އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު ލުވައިޒް -- ފޮޓޯ: އެސްޓީއޯ
10 ޑިސެމްބަރ 2023 - 12:15
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރަކަށް މީގެ 21 އަހަރު ކުރިން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުސެއިން ލުވައިޒް ހަމަޖައްސައިފި އެވެ.
ލުވައިޒް އެމްޑީގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ހުންނެވީ އެލައިޑްގެ ކްލެއިމް ސެކްޝަންގެ މެނޭޖަރުގެ މަގާމުގަ އެވެ. ލުވައިޒް އެ ކުންފުންޏާ ގުޅިވަޑައިގަތީ 2002 ވަނަ އަހަރުގަ އެވެ.
އެލައިޑްގެ އެމްޑީ ކަމުގެ މަގާމާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެސްޓީއޯ
ލުވޭޒު ވަނީ އިނގިރޭސި ވިލާތުގެ ޗާޓާޑް އިންޝުއަރެންސް އިންސްޓިޓިއުޓުން ޗާޓާޑް އިންޝުއަރާ ސެޓިފިކެޓް ހޯއްދަވައިފަ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވީ މުހައްމަދު ޝަފާޒެވެ.
އެލައިޑް އިންޝުއަރެންސް އުފެއްދީ 1985 ވަނަ އަހަރު އެވެ. އެ ކުންފުނި އުފެއްދީ އެސްޓީއޯ އާއި އިނގިރޭސި ވިލާތުގެ ކޮމާޝަލް ޔޫނިއަން އިންޝުއަރެންސާ ގުޅިގެންނެވެ. އޭގެ ދެ އަހަރު ފަހުން އެސްޓީއޯ އިން ވަނީ ކޮމާޝަލް ޔޫނިއަންގައި އޮތް ހިއްސާ ގަނެ، 100 ޕަސެންޓް ދިވެހި ކުންފުންޏަކަށް ހަދައިފަ އެވެ. އެއީ އިންޝުއަރެންސް ހިދުމަތް ރާއްޖޭގައި އެންމެ ފުޅާކޮށްދޭ ކުންފުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަސްލު
10 December 2023
ޙިތް ހެޔޮ ރަނގަޅު ބޭފުޅެއް. ޢެލައިޑަށް ލުވޭޒްގެ ހިންގުމުގެ ދަށުން ފާގަތި ދުވަސް ތަކަކަށް އެދެން.
މިދީބު1
10 December 2023
އިންސިއުރަންސް ދާއިރާގަ ވަރަށްވެސް ގާބިލް ބޭފުޅެއް. އެލައިޑަށް ފާގަތި ދުވަސްތަކަކަށް އެދެން.
ތަރީސް
10 December 2023
ވަރަށް ހިތްހެޔޮ ބޭފުޅެއް. އެލައިޑް އިތުރު ހަތުފަތަކަށް ގެންދާނެ ކަން ޤައިމު