މިރޭ ޕީއެންސީއާ ގުޅިވަޑައިގަތް މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް މަވޯޓާ އާއި ރައީސާއި ރައީސްގެ އެޑްވައިޒަރު އަބްދުއްރަހީމް: ވަޒީރުންނަށް މަޖިލީހުން ރުހުން ނުދީފާނެތީ ކަންބޮޑުނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި --- މިހާފު ފޮޓޯ/ފަޔާޒް މޫސާ
28 ޑިސެމްބަރ 2023 - 22:16
ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނަސް މައްސަލައެއް ނެތް ކަމަށާއި އެކަމާ މެދު ސަރުކާރުގެ ކަންބޮޑުވުމެއް ނެތް ކަމަށް ރައީސްގެ ހާއްސަ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ މެދު އަދިވެސް ގޮތެއް ނުނިންމަ އެވެ. އަދި ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމުގެ އިޝާރާތްތައް އެމްޑީޕީގެ މެމްބަރުން ދަނީ ދެމުންނެވެ.
މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް މިރޭ ޕީއެންސީއަށް ސޮއިކުރަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ވަޒީރުންނަށް މަޖިލީހުގެ ރުހުން ހޯދަން ސަރުކާރުން މިހާރު ނޫޅޭ ކަމަށާއި އަދި ރުހުން ނުދިނަސް މައްސަލައެއް ނެތް ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ނުދީފިނަމަ އިތުބާރު ނެތްކަމަށް ފާސްކޮށްގެން ވަޒީރުން ވަކި ކުރުމުގެ ފުރުސަތު މަޖިލީހަށް ނޯންނާނެ ކަމަށާއި އެހެންވެ، ރުހުން ނުދީފާނެތީ ސަރުކާރުން ކަންބޮޑުނުވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު އެހާ ވަރަކަށް ތިޔަ ރުހުން ހޯދާކަށް ނުވެސް އުޅެން. ރުހުން ދެންޏާ ދޭންވީ. ނުދެންޏާ ނުދީ ތިއްބަވަންވީ. ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅ. ގެ ދަށުން އެމަނިކުފާނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަން މީހުން އައްޔަން ކުރުމުގެ ބާރު ލިބިދޭ. ރުހުން ނުދީފިއްޔާ އެއްގޮތުން މާ ރަނގަޅު. އޭރަށް އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައިގެން ވަޒީރުން ވައްކެއް ނުކުރެވޭނެ." އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނަސް، ގާނޫނު އަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސަރުކާރު ހިންގަން އައްޔަން ކުރައްވާ ބޭފުޅުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެކަމާ މެދު ސަރުކާރުގެ ކަންބޮޑުވުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމުގައި އަޅުގަނޑުމެންގެ ކަންބޮޑުވުމެއް ނެތް މިހާރު. އަޅުގަނޑުމެން މި ތިބީ ރުހުން ދޭތޯ ނުދޭތޯ ބަލާކަށް ނޫން. އަޅުގަނޑުމެން މި ތިބީ ރައްޔިތުންނާ އެކީގައި ކުރިއަށް ދާން." ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަތް އެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މަޖިލިސް ތެރެއިން ވިޔަސް ސަރުކާރު ވައްޓާލާކަށް ފުރުސަތެއް ނުލިބޭނެ އެވެ. އަދި ރައްޔިތުން ވެސް ތިބީ ސަރުކާރާ އެކު ކަމަށާއި އެކަން އެ ޕާޓީގެ މެމްބަރުންގެ އަދަދުން ވެސް މިހާރު ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމަށް އޭރުގެ ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ކަމަށެވެ. އަދި ޑިމޮކްރަސީ ދަސްކުރަންވީ ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މަޖިލީހުގައި އެޖެންޑާ ކުރުމަށްފަހު މިނިސްޓްރީތަކުގެ މެންޑޭޓް ފާސް ނުކުރެވޭތީ ކަމަށް ބުނެ މަޖިލީހުން ވަނީ ރުހުން ދިނުމާ މެދު ގޮތެއް ނިންމުން ފަސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަވާސަލާމް
30 December 2023
އަދުރޭއަކީ ހަމަ އަސްލުގަވެސް ސިޔާސީ މަސްރަހަށް އަންނަ ބަދަލަށް ހޭލުންތެރި ބޭފުޅެއް. އަދުރޭއާއެކީ ރޮޒޭ ގެ ފޮޓޯއެއް ފެންނަދުވަހަކަށް އިންތިޒާރު ކުރަން.
ގައުމިއްޔަތު
29 December 2023
ވަޒީރުންނަށް ރުހުންދިނުމާއި ހޯދުމަކީ ދިވެހިރާއްޖޭގެ ގާނޫނުން ލާޒިމުކުރާކަމެއް. ގައުމިއްޔަތު ދިރުވަންކަމަށްބުނެ ވެރިކަމަށްއައި ސަރުކާރެއްގެ އިސްވެރިޔަކު ގާނޫނަށް ގޮންޖަހައި އެކަމަށް ހިތްވަރުދިނުމުގެ މޭރުމަކުން އާންމުތަނެއް ވާހަކަދެއްކުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް.
މަގޭބުނީ
29 December 2023
ތިޔައީ އަދުރޭމެން ޖަޒުބާތުގައި ދައްކާ ވާހަކަ. ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމަކީ ޤާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް. ރުހުން ދިނުން ލަސްކުރަންޏާމު ކޯޓަށްވެސް ދާންޖެހޭނެ. އެކަން ކުރަންޖެހޭނެ. ދިނަސް ނުދިނަސް ހެވޭ ބުނުމަކީ ގާނޫނުގައި ކޮޅުފައިން ޖެހުން. ކޮންމެ ގޮތެއް ވަރިހަމަވުން. ދެން އެހެން އެތައް ކަމެއްވެސް ކުރާނީ ހަމަ ތިގޮތަށް. ތިގޮތަށް ކޮންމެ ކަމެއް ކޮށްގެން ގައުމިއްޔަތެއް ނުދިރުވޭނެ.
އެހެންވެގެންނޭ ރުހުން ނުދެނީ
29 December 2023
ކަންބޮޑުވުމެއް ނެތީމައޭ ރުހުންދޭން ނޫޅެނީ...
ގަނެފި
29 December 2023
މަޖިލިސް ގަނެފަ ޢަދުރޭ މޮޅު
އުދުހޭ
29 December 2023
ދެން ވަޒީރުންގެ ނަން އެމެރިކާގައި އޮންނަ ގޮތަށް ސެކްރިޓަރީއަށް ބަދަލުކޮށްލީމާ ވަޒީރުންނެއް ނުތިބޭނެ އަދި ރުހުމެއްވެސް ބޭނުމެއްނުވާނެ. ޚަލާސް.
ޢެމެރިކާ
29 December 2023
އެމްޑީޕީ ކަޑަ
އަސްލު...
29 December 2023
އެމްޑީޕީ އިން ހާދަމަސައްކަތެއް ކޮށްގެން ވަގުތާއި ހޭދައެހާބޮޑުކޮށް ގެން ހޮވި ރަޝާދު ކޮބާ ހަދުވެސް ގަންނަ ބައެއްނޫންދޯ
ތުނޑުހަސަނު
29 December 2023
އެމްޑީޕީއަކުން ނޫން ހޭދަކުރީ. ދައުލަތުގެ ފައިސާ ހޭދަކުރީ. އެހެންވީމަ ވަކިޕާޓީއެއް ނޯންނާނެ އޭބާއަކަށް.
ލަތީފާ
28 December 2023
ރައީސް މައުމޫނު 30 އަހަރު ވެރިކަން ނިމި މައުމޫނުގެ ކޮއްކޮ މައުމޫނު ޖަލަށް ލީއިރު އެއްޗެއް ބުނި މީހަކުނެތް! މައުމޫނު ހުވަފެނުން ހޭލެވުނު! ނަޝީދު އެމްޑީޕީއިން ބޭރުކޮށް “މުގާބޭއަށް” މަޖިލީހުގަ ގޮވި އިރު ނަޝީދު ހީކުރީ ނަޝީދަކީ ވަރަށް މައްޝޫރު މީހެއް ކަމަށް. ޔާމީން އަދި އިބޫގެ ތާރީހް ހުރީވެސް އެހެން! މުއީޒްގެ ތާރީހް އިންޝާ ﷲ ލިޔެވޭނީވެސް އެހެން! ކީއްވެ؟ ކަރަޕްޓް އަނދުރޭ، ޖަނާ ކަހަލަ މީހުން އަރިހުގަ ގެންގުޅޭތީ! ވަރަށް ވާހަކަ
ލަތީފް
28 December 2023
ރަގަޅަށް ތިބުނީ. ވަޒީރުންނަށް މަޖިލީހުން ރުހުންދިނު އެމްޑީޕީ ބޮޑު ސަކަރާތަކަށް ހަދައިފި