ ޕީޕީއެމް އަދި ތިޔަ އޮތީ ދެފެން ދޭތެރޭ...
ބޮޑުރިޔާ
07 December 2023
އެއީ ތެދެއް އެކަމަކު ރޭގަނޑުގެ ހަމަނިދި ނުލިބޭހެންހީވަނީ ދެން ތިޔަޕާޓީގެ ކުރީ ސަފައްބަލާލާއިރު ފެންނަނީ ވެރިކަމުގެ 3 އަހަރުހަމަވާއިރަށް މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ކުނިހުތުރު ގޮވާފައި ރައީސް ޔާމީންގެ ފައިބުޑަށް ވެއްޓި އާދޭސް ކުރާނެ ކުރީސަފެއްހެން ވަރަށްހީވެ އެއީ މާޒީއިން އެކަން ފެނިފައި ހުރީމަ
ބަޑިތަކުރު
07 December 2023
އަދުރޭ ބުނާހެން އެ ޕާޓީ އުފައްދާތީ ހާސްވާނެކަމެއް ނެތެވެ. އެކަންކުރާ މީހާ ރަންތިރީސް އަހަރުގެ ބާނީއޭ ކިޔައިގެން އެމީހާގެ ހިޔަނީގައި ނުކުމެ ހެދި ޕާޓީއަށް ވެރިވެގަންފަދައިން ތިޔަ ޕާޓީ ހަދަންވެގެން މާހެޔޮއެދިގެންކަމަށް ހެދިގެން އެއުޅޭ މީހުން އެ ޕާޓީ ވައިގައި ހިފާ ހިސާބުން ދަމައިގަންނާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އޭގެ ހެއްކަކީ ދަރިސޮރުގެ ނަމުގައި ޕާޓީ އުފައްދަނީވެސް އެވެރިންނަށް އިތުރުބާރު ނުކުރާތީ ކަމަށްވުމެވެ.
ފަނޑިޔާރު
07 December 2023
ޑރ މުއިޒް ރައީސްޔާމިން ބާކީ ކޮށްލާނެކަމަކަށް އެއްވެސް ވަރަކަށް އުއްމީދު ނުކުރަމެވެ. ޑރ މުއިޒް އަކީ ސިޔާސީ ގޮތުން އެއްވެސް ބާރެއް ނެތްމީހެއްގެ ގޮތުގައި ހުއްޓާ ޔާމީން ގެ މަސައްކަތުން ޑރ މުއިޒް ރައްޔިތުންނަށް އިނގިގެން ދިޔައެވެ، އަދި ޖަލުގައި އޮވެ ރައްޔިތުންގެ ސަޕޯރޓް ހޯއްދަވާ އެމްޑީޕީ ނާއިންސާފުކަން ރައްޔިތުންނަށް ހަމަކޮށްދެއްވިއެވެ. އަދި ޕީޕީއެމް ޕިއެންސީ އަށް އިންތިހާބުގައި ރައްޔިތުން ދެއްވި ވޯޓަކީ ޔާމިން މިނިވަން ވާނެކަމަށް ދެއްވި ވޯޓެކެވެ.
ޒުނޭރަ
08 December 2023
ބަލަ ޔާމީނޭ ކުނިމޫނު ހަދާފަ މުއިއްޒު ދޫކޮށް ދިޔައީ. 75 ޕަސެންޓު ނުދީގެން
ގެދޮރުވެރިޔާ
07 December 2023
އަދުރޭ މީ އިންތިޚާބު ކާމިޔާބު ކޮށްފާނެ ކަމަށް ލަގާކުރެވޭ ކޮންމެ ރައީސަކަށް އެންމެ ހެޔޮ އެދޭމީހާ. ނޫނޭ ތީ ހަމަ ސިޔާސީބޮލެއް. އަދުރޭ ހަމަ ގަދައީއޭ
އޮނަރަބްލް އަފީފު ދީދީ
07 December 2023
ރަޙީމްބެ ދައްކާ ވާހަކަތަކާއި، ރަޙީމްގެ އަމަލާއި އަދި ރަޙީމްބެގެ ބަސްމަގު ހުންނަގޮތާއި، އެހެން މީހުނަށް އިޙްތިރާމް ކުރުމުގެ އެއްވެސް މިންވަރެއް ނުހުންނާތީ ރަޙީމްބެ އަކީ އެއްވެސް ގޮތަކުން އަހަރެންގެ މެދުގައި މަޤުބޫލު މީހެއްނޫން. # އެކަމަކު ރަޙީމްބެގެ މަސައްކަތުގައި ރަޙީމްބެ އަކީ ހަމަ އަރާހުންނެވި ނަމޫނާ މީހެއްކަން އަހަރެން ޤަބޫލު ކުރަން.
ސަޖިކޯ
07 December 2023
މަޖްލިސް އިންތިޚާބު ޕީއެންސީ އިން ހަނދާން ނައްތާލާ. ސަރުކާރުގެންނަށް ބުރަކޮށް މަސައްކަތް ކުރި މީހުން ބާކީކޮށް، އަދުރޭއާއި ޢާއިލާއާއި ކްލާސްމޭޓުންނަށް ސަރުކާރުގެ ވަޒީފާތަށް ބަހާލައިގެން، ޑރ މުއިއްޒު އަށް އިތުރަށް ރައްޔިތުން ދޭނެ ވޯޓެއް ނެތް.