ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ޗައިނާ އަށް ވަޑައިގަތުމަށް ފްލައިޓުގައި: ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު މިހާރު ވަނީ ޖެނީވާ އަށް ވަޑައިގެންފައި.-- ފޮޓޯ: ރައީސް އޮފީސް
10 ޑިސެމްބަރ 2023 - 10:10
އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ރޭ، ސުވިޒަލޭންޑުގެ ޖެނީވާ އަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، ނައިބު ރައީސްގެ މި ދަތުރުފުޅުގައި އދ. ގެ އިންސާނީ ހައްގުތަކާބެހޭ ހައި ކޮމިޝަނަރުގެ އޮފީހާއި ސްވިޒަލޭންޑްގެ ސަރުކާރާ ގުޅިގެން އިންތިޒާމުކުރާ "ހިއުމަން ރައިޓްސް 75"ގެ މަތީފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އިންސާނީ ހައްގުތަކުގެ މުސްތަގްބަލު، ތިމާވެށި އަދި މޫސުން" މި މައުލޫއުތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ ރައުންޑްޓޭބަލް ބައްދަލުވުމާއި ބޭރު ގައުމުތަކުގެ އިއްޒަތްތެރިން އަދި އދ. ގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާ ވެސް ނައިބު ރައީސް ބައްދަލުކުރެއްވުމަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"ހިއުމަން ރައިޓްސް 75"ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާދަމާ އަދި އަންގާރަ ދުވަހު އެވެ.
ނައިބު ރައީސް ޖެނީވާ އަށް ވަޑައިގަތީ މިދިޔަ ހަފުތާގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ބައިވެރިވެވަޑައިގަތުމަށް ފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލާހުއްދީން
11 December 2023
އަދި މަހެއް ނުވޭ. ނައިބު ރައީސް މެން ވަރަށް ބުރަކޮށް ޤައުމުގެ ކަންކަމައިން އުޅޭ ތަން ފެނިގެން މި ދަނީ
އަހްމަދު އަނީސް
11 December 2023
މަތީފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު ލިބުން އެއީ ރާއްޖެ އެހެން ގައުމު ތަކުން ބަލައިގަންނަކަން
ހުމާސު މުހައްމަދު
11 December 2023
ހީވޭތަ ކަމެއްހެން ؟ ބޭރު ދުނިޔޭއިންވެސް މި ގައުމު ބަލައިގެންފި
ނޫހް އަލީ
11 December 2023
ބަޔަކަށް ހަޖަމް ނުވާނެ މިކަން.
ކިނާނު ޝާކިރު
11 December 2023
ބޭރުގެ ދުނިޔޭގައި ރާއްޖެ ބަލައިގެންފައިވާ މިންވަރު މި އެގެނީ މިހަކަ ސަމިޓް ތަކަށް ދައުވަތު ލިބޭތީ. އިބޫގެ ވެރިކަމުގައި ރާއްޖެ ބަލައިގަންނަނީ އިންޑިއާއިން އެކަނި. އެއީވެސް އަޅުވެތި ކުރުވަންވެގެން.
ކިނބިދޫ
11 December 2023
ކުރީގެ ވެރިކަމުގައި ރާއްޖެ އުޅުނީ ވަރަށް ބޭރުގެ ގައުމުތަކާއި ދުރުގައި. މިއަދު މި ފެންނަނީ ރާއްޖެ ވަރަށް ގުޅިގެން މަސައްކަތް ކުރާ މަންޒަރު
ހައްސާން އަހުސަން
11 December 2023
ބޭރު ގައުމުތަކާއި ގުޅުން ބަދަހިކުރުމަށް ޑރ މުއިއްޒު ގެންގުޅުއްވާ އަސާސް ހަ،މަ އެއްވަނަ
ކޮބާ އެންވޯއީ
10 December 2023
މޫސުމީ ބަދަލުގެ އެންވޯއީ ނުލާ އެފަދަ ބައްދަލުވުން ތަކަށް މިދަނީ ކީއްވެތޯ؟ ރައީސުލް ޖޫމްހޫރިއްޔާގެ އެކަމުގެ ޚާއްސަ މަންދޫބު ނުދަނީތޯ؟
އެކްސްް
10 December 2023
އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަށް އިންސާނީ ހައްގުތަކުގެ ވާހަކަ ދެއްކުމުގެ ހައްގު މިއަދު ލިބިގެނެއްނުވޭ! އިންސާނީ ހައްގުގެ ނަމުގައި އެމީހުންގެ ހަޑިމުޑުދާރު އެޖެންޑާ ފެތުރުން ނޫންކަމެއް ނުކުރޭ. ހައްދު ފަހަނަޅާފައިވާ އިޒްރޭލުން ފަލަސްތީނުގެ އާންމުން ގަތުލުކުރަމުންދާއިރު، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުން ތިބެނީ އެމީހުންނަށް ވާގިވެރިވާން.
އަހުމަދު ސައިފުލް
10 December 2023
މަ ބުނީ އަދި އެހަށް ދުހުނު ޗައިނާއިން އެ ވަޑައިގަތީ މީހާރު އަނެއްކާ ފުރާވަޑައިގަތީ؟ ދެން އެކަމު ފައިސާ އެއް ނެތޯ ސަރުކާރު ހިންގާނެހާވެސް!
ގުމްރާހް
10 December 2023
ވާނުވާނޭގިގެން ތިއުޅެނީ އަދި ޗަައިނާ ދަތުރު ފުޅު ނިންމާ ނުލައްވާ ހެހެހެ