ޕީޕީއެމްއިން އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި ބޭއްވި ސިލްސިލާ ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.-- ފޯޓޯ: ޕީޕީއެމް
07 ޑިސެމްބަރ 2023 - 08:53
މަނީލޯންޑަރިން އާއި ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުވެ، ލަސްވަމުންދާ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަން ސަރުކާރު ކޯލިޝަން އަދި އެ މަނިކުފާނުގެ ކުރީގެ ކޯލިޝަން ޕާޓީ ޕީޕީއެމްޕީ/އެންސީން ރޭ ދެކޮޅު ހަދައިފި އެވެ.
ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ހަފުތާއެއް ނުވަނީސް ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އެހެންވެ، އެ ކޯލިޝަންގެ އާ ލީޑަރުގެ މަގާމަށް ރޭ ވަނީ ރައީސް ޑރ. މުއިއްޒު ހަމަޖައްސައިފަ އެވެ.
ޔާމީން މިނިވަން ނުވެ، ލަސްވަމުންދާ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ތަކުރާރުކޮށް ވިދާޅުވީ އެ ސުވާލަށް ޖަވާބު ނުދެއްވޭނެ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީން ބޭއްވި ބައްދަލުވުމެއްގައި އެ ކޯލިޝަންގެ އާ ލީޑަރު ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނުގެ އެޑްވައިޒަރު އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވާއިރު ޔާމީނަށް ހާއްސަ ގޮނޑި.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭގެ ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި، ރޭ ނޫސްވެރިންނާ ބައްދަލުކުރެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް އެ ކޯލިޝަންގެ ސެނެޓުން ނިންމި ނިންމުންތައް އާންމު ކުރައްވަން ކަމަށް ވާތީ އެވެ.
"މިރޭގެ ނޫސްވެރިންގެ ބައްދަލުވުމަކީ ޕީޕީއެމް/ޕީއެންސީގެ ސެނެޓު ބައްދަލުވުމުގައި ނިންމި ނިންމުންތައް ހާމަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް. އެކަމާ ނުގުޅޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައެއް ނުވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި އޮންނާނީ ގާނޫނީ އިމުގެ ތެރެއިން ކޮންމެ ކަމެއް ވެސް ކުރައްވަން. އެހެންވީމާ ގާނޫނީ އިމުގެ ތެރެއިން އެ އޮންނަ އުސޫލެއްގެ ތެރެއިން ހިންގަމުންދާނެ ކަމަށް އިތުރު ސުވާލެއް ވެސް ނެތް. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކުން ޝަރުއީ ދާއިރާއަކަށް ނުފޫޒެއް ނުފޯރުވާނެ."
ޕީއެންސީގެ އާ އޮފީސް ހުޅުވުމުގެ ހަފުލާގައި ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މި ފަހަރުގެ ރިޔާސީ ކެމްޕެއިންގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހު ޔާމީން ގެ އަށް ބަދަލު ކުރައްވާނެ ކަމަށެވެ. އަދި ޔާމީން މިނިވަންކުރުމުގެ ކަންކަން ކުރައްވާނީ ގާނޫނުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކޮންމެ ގޮތެއް ވިޔަސް، އަޅުގަނޑުމެން ވެރިކަމާ ހަވާލުވާ ފުރަތަމަ ދުވަހު ވެސް، އެހާ ތަނަށް ވެސް އެ މަނިކުފާނު ގެއަށް ނުގެނެސް ބަހައްޓައިފި ނަމަ އަޅުގަނޑު ފުރަތަމަ [ޔާމީން ގެއަށް] ގެންނާނަން. މާނަ އަކީ އަޅުގަނޑުމެން އިއްޔެ ފެށި މަސައްކަތުގެ ގިއަރު އިތުރަށް މަތި ކުރަމުން ގޮސް، އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބުކޮށް އެ މަނިކުފާނު މިނިވަން ކުރާނަން،" ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފުރަތަމަ ބުރުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވެ އެވެ.
ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ދުވަހުގެ އަނެއް ދުވަހު ޔާމީން ވަނީ ޖަލުން ގެ އަށް ބަދަލުކޮށްފަ އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހުށަހެޅުމާއި މަނީ ލޯންޑަރިން ހިންގި މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ޝަރީއަތް މިހާރު ހައި ކޯޓުގައި ވަނީ ހުކުމާ ހަމައަށް ގޮސްފަ އެވެ. އެ މައްސަލަ އިސްތިއުނާފު ކުރެއްވީ ޔާމީންގެ ފަރާތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރޭބޭ
08 December 2023
ޔާމީނާ ބެހޭ ނޫސް ކޮންފަރެއްސެއް އޮންނާނީ ކޮން ދުހުކޮންތޯ؟ ތިޔަދަނީ ބާރަށަ ތޮއްޓަށް އަރަން.
ނަސީ
07 December 2023
މިރައީސަކީ އެބޭފުޅާގެ ރައްޓެހި އަދި އާއިލާގެބޭފުޅުންގެ މަސައްކަތުން އައި ރައީސެއް
އެއްކަލަ ހުސްގޮނޑި
07 December 2023
ތިބުނާ ގޮތުން ވޯޓުދިން އެއްމެންނަކީ ތި ރައީސްގެ ރައްޓިހިންނާ އާއިލާ މީހުންތާ..އަހަންނާ އަހަރެންގެ އާއިލާއާ ރައްޓެހިންނަކީ tI ރައީސް ރައްޓެހި ބައެއްނޫން ތިމާގެ ބައެއްވެސްނޫން އެކަމަކު ވޯޓުދިނީ ތި ރައީސަށް...ރޔާމީން މިނިވަންކުރަން އިންޑިޔާ ސިފައިން ފޮނުވާލަން...މިކަން ނުކުރެވެންޏާ ތި ރައީސެކޭ ކުރިންހުރި ރައީސެކޭ ކޮބާ ތަފާތެއް..އެހެންވީމަ އަހަރެން ބޭނުމީ މިވެރިކަން ބަދަލުވާން...
ހޮޓްކިންގ
07 December 2023
ކަލޭމެންތީ ޔާމީނު ކައްކައިގެން ބޮއިގެން ހޯދި ވޯޓުން ވެރިކަމަށް އައިމީހުން. އަބްދުއްރަހީމު އަށް މިހާރު އޯކޭވާނީ ޔާމީނު ގިނަދުވަހު ޖަލުގައި އޮތިއްޔާ. އޭރުން މުއިއްޒު ކައިރީ ބުރޯއަކަށް ވެގެން ގިނަ މަގާމުތަކާޢި އާރާއި ބާރުގައި ހުރެވޭނީ.
އުދުހޭ
07 December 2023
ޑރ.ޖަމީލަކީ މިހާރު ޔާމީނުގެ އަބްދުއްރަހީމުތަ؟
ކުމާރު
07 December 2023
ޔާމިނަށް ކުރީ ހަލާލު ކުކުމެއްކަން އެގުނީ ވޯޓްގެ ދެވަނަ ބުރުން, ވޯޓް ގުނާ ނިމުމުން. މީ ޔާމިނު ބުނެފިއްޔާ ކަނޑަށް އެރެންވެސް އެރެން ތައްޔާރަށް ތިބި މީހުން ކަމަށް ބުނި މީހުން, ހަދާންވަނީ ކޮތަރު ޕާކުގަ ޔާމިން އަށްޓަކާ ތިބި ދުވަސް, ހުކުމުން ދުވަނީ ހަލާލުވަސް މިހާރު.
މަހާތީރު
07 December 2023
މީނާ މިހެން ބުނީމާވެސް އެނގޭ ނުފޫޒު ފޯރުވާނެ ވަރު. މާ ރަނގަޅުވީސް އަނގަމަޑުން ލައިގެން ހުރި ނަމަ.
ޢަަދަމް ޝަރީފް
07 December 2023
ބަލަ އަދުރޭމެންނޫންތޯ، ޔާމީނަށް ޙަރާމް ހުކުމެކޭ ކޮށްގެން އުޅޭނީ ކިޔާފަ މާލޭ ،މަގުމަތީގަ އަޑުގަދަކުރަމުން، ކޯޓްތައް ވަށާ އަޑުގަދަކުރަމުން ދުވީ، މިހާރު އަތްނުބާނާނަމޭބުންޏަސް ވެރިކަން ނުލިބޭއިރު ކިޔަމުން ދިޔައީ މުއީއްޒަށް ވެރިކަން ލިބިޖެއްޔާ މިނިވަންކުރާނަމޭ، މިހުރިހާ ޙާސަރެއް ދަމާފަ ދެން ފަޅޮލޭ ބަރަބޮލޭ ކީމަ ކަޑައޭ ބްރޯ.. ޔާމީން މިނިވަން ކުރަން ބޭނުން ނުވީމަ ޝަރުޢީ ދާއިރާ އަށް އަތްނުބާނާނަމޭ ކީމަ އަންނަނީ ހިނި..
އަހުމަދުވިމތ
07 December 2023
އަދުރޭމެންނަށް ކުރިން ނުވިސްނުނީ އުޅުނުދަތިކަމުން އަދިކިރިޔާ ވިސްނުނީ ޔާމީން އަށް ކޮށްފަ ހުރީ ރަގަޅު ހުމެއްކަމާއި ، ޖުދިޝަރީއަށް އަތްބާނައިގެން ޔާމީން ސަލާމަތް ކުރުމަކީ ގޯހެއްކަން، ދެންވެސް ވެރިކަން ގެއްލޭދުވަހަކުން ވިސްނުން ބަދަލްވެދާނެ. ހަޤީގަތަކީ ކޮންމެ މީހެއް ކުށެއް ކުރިޔަސް އެމީހަކަށް ހައްޤު އަދަބު ލިބެންޖެހޭނެކަން.
ދަ ޑިމޮކްރެޓްސް
07 December 2023
ޝަރުޢީ ދާއިރާއަށްވިއަސް އަދި އެހެން ދާޢިރާއެއްވިއަސް ޙަރާމް ކަންތައް ކުރަންޏާ ޖެހޭނެ ހުއްޓުވަން. ތިމާމެންގެ ބާރު ނެތްދުވަހު ޙަރާމްކަމެއްގެ ގޮތުގައިދެކި މަގުމަތީ ގޮވަމުންދިޔަ ބަންޖާ ފަރިއްސާ ޅެން ސޮއްސާލީ ހާދައަވަހަށޭ ދޯ! ޙަރާމްކަމަށް ގޮވަމުންދިޔަ ހުރިހާ ކަމެއް ސާފު ޙަލާލުކަންތަކަށް ބަދަލުވެއްޖެ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ކެނޑިއްޖެ. ގޯހެއްނޫން. ޔާމީނު ތޫނުކުރި ކަނޑީގެ މިޔަމަތީ މިއަދު ޔާމީން އެ އިންނެވީ. ކަނޑީގެ ތޫނުކަމުގެ ރަހަ ލާނެ މިހާރު.
ތިލްމީޒް
07 December 2023
ޔާމީން އަކީ ޕާސްޓް މުއިއްްޒް އަކީ ފިއުޗާ
ތިލްބޮޓު
07 December 2023
މުއިއްޒުއަކީ އެންމެ ގިނަވެގެން 5 އަހަރުގެ ފިއުޗަރއެއް
އަންދަލޫސިޔާ
07 December 2023
ރައީސް ޔާމީންގެ ފޮޓޯއިން ބެކްގްރައުންޑްގެ %60 ފުރާފަ އިން ޒަމާން ގޮއްސި. ބޮޑު ފޮޓޯގެ ސްޓްރަކްޗަރ ބިމަށް ކަނޑާ ވައްޓާލާފައި މުޢިއްޒު ދިން މެސެޖް ސާފު.