އައްޑޫގެ ފެނުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަނީ: ފެނުގެ މައްސަލަ ހައްލުކޮށް، ރޭ ވަނީ ފެން ދޫކުރާން ފަށާފައި--- ފޮޓޯ/ފެނަކަ
10 ޑިސެމްބަރ 2023 - 11:12
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑުނު މައްސަލަ ހައްލުކޮށް، ތިން ދުވަސް ފަހުން ފެން ދޫކުރަން ފެނަކައިން ރޭ ފަށައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫން ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ފެނަކަ އިން ބުންޏެވެ. އެ މައްސަލަ ހައްލު ކުރުމަށް ހުކުރު ދުވަހު އައްޑު އަށް ސްޕެއާ ޕާޓްސް ނުވަތަ ވީއެފްޑީ ޑްރައިވެއް ވެސް ގެންގޮސް އިންސްޓޯލް ކުރި އެވެ.
ނަމަވެސް އެ އަށް މައްސަލަތަކެއް ދިމާވެ، އިއްޔެ އަނެއްކާ ވެސް އެމްޑަބްލިއުއެސްސީން އިތުރު ވީއެފްޑީ ޑްރައިވް އަކާ އެކު އެ ކުންފުނީގެ އިންޖީނިއަރެއް ފޮނުވީ އެވެ.
ސަޕްލައި ފެނުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު "މިހާރު" އަށް ވިދާޅުވީ މައްސަލަ ހައްލު ކުރުމަށް ފަހު ރޭ، އެ ރަށްތަކަށް ފެން ދޫކޮށްފައިވާ ކަމަށެވެ.
އައްޑޫގެ ފެނުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަނީ--- ފޮޓޯ/ފެނަކަ
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، އައްޑު އަށް ސަޕްލައި ފެން ދޫކުރުމުގައި "ރިސްކު ބޮޑުކަމަށް" މިދިޔަ އަހަރު ޔޫޓިލިޓީ އޮތޯރިޓީން ހެދި ރިޕޯޓެއްގައި ބުނެފައިވާ ކަމަަށެވެ.
"ގަވައިދުން ކުރަންޖެހޭ ކަންކަން ނުކޮށް އެހެން ގޮސް މިހާ ހިސާބަށް މި ދިޔައީ،" ކަމުގެ ސީރިއަސްކަން ފާހަގަކުރައްވަމުން މުއާޒް ވިދާޅުވި އެވެ.
ފެނަކައިން އިއްޔެ ނެރުނު ބަޔާނުގައި ވެސް ބުނީ ހިދުމަތް މެދުކެނޑެން ދިމާވީ ގަވާއިދުން ކުރަންޖެހޭ މަރާމާތުތައް ނުކޮށް ހުރުމުން ކަމަށެވެ. ޔުޓިލިޓީ އޮތޯރިޓީން އިސްލާހުކުރަން އަންގާފައިވާ ކަންކަން ވެސް އެގޮތަށް ކޮށްފައި ނެތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އެ މައްސަލަ ދިމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިދުމަތް މެދުކެނޑުނީ އެކަށީގެންވާ ސްޓޯރޭޖެއް ގާއިމް ކޮށްފައި ނެތުމުން ކަމަށާއި އެ މައްސަލަ ތަކުރާރުވިޔަ ނުދިނުމަށާއި އަދި ފެން ރައްކާކުރެވޭނެ އެކަށީގެންވާ ސްޓޯރޭޖެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހަވަންދިއްޕޮޅު
10 December 2023
ނާގާބިލު އެމްޑީއަކަށް ވާނީވެސް މިވަރުއެވެ. ކުރީން ހުރިމީހާވެސް މަ ބޮޑޭވެގެން ތިޔަހެން ޓީވީތަކަށް އަރާ ޢޫލުންގެ ރަސްގެފާނުކަމަށް ހެދިގެން އުޅުނެވެ. މިސަރުކާރަށްވެސް އަހަރުމެން ވޯޓް ނުދޭން މީނާ ފުދެއެވެ. އުތުރުގެ ރަށްތަށް މިއަލަށް މިއައި މީހާއަކަށް މިއީ އޮތްތަނަކޭވެސް ހީނުވެއެވެ. މިވަރު މީހަކު އެމްޑީއަކަށް ލީމައި އަހަރުމެން ރައްޔިތުން ތިބޭނީ ކަނުއަނދިރީގައެވެ.
އިބްރާ1
10 December 2023
ވީއެފްޑީ (ވޭރިއަބްލް ފްރީކުއެންސީ ޑްރައިވް) ފެއިލް ވުމަށް މެދުވެރިވާ ގިނަކަންތަކެއް ހުރޭ. ތިޔަ ފެންޕްލާންޓް ގާއިމުކޮށްފައިވާ ލޮކޭޝަނަކީ އެއްމެބޮޑު އެއްމައްސަލަ.އެންވައިރުމަންޓް މައްސަލަ. އެކި ކަނެކްޝަންތައް ކޮރޯޑް ވެ ދަބަރުޖެހުމުގެ ސަބަބުން ލޫސްކަނެކްޝަން އުފެދި، ސިސްޓަމް އޯވާހީޓްވުން. މިކަހަލަ ގިނަކަންކަން އެބަހުރި. ފުއްޓަރަށް ބިންދާރާޅުތަކުގެ ލޮނުދިލައިން ސަލާމިތް ނުވާހިސާބުގަ ހަދާފައިވަނީ.
އޮނަރަބްލް އަފީފު ދީދީ
10 December 2023
މި ޙަބަރާއި ގުޅޭގޮތުން ނޫހުގައި ލިއުނު ޙަބަރު ތަކުގައި ޖަހާފައިވާ ހުރިހާ ފޮޓޯ ތަކެއްގައިވެސް ފެނަކައިގެ ޓެކްނިކަލް މުވައްޒިފުން ފެނުނީ މިފަދަ މަސައްކަތުގެ މާހައުލުގައި ތިބެންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅެއްނެތި މަސައްކަތް ކުރަމުންދަނިކޮށް. # މިއީ ވަރަށް އާދައިގެ ކަމެއް. މިކަމުންވެސް އިގޭ އެއްޗަކީ ކުންފުނި ހިންގުމުގައި އެއްވެސް ކަހަލަ ހަރުދަނާ ކަމެއް ނެތްކަމާއި މިފަދަ އަސާސީ މިންގަނޑުތަކާއި ބެހޭ ޤަވާއިދު ތަކެއްވެސް ހަދާ އަމަލު ކުރަމުން ނުދާކަން.
އޮނަރަބްލް އަފީފު ދީދީ
10 December 2023
މަތިމައްޗަށް ދަރަނިވެރިވެފައިވާ FENAKA ކުންފުންޏަކަށް އައްޑޫގެ ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ނުދެވޭނެ. # އެހެންކަމުން ވެރިކަމުގެ ފަހުކޮޅަށް މަޑުނުކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ ކަރަންޓްގެ ހިދުމަތް STELCO އަށް އަދި ސިޓީތަކުގެ ފެނާއި ނަރުދަމާގެ ހިދުމަތް MWSC ގެ ދަށަށް ބަދަލު ކުރައްވާ. # މިހާރުވެސް މާލޭގައި ކުނި އުކާލުމުގެ ހިދުމަތްދޭ ކުންފުނި WAMCO ދަނީ ވަރަށް ރަނގަޅަށް އައްޑޫސިޓީގައި ހިދުމަތް ދެމުން ނޫންތޯ.
ބަވޝ
10 December 2023
ޝުކުރިއްޔާ. އުތުރުން.
އޮޅުންސުވާލި
10 December 2023
ވީގޮތާއި ވާންވީގޮތާއި ވާނުވާ ކިޔައިދީ ހާމަކުރަމުން އައީތީ އުފާކުރަން.