21 ޑިސެމްބަރ 2023 - 13:03
"މިއީ ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ހުރި ސްކޭމްތައް،" އިންޓަވިއު އަށް ދިއުމާ އެކު، ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ފުރަތަމަ ވެސް ދައްކާލެއްވީ ކަރުދާސްތަކެކެވެ.
"ފޯނެއް ގަންނަން ހިންގާފައި އޮތް ސްކޭމެއް،" ފަހަރަކު ގަނޑެއް އޭނާ އުއްކަވަމުން ގެންދެވި އެވެ.
"މިއީ ފޭސްބުކް އިން ފަރުނީޗަރު ގަންނަން ދެ ކޭސް."
"ވައިބާ އިން 63،000 ރުފިޔާގެ ޑޮލަރު ގަތުމުގެ މުއާމަލާތެއް."
"އާބަންކޯގެ ފްލެޓެއް ގަންނަން އޯޓީޕީ ދީފައި."
އޭނާ ދެން "މިހާރު"ގެ ނޫސްވެރިންނަށް ބައްލަވާލެއްވި އެވެ: "މިކަން މަދެއް ނުވި. ނުވެއް ހުއްޓުނު!"
މިއަދު ދެއްވި ހާއްސަ އިންޓަވިއުގައި އޭނާ އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅު ކުރެއްވި އެއް ކަމަކީ ވެސް އެއީ އެވެ؛ ރާއްޖޭގައި ސްކޭމްތައް އޮތީ ކަންބޮޑުވާ ހިސާބެއްގައި ކަން އޭނާގެ ވާހަކަތަކުން އެނގެ އެވެ.
"މި އަހަރުގެ މިހާތަނަށް 1،657 ކޭސް އެބަ އޮތް ފައިލްކޮށްފައި. ނަންބަރުތައް މިދިޔަ އަހަރަށް ވުރެ ވަކި މަދެއް ނޫން. މިއީ ބީއެމްއެލް އިން ވަރަށް ކަންބޮޑުވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ ބޭންކްގެ އެކައުންޓުތައް މެދުވެރިކޮށް 26 މިލިއަން ރުފިޔާގެ ސްކޭމް އެއް އަހަރުގެ ތެރޭގައި ވަނީ ހިންގައިފަ އެވެ.
ކާލް ވިދާޅުވި ގޮތުގައި ސްކޭމުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވޭނީ ސޯޝަލް މީޑިއާގެ އެކައުންޓްތައް ހެކް ކޮށްގެން ފައިސާ ހޯދުމުގެ މައްސަލަތައް ކަމަށެވެ. އަދި ދެވަނަ އަށް އެންމެ ގިނައީ، އާދަޔާ ހިލާފަށް އަގު ހެޔޮކޮށް ތަކެތި ވިއްކާ ކަމަށް ބުނެ ފައިސާ ހޯދާ މައްސަލަތަކާއި، ޑޮލަރު މާރުކުރުމުގެ ނަމުގައި ފައިސާ ހޯދުމުގެ މައްސަލަތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިފަދަ ސްކޭމުތައް ހިންގަނީ ގިނަ ފަހަރަށް އަމިއްލަ އަށް އެކައުންޓުން ފައިސާ ފޮނުވައިގެން ކަމަށާއި އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ސީއީއޯ ކާލް "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އޮޅުވާލައިގެން އެކައުންޓުތަކުން ފައިސާ ހޯދާ މައްސަލަތަކަށް އާންމުން ހޭލުންތެރި ކުރުމަށް ގިނަ ކެމްޕެއިންތަކެއް ހިންގަމުން އަންނަ ކަމަށް ކާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިކަން ހުއްޓުވަން ބޭންކަކަށް މަސައްކަތް ކުރެވޭނީ ވަކި ވަރަކަށް ކަމަށާއި، އެ މީހަކު އަމިއްލަ އަށް އެކައުންޓުން އެހެން މީހެއްގެ އެކައުންޓަށް ފޮނުވާ ފައިސާއެއް ހުއްޓުމުގެ ބާރެއް ބޭންކަށް ނެތް ކަމަށެވެ.
"ސްކޭމް ކޭސްތަކަށް ބަލާ އިރު އެބަ އުޅޭ ފޭސްބުކުން އެއްޗެއް ވިއްކަން ޖަހާފައި އޮތުމުން އެ ގަތުމަށް ފައިސާ ފޮނުވައި އެ ގަތް އެތި ނުލިބުނު ކޭސްތަކާއި ޔޫއެސް ޑޮލަރު ގަތުމަށް ފައިސާ ފޮނުވުމާއި ވަކި އިދާރާއެއް ކަމަށް ބުނެ އޯޓީޕީ ޝެއާ ކުރަން ބުނުމުން، އެ ކޯޑު ޝެއާ ކޮށްގެން އެކައުންޓުން ފައިސާ ނަގައިފައިވާ މައްސަލަތައް،" އޭނާ ވިދާޅުވި އެވެ.
އޭނާ ސުވާލު ކުރެއްވީ، މީހަކު އޭނާގެ އޯޓީޕީ އެހެން މީހަކަށް ދޭ ދިނުން ބޭންކަށް ހުއްޓުވިދާނެތޯ އެވެ.
"އެއީ އަމިއްލަ އަށް ވިސްނަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އަށް ރިޕޯޓުކޮށްފައިވާ ސްކޭމުތަކުގެ ތެރެއިން ފޭސްބުކް މެދުވެރިކޮށް ތަކެތި ވިއްކާ ކަމަށް ބުނެ ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ އަދަދު 421 އަށް އަރަ އެވެ. އެއީ ގާތްގަނޑަކަށް 3.1 މިލިއަން ރުފިޔާ ހިމެނޭ ސްކޭމްތަކެވެ. އަދި އޯޓީޕީ ޝެއާކޮށްގެން 99 މައްސަލައަކުން 3.8 މިލިއަން ރުފިޔާ ވަނީ އޮޅުވާލައިގެން ހޯދާފަ އެވެ.
އޭގެ އިތުރުން ޑޮލަރު މާރުކުރުމަށް ކަމަށް ބުނެ އޮޅުވާލައިގެން 266 މައްސަލައެއްގައި 3.7 މިލިއަން ރުފިޔާ ނަގާފައިވެ އެވެ. އަދި އޮންލައިން ޓްރޭޑިން ކުރާ ކަމަށް ބުނެ 186 މައްސަލައެއްގައި 2.7 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. އަދި އީސިމް އެކްޓިވޭޓްކޮށްގެން 45 މައްސަލައަކުން 2.4 މިލިއަން ރުފިޔާ އެކައުންޓުތަކުން ނަގާފައިވެ އެވެ.
އެކި ވައްތަރުގެ ސްކޭމްތައް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. އެކަމަށް އާންމުން ހޭލުންތެރިވާން އެކި ކެމްޕޭންތައް އެކި އިދާރާތަކުން އަންނަނީ ހިންގަމުންނެވެ. ބީއެމްއެލް އިން އެދެނީ އެކަމަށް އާންމުން ސަމާލުވާށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
22 December 2023
ރާއްޖޭގެ އެހެން ހުރިހާ ބެންކް ތަކެއްގެ ޝެޑިއުލް އޮފް ޗާޖަސް ގަނޑެއްގައި ލިޔެފިނަމަ އޭފޯ ސައިޒް 1 ގަނޑުގައި ލިޔެލެވޭނެ. އެކަމަކު ދިވެހިންގެ ބޭންކްގެ ނަމުގައި އިސްތިހާރު ކުރާ ބެންކުން ދޫކުރާ ޗެކަކަށް 1ރ ރިޓާން ޗެކަކަށް 750ރ އަދި ބޭންކް ފްރޮންޓް ޑެސްކަކަށް ގޮސް ޑިޕޮސިޑް ކުރާނަމަ 100ރ ފަދަ އެތައް އަގެއްނަގާތީ ތިތަނުގެ އަގު ލިސްޓް ދިހަ 12 ގަނޑަށް ވެސް ނާރާ. މިވެސް ހިދުމަތް ރަނގަޅުކޮށް ސްކޭމަރުންގެ ކިބައިން ސަލާމަތްވުމަށް ކުރާކަންކަންތޯ!؟
ޢިބޫ
22 December 2023
ހަމައެކަނި ބީއެމްއެލްގަ ތިމައްސަލައޮތީ އެހެން ބޭންކްތަކުގަ ތިމައްސަލައެއް ނުޖެހޭ.
ބިލިިެުެުެނަލަ
22 December 2023
ބިލިޔަނުން ފައިދާ ލިބޭ ބަޔަކު ކީއްވެބާ އެކަން ހުއްޓުވަން އިސްތިހާރު ކުރުން ނޫން ގޮތެއް ނުހޯދާ ތިބެނީ.
ޛެިއިޖސިސި
22 December 2023
ބެންކަށް ކެރޭނެތަ އެފަދަ ގޮތަކަށް ފޭރޭ މީހެއްގެ ނަންބަރު އެޑުރެސް ނަން ހާމަކޮށްލަން؟؟ ބެންކަށް ޕޮލިހަށް ނުބެލެންޏާ އަހަރެމެން ބަލާފާނަމޭ..
އަލިމަސް1
22 December 2023
ކަލެޔެޔަށް ގުޅިޔަސް ފުލެޓާަވާލުވާން ލާރިގަނޑުދޭނެ
ޖަުއުއބއނޮއި
22 December 2023
އަލިމަސް1 ފޭސްޓުފޭސް ??
ޚެިއުއުއ
22 December 2023
ނުހުއްޓުވެނީ ބެންކުގަ އިހުލާސްތެރި ކަމެއް ނެތީމަ..
އޮނަރަބްލް އަފީފު ދީދީ
22 December 2023
މިފިރިހެންމީހާ ހީކުރަނީ ނުވަތަ ބުނެފައި އެއޮތީ "ދިވެހިންނަކީ ޤަމާރު ބައެކޭ" ނޫން ދެންކޯޗެއް!؟ މަދުން ނަމަވެސް ތިތަނުގެ އެކައުންޓްތަކުން ޓްރާންސްފަރ ކުރާ ފައިސާ އެކައުންޓުން ނުދައްކާތީ ގުޅުމުން އެބަބުނޭ ފައިސާ ހުރީ ވަދެފައޭ. އެކަމަކު އަމިއްލަ އެޕުން ވަދެ ބަލާއިރު ފެންނާކަށް ނުހުރޭ!!؟ ޕީއޯއެސް އިން ހިންގާ މުއާމަލާތް ސެޓަލްމެންޓް ހެދުމާއިއެކު ރިއަލައިޒް ވާނެކަމަށް ބުނެފައި އޮތަސް 7 ދުވަސްވާއިރު ވެސް ލާރިކޮޅު ނުލިބެނީވެސް ސްކޭމް މީހުންގެ ސަބަބުންތޯ!؟
ވަކީލު
21 December 2023
ބީއެމްއެލް އަކީ ދައުވާ ލިބިގަތުމާއި ދައުވާ ކުރުމުގެ ގާނޫނީ ބާރު ލިބިގެންވާ ގާނޫނީ ވަކި ސަހުސެކެވެ. މިހާތަނަށް ފޭރުނު އެއްވެސް ފަރާތެއްގެ މައްޗަށް ކަސްޓަމަރުންގެ ހައްގު ހޯދަން އެއްވެސް ދައުވާއެއް ކޮށްފައެއް ނުވެއެވެ . ކޮންމެ ފަހަރަކު ޖަހަނީ ފުލުހުންގެ ބޮލަށެވެ. ބޭންކާ ދެކޮޅަށް ކަސްޓަމަރުން ގެ ދިފާއުގައި ކޮންމެވެސް ލޯޔަރަކު ނުވަތަ ލޯފާމަކުން ތެދުވާން ޖެހެއެވެ.
ޖަމުސީދު
22 December 2023
އަމިއްލަ އަށް ބޯބޮނޑި އަމިއްލައަށްދޯ ސަލާމަތްވާނީ
ވަގުފާރި
21 December 2023
މަކާރާއި ހީލަތުން އޮޅުވާލައިގެން ބޭންކު ކަސްޓަމަރުންގެ ފައިސާ ފޭރޭ މީހާގެ މައްޗަށް ބޭންކުން ދައުވާ ނުކުރަނީ ބޭންކު ތެރޭން ގުޅިގެން ހިންގާ ކަމަކަށް ވާތީއެވެ. އޮޅުވާލައިގެން ބޭންކު އެކައުންޓުން ނަގާ ފައިސާ ޖަމާވި އެކައުންޓު އެގޭއިރު މަކަރާ ހީލަތަކީ ޖިނާއީ ކުށެއްކަން އެނގޭއިރު ބޭންކުން މަކަރުވެރިންގެ މައްޗަށް ދައުވާ ނުކުރަނީ ބޭންކު ބައިވެރިވުން މިކަމުގައި އޮތީމައެވެ. ޢ ހ
މުއީއްޓޭ
21 December 2023
އެންމެ ފަހުގެ ސްކޭމްގަ 100،000 އައްވުރެ ގިނަ މީހުން ޖެހުނު
ސޮއިއްޓޭ
21 December 2023
ބަލަ ކަލޯ އޭގެ ކުރީގެ ސްކޭމުގަ 125،000 ހާހަށްވުރެ ގިނަ މީހުން ޖެހުނު
މީޑިއާ
21 December 2023
މީޑިއާ ތަކަށް ރަނގަޅަށް މައުލޫމާތު ފޯރުކޮށް ނުދެވޭތީ ހޭލުންތެރި ނުވަނީ. ބޮލީވުޑް އެކްޓަރުންގެ ނޫސްތައް ބަރާބަރަށް ލިޔެވޭ. ސްކޭމް ކޭސް ތަކާ ބެހޭގޮތުން ހޭލުންތެރި ނުކުރެވޭ. ބޭންކު ތަކުންވެސް ބަރާބަރަށް ޕްރޮޑަކްޓް ތައް މާކެޓް ކުރޭ. އެކަމަކު އެ ޕްރޮޑަކްޓް ތަކުގެ ރިސްކް ކިޔައި ނުދެވޭ. ރިސްކް ތައް އެނގި ހުރެ ވިއްކާ އިރު ރަނގަޅަށް މައުލޫމާތު ފޯރު ނުކޮށް ބުނަނީ ކަސްޓަމަރުގެ ޒިންމާ އެކޭ އެމީހުން އަމިއްލަޔަށް ސަމާލުވާން ދޫކޮށްލާށޭ.