ދިއްދޫ ފެނަކަ މުވައްޒަފުންތަކެއް ކޮންޓްރެކްޓް އާ ނުކޮށް ކަނޑާލުމުން އިހުތިޖާޖު ކުރަނީ.--
17 ޖެނުއަރީ 2024 - 12:32
ހއ. ދިއްދޫ ފެނަކައިގެ ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން 53 މުވައްޒަފެއްގެ އެއްބަސްވުން އާ ނުކޮށް، ވަކިކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ކަމާ ގުޅޭ ގުޅޭ ކޮމިޓީ އަށް ފޮނުއްވުމަށް އެދިވަައިގެން އޭނާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ދިއްދޫގައި ފެނަކަ އިން ހަދަމުން އަންނަ އާ އިންޖީނުގެ އާއި އައިސްޕްލާންޓުގެ މަސައްކަތް އަދި ނުނިމޭ ކަމަށާއި މުވައްޒަފުން ވަކިކުރުން ބަލައިނުގަނެވޭ ކަމަށެވެ.
"އެ މުވައްޒަފުންނަށް ނޯޓިސް ނުދީ، ކުއްލި ގޮތަކަށް މިހެން ވަޒީފާއިން ވަކިކުރުމުން، އެ މަސައްކަތްތައް ވެސް ހުއްޓި، އެދި މުވައްޒަފުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ވެސް ނުހަނު ބޮޑު ގެއްލުންތަކާއި ނިކަމެތިކަމެއް ކުރިމަތިވެގެންދާނެ،" އިދިކޮޅު އެމްޑީޕީގެ މެމްބަރު އަބްދުﷲ ވަހީދުގެ ސިޓީގައި ވެ އެވެ.
އޭނާ އެދިވަޑައިގަތީ މަޖިލީހުން އެ މައްސަލަ ބަލައި ހަވާލުކޮށްފައިވާ މަޝްރޫއު ނިމެންދެން އެ މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށެވެ.
މި މައްސަލައާ ގުޅިގެން އެ މުވައްޒަފުން އިއްޔެ އިހުތިޖާޖު ކޮށްފައިވާއިރު، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ މި ވަގުތަށް ދިއްދޫގައި ކުރާނެ މަސައްކަތެއް ނެތް ކަމަށާއި ކޮންޓްރެކްޓް މުވައްޒަފުންގެ މުއްދަތު ހަމަވުމުން އެ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރީ ކަމަށެވެ.
ފެނަކަ ކުންފުނީގައި ވަކި މަސައްކަތަކަށް ހާއްސަ ކޮށްގެން "ކޮންޓްރެކްޓް ސްޓާފުން" ގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ 2،000 މީހުން ނަގައިފަ އެވެ. އޭގެ ތެރެއިން 1،800 މީހުން ނަގާފައި ހުރީ ކުދިކުދި ޕްރޮޖެކްޓްތަކަށް ކަމަށް މުއާޒު ވަނީ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލުކުރި ގޮތުން މާލީ ގޮތުން އެންމެ ބޮޑަށް ނޭދެވޭ އަސަރު ކޮށްފައިވާ އެއް ކުންފުންޏަކީ ފެނަކަ އެވެ. ބޭނުން ނުވާ މަގާމުތަކަށާއި ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި އެތައް ބަޔަކަށް ވަޒީފާ ދިނުމުން ބޮޑެތި ގޮންޖެހުންތަކަކާ އެ ކުންފުންޏަށް މިހާރު ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާނިސްް
19 January 2024
ކުރާނެ މަސައްކަތެއް ނެތް އިރުވެސް ވީ ހަމަ ލާރި ދީ ދީ ހުންނަންތަ؟ ކުރާނެ ކަމެއް ނެތީމަ އެ އޮތީ ދެން ކޮންޓްރެކްޓް ހަމަ ވެފަ
ބަރުބާދު
18 January 2024
ހުރިހާކަމެއް މަޖްލިސްއައް ކުރެވޭއިރު މާލޭގެ މަގުތަކުގަ އަދި ޕޭމަންޓުގަ މިއޮންނަހާ ބުޅާގުއި ހުސްކުރަން މަޖިލިސްއައް ވައްދާކައްނުވޭތަ؟.
ލަބާން
18 January 2024
ހަމަ ކިރިޔާ ކަމެއްވީ އެކަމެެއް ވައްދަން ޖެހޭނީ މަޖިލީހައްތަ؟ ހޭބަލި ވެގެންތަ ތިއުޅެނީ. އަދި ހަތަރު ހާސް މީހުން އިތުރަށް ވައްދަންވީނު. އޭރަށް އެންމެން ބެހެއްޓޭނެ
ރިމާާއްކޮ
18 January 2024
މެމްބަރު އަބްދުﷲ ވަހީދު މަޖިލިސް އިންތިހާބަށް ޖައްސާ ސްޓަންޓެއްހެން ހީވަނީ. ތިހާ ރައްޔިތުންނަށް ހެޔޮ އެދޭ ނަމަ އެމީހުންނަށް ވަޒީފާ ހަމަ ޖައްސަ ދޭނީވެސް ޤަވައިދުގެ ތެރެއިން.
ހަސަން ނިހާމް
18 January 2024
މިއީ ސީދާ ސޯލިހް މި ކުދިންނަށް ލަޑެއް.
ސައްދާމް އަލީ
18 January 2024
ދެން އަހަރުމެން ހަައްދަން ނޫޅޭ. ވެރިކަން ހޯދަން މަސްވެރިކަން ފުޑާލާފަ ސްކޫލް ނިންމާ އެއްމެނަށް ވަޒީފާ ދީފަ މިހާރު ދެން މޮޅުވާހަކަ ނުދައްކާ. ޕިސްD
ފާތުމަތު ސޯލިހް
18 January 2024
ބައްލަވާ ކީއްކުރަން ދިނީ ކޮންޓްރެކްޓް ވަޒީފާ؟ ދާއިމީ ދިންނަމަ ނުއެއް ކެނޑޭނެނު؟ މޮޔަވާހަކަ ނުދައްކާ.
ސާނިމް މުހައްމަދު
18 January 2024
ބަލަގަ ކޮންޓްރެކްޓަށް ދިނީ ކަލޭމެންގެ ވެރިކަމުގަ. ދެން ކޮން ވާހަކައެއް ތިދައްކަނީ؟
އަސްލަމް ވަހީދު
18 January 2024
މިހެންވެ ބުނަނީ އެމްޑީޕީއަކޫ ރައްޔިތުން ގުބޯ ހައްދަން އުޅޭ ބަޔެކޭ. ރައްޔިތުންނަށް ލަޑު ދިނީވެސް މިމީހުން.
ރިހުލާ އަލި
18 January 2024
ނުޖެހޭނެ ދޭކަށް.