ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރަ. -- ފޮޓޯ: ސޮނީ ހާޑްވެއާ
15 ޑިސެމްބަރ 2023 - 12:05
ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭ ސޮނީ ހާޑްވެއާގެ "ރެޑް ސޭލް" މާދަމާ ފަށާނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.
މި ސޭލް ކުރިއަށް ދާނީ ހަމައެކަނި ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރައިގަ އެވެ. މި ސޭލްގައި ކަސްޓަމަރުންނަށް 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
ޑިސްކައުންޓު ދޭ ޕްރޮޑަކްޓުތަކުގެ ތެރޭގައި ގޭތެރެ ރީތިކުރުމަށް ބޭނުންކުރާ އެސެސަރީޒް އާއި ކުލަ, ސެނިޓެރީ ވެއާ އަދި ޑިނާވެއާއިން ޑިސްކައުންޓު ލިބޭނެ ކަމަށް ބުންޏެވެ. އޭގެ އިތުރުން އެކި ޓޫލްސްތަކާއި އިލެކްޓްރިކް ޕްރޮޑަކްޓުތަކުން ވެސް ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
އެ ފިހާރައިން ބުނީ މި ސޭލް އަކީ އާ އަހަރާ ދިމާކޮށް ގެއަށް ބޭނުންވާ އެކި ސާމާނު އާ ކޮށް, ކޮލެޓީ ރަނގަޅު ޕްރޮޑަކްޓުތަކެއް ހެޔޮ އަގުގައި ފޯޜުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ސޭލެއް ކަމަށެވެ.
މި ސޭލް ކުރިއަށް ދާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސޮނީ ހާޑްވެއާއިން ވިޔަފާރި ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12 އަށް އަދި މެންދުރު 02:00 އިން ހަވީރު 06:00 އަށް އަދި ރޭގަނޑު 08:00 އިން 10:00 ވިޔަފާރި ކުރެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy