ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ލެފްޓިނެންޓް ޖެނެރަލް ރޭންކަށް މިއަދު ޕްރޮމޯޓް ކުރައްވަނީ. --ފޮޓޯ: އެމްއެންޑީއެފް
11 ޑިސެމްބަރ 2023 - 13:14
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޕްރޮމޯޓް ކުރައްވައިފި އެވެ.
ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް ޑރ. މުއިއްޒު، އަބްދުއްރަހީމަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކު ހަވާލުކޮށްދެއްވިއިރު، މަގާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.
ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމަށް މަގާމުގެ ކުރިއެރުން ދިން ކަމުގެ ލިޔުން ޑިފެންސް މިނިސްޓަރު ޣައްސާން މިއަދު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: އެމްއެންޑީއެފް
މިއީ މި އަހަރު އަބްދުއްރަހީމަށް ޕްރޮމޯޝަން ލިބިވަޑައިގެންނެވި ދެ ވަނަ ފަހަރެވެ. މޭޖާ ޖެނެރަލެއްގެ ރޭންކަށް އޭނާ ޕްރޮމޯޓުކުރީ ކުރީގެ ސަރުކާރުގައި މިދިޔަ ޖުލައި 25 ގަ އެވެ. އޭގެ ފަހުން ރައީސް ޑރ. މުއިއްޒު މިދިޔަ މަހުގެ 17 ގައި ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ހަމަ އެ ރޭ އަބްދުއްރަހީމަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ދެއްވި އެވެ.
މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމަކީ ދިވެހި އަސްކަރިއްޔާގެ ތާރީހުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާ ހަމައަަށް ވަޑައިގެންނެވި ތިންވަނަ އޮފިސަރެވެ. ލެފްޓިނެންޓް ޖެނެރަލަކީ ސިފައިން ރޭންކްތަކުގެ ތެރެއިން ދެވަނަ އަށް އެންމެ އިސް ރޭންކެވެ. އެންމެ އިސް ރޭންކަކީ ޖެނެރަލް އެވެ.
ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމަށް ޕްރޮމޯޝަން ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް ޑރ. މުއިއްޒާއި ޑިފެންސް މިނިސްޓަރު ޣައްސާން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އެމްއެންޑީއެފް
މީގެ ކުރިން ލެފްޓިނެންޓް ޖެނެރަލް ރޭންކް ލިބިވަޑައިގަތް ބޭފުޅުންނަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަންބަރީ އަބްދުއްސައްތާރާއި ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުﷲ ޝަމާލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޭނޭ
12 December 2023
ހާދަ ބޮޓުން ގިނައޭ
ދޮންތުއްތު
12 December 2023
ވަކި މީހަކަށް ކަނދުރާއަކަށް ބެލުމެއްނެތި ރައީސް މުއިއްޒު ގާބިލް އިލްމީބޭފުޅުންނަށް އިސްކަންދިނުމީ ގައުމަށް ލިބުނު ބޮޑު ކުރިއެރުމެށް.
ސޮބާހުު
12 December 2023
ތީއޭ އަހަރެމެން މި ބުނާ އެއްޗަކީ. މުއިއްޒުއަށް އިތުބާރުކުރީ މިހެންވެ. ޝުކުރިއްޔާ!
ރިޝާމް
12 December 2023
އަބްދުއްރަހީމް އެއް ނުވާނެ ޝަމާލްހެން. މާ ބޮޑަށް ރަނގަޅު ވާނެ
ސާމް ނާފިޒް
12 December 2023
ތިއީ މިއަދު ސިފައިންގެ ލީޑް ކުރަން އެއްމެ ގާބިލް މީހާ
ހަސަން ނިހާމް
12 December 2023
ގުޑް ޑިޒިޝަން. ކޮންޕޮނެންޓް މީހެއް
ސޫދާ އަލީ
12 December 2023
މުއިއްްޒް ވަރެއް ނެތް. ހަމަ އެއްވަނައިގެ މީހެއް މި އައްޔަން ކުރެއްވީ
ހުނެއިނާ
12 December 2023
އަބްދުއްރަހީމް އަކީ ތި މަގާމަށް ހަމަ އެއްމެ ގާބިލް މީހާ.
މޫސާ ޔައިޝް
12 December 2023
މުއިއްްޒް ގެ ނިންމުން ހަމަ ވަރަށް ބަރާބަރު. ގާބިލް ވާނެ
އަކްރަމް މުހައްމަދު
12 December 2023
ދެން ކުރީ ސަރުކާރުހެން ނުވާނެ ތި ތަން. ޕޮލިޓިކަލް ނުވާނެ.