ސައިކްލޯންސް އާއި ލަޔަނެސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ސިޑިބަރި
20 ޖެނުއަރީ 2024 - 10:48
މިއަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން އެއްވަނަ ޑިވިޝަންގައި، އެންމެ ފަހުގެ ޗެމްޕިއަންނަކް ހޯދި ސައިކްލޯންސް މޮޅަކުން ފަށައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ސައިކްލޯންސް ނުކުތީ ލަޔަނެސްއާ ދެކޮޅަށެވެ. މި މެޗު އެޓީމު ކާމިޔާބު ކުރީ 69-25 ޕޮއިންޓުންނެވެ. ސައިކްލޯންސްގެ ޝިޒްނާ ރަޝީދު ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އަންހެން ޑިވިޝަންގެ ކުޅުން ފެށީ ބުރާސްފަތި ދުވަހުގެ ރެއެވެ. ފާތިމަތު ރިޝްމާގެ މޮޅު ކުޅުމާ އެކު އެ މެޗުގައި ކުއީންސް އިން ވަނީ 82-56 ޕޮއިންޓުން އެލީޓް ބީސީ ބަލިކޮށްފަ އެވެ.
ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ކިންގްސް ބީސީ ވެސް ވަނީ ފުރަތަމަ މެޗުން މޮޅުވެފަ އެވެ.
ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ މެޗުގައި ޓީރެކްސް ބީސީ ވަނީ ފަސޭހަ ކަމާއެކު ރޯޔަލްސް ބީސީގެ މައްޗަށް ކުރި ހޯދައިފަ އެވެ. ޓީރެކްސް މެޗު ކާމިޔާބު ކުރީ 105-34 ޕޮއިންޓުންނެވެ. ޓީރެކްސްގެ މުހައްމަދު ޚުވައިލިދު އަލީ ވަނީ އެޓީމަށް 30 ޕޮއިންޓް ސްކޯ ކޮށްދީފަ އެވެ.
މިއީ ދެ ޓީމު ވެސް ލީގުގައި ކުޅުނު ދެވަނަ މެޗެވެ. ޓީރެކްސް ފުރަތަމަ މެޗު ވެސް ކާމިޔާބު ކުރިއިރު ރޯޔަލްސް އަށް ވަނީ ފުރަތަމަ މެޗުން ވެސް ނާކާމިޔާބު ވެފަ އެވެ.
ލީގުގައި ދެން ހިމެނޭ ރެޑްވިންގްސް ބީސީ އާއި ރެޕްޓާސް ފެށީ ބުރާސްފަތި ދުވަހުގެ ރެއެވެ. މި ދެ ޓީމު އެ ރޭ ބައްދަލުކުރި މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު 81-75 ޕޮއިންޓުން ކުރި ހޯދީ ރެޕްޓާސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮޓޯ އަސަރު
20 January 2024
މިވީ ގޮތުން މަޑު ނޫ ކުލައޮގެ ޖަރޒީގަެި ކުޅޭ ޓީމު ކުޅޭ މެޗުތައް ބަލަން ދާންޖެހުނީނުމި...