15 ޖެނުއަރީ 2024 - 19:02
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހުޅުވި ކާގޯ ޓާމިނަލް އަދިވެސް ބޮޑުކޮށް، ރާއްޖޭގައި އެކްސްޕޯޓަށް ވުރެން އެތައް ގުނައަކުން އިތުރު އިމްޕޯޓްގެ ފަރަގަށް ހައްލެއް ގެނައުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރައްވައިފި އެވެ.
ވެލާނާ އެއާޕޯޓުގައި ތަރައްގީކުރި އާ ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވި ގޮތުގައި ކުރިން އަހަރަކު 50،000 ޓަނުން މިއަދު 120،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭ ގޮތަށް އެ ޓާމިނަލް ފުޅާކުރުމަކީ ފެށުމެކެވެ.
"ރައީސްގެ ވިޝަންއަކީ މިހާރުން މިހާރަށް މަސައްކަތް ފައްޓަވައި 300،000 ޓަނަށް މި އަދަދު ބޮޑު ކުރުން. ހަމައެކަނި ފިޒިކަލް އިންފްރާސްޓްރަކްޗަރެއް ނޫން. މިތަނަށް އެއާ ކާގޯ އަަންނާނެ މަގު ފަހި ކުރުމަކީ އަޅުގަނޑުމެން އެކުއެކީގައި ކުރަންޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެކަމަށްޓަކައި ސައީދު ވިދާޅުވި ގޮތުގައި މި ސަރަހައްދުގެ އެންމެ ބޮޑު ކާގޯ އެއާޕޯޓު އިކޮނޮމިކް ޒޯނުން މިހާރު ވެސް ރާއްޖެއާ އެކު ކުރިއަށްދާން ބޭނުންވާ ގޮތުގެ މަގުޗާޓެއް ވަނީ ފޮނުވައިފަ އެވެ.
"އެއީ މި ސަރަހައްދުގެ އެންމެ ބޮޑު ކާގޯ އެއާ ނެޓްވޯކު ކަން އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ރީއެސްޕޯޓަށް ހާއްސަކޮށްގެން ސަރުކާރުން ދާދި ފަހުން އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ކުންފުންޏަށް އިޝާރާތް ކުރައްވައި، ސައީދު ވިދާޅުވީ އެ ކުންފުނި އުފައްދައި އެ ކުންފުންޏަށް ހާއްސަ އިގުތިސޯދީ ސަރަހައްދެއް ކަނޑައެޅުމާ އެކު މިހާރު ވެސް ބޭރުގެ އެކި ފަރާތްތަކުން ޝައުގުވެރިކަން ލިބެމުން އަންނަ ކަމަށެވެ.
އާ ކާގޯ ޓާމިނަލް ހުޅުވައިދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ތަން ބައްލަވާލަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"...މިނިވަން ވިޔަފާރީގެ ބޮޑު ބާޒާރެއްގައި އަޅުގަނޑުމެންނަށް އިފެކްޓިވްލީ ބައިވެރިވެވި، މިހާ މޮޑާން ކާގޯ ފެސިލިޓީއެއް 300،000 ޓަނަށް ބޮޑުކުރެވޭ ކުރުމަކީ ރާއްޖޭގެ ޓްރޭޑް އިމްބެލެންސް، 3.48 ބިލިއަން ރުފިޔާގެ އިމްޕޯޓު، 300 މިލިއަން ރުފިޔާގެ އެކްސްޕޯޓު، މިއޮތް ގެޕަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއަކަށް ނިންމެވޭނެ އެންމެ ޕްރެކްޓިކަލް އަދި ވިޝަނަރީ ނިންމެވުން،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޖީޑީޕީ ހަ ބިލިއަނުން 12 ބިލިއަނަށް އިތުރުކުރަން ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު، މި މަސައްކަތްތަކުން ހާސިލުކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޔާޒްް
17 January 2024
އިބްރާހިމް މުހައްމަދު ސޯލިހް ދައުރެއްނިންމާލީ އެއާޕޯޓަށް ކޮށްދިން އެއްކަމެއްވެސް ނެތް. އަޕްގްރޭޑްކުރަން އިތުރު އެއްވެސް ކަމެއް ނުކުރޭ.
ލުބުނާ
17 January 2024
މި ދައުރު ނިމޭއިރު އެއާޕޯޓަށް އަންނަ ތަރައްޤީ ވިސްނާ ތަސައްވަރް ކުރޭ. ރައީސް މުއިއްޒުގެ ދުރުވިސްނުން މިރާއްޖެ އެހެން މިސްރާބަކަށ
ސަލީމާ ނަޒީރް
17 January 2024
ރައީސް މުއިއްޒުގެ ތަރައްޤީގެ ތަސައްވަރަށް ހަމަ ސާބަސް.
މުންޝިދް
17 January 2024
ރާއްޖެއަށް އެންމެ ބޮޑު އެއް އާމްދަނީ ލިބޭނީ އެއާޕޯޓުން. އެތަން ތަރައްޤީ ކޮށްގެން ގައުމަށް ލިބޭ ފައިދާ އިންތިހާއަށް ބޯޑު. މިދަނީ ރަނގަޅު މިސްރާބަކަށް.
ވަސީމާާ
17 January 2024
ވެލާނާ އެއާޕޯޓް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށް 20 އަހަރުގެ ޕްލޭނާ އެއްގޮތަށް ރައީސް މުއިއްޒު ތަރައްޤީ ގެންނާނެ.
ގޮއްޔެ.
16 January 2024
ހެޔޮނުވާނެ އަހަރެމެންގެ ފުލެޓްގަނޑު އަވަސްކޮށްލަދެއްވާ. އަހަރެމެންނަށް ހެޔޮ ކޮންމެ އެއްޗެއް ކުޑަކުރިއަސް ކޮންމެ އެއްޗެއް ބޮޑުކުރިއަސް
ޒީރޯ
16 January 2024
ޑެފިސިޓު ކުޑަ ކުރެވޭނީ އެކުސްޕޯޓު ގިނަކޮގެން ނޫނީ އިމްޕޯޓު މަދުކޮށްގެން.
އަފްރާސިޔާބު
16 January 2024
އިމްޕޯޓް މަދުކުރަންވީ އެކްސްޕޯޓް ގިނަކޮށްފައި. އެކަމަށް މަގު ފަހިވިއްޔާ ކިތަންމެހާވެސް ރަނގަޅު.
ތުނޑުހަސަނު
16 January 2024
އަންނަ ކާގޯ އިތުރު ކުރަން ބޭނުންނަމަ މިހާރު މަދުބަޔަކަށްނޫނީ ބައެއް ވިޔަފާރިތަކަށް އަލަށް ނުވަދެވޭނޭހެން ކަސްޓަމްސްގެ ތެރޭގައި ބައްޓަންކޮށްފައިހުރި ގަވާއިދުތަކާއި އުސޫލުތައް ފުރަތަމަ ކަމަކަށް އިޞްލާޙުކޮށް މާނައެއްނެތް ގޮތެއްގައި އިތުރު ފަރާތްތަކަށް ހުރަސްއެޅުންނޫން ބޭނުމެއް ނުފުދޭގޮތަށް ހުރި ކަންކަން ގާނޫނުތަކުން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް އެންމެ ފުޅާދާއިރާއެއްގައި ބޭނުން ހިފޭނޭ ގޮތަކަށް ބަދަލުކުރާށެވެ. އެއީވެސް ތިޔަކަމަށް އޮތް ހުރަހެ
ސުފްޔާން
16 January 2024
ރައީސް މުއިޒްގެ ދުރު ރާސްތާ ޕުލޭންއާއެއްކޮށް ގައުމު މިދަނީ ވަރަށް ރަނގަޅު މިސްރާބަކަށް
ޔޫޓޫ
16 January 2024
45އަހަރުގެ ޓުއަރިޒަމް ނަފާ ގުޅޭ އިއްތިސާދު 5 އަހަރުން 2 ގުނަކުރުން އަލާއުއްދީން ވޮއްގަޑު ބޭނުންވާނެ. ޕްރޮޑަކްސަން އަށް އެކްސް ޕޯޓައް ގަނާ ތިޔަ ކުރައްވަނީ .