ފޭސް ދޭއްގައި ހުޅުވި އޭޓީއެމް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
26 ޖެނުއަރީ 2024 - 19:36
ހުޅުމާލެ ފޭސް ދޭއްގައި ބީއެލްއެލް އިސްލާމިކްގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި އެވެ.
މިތަން ހުޅުވައިދެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އެވެ. ވިނަރެސް ފްލެޓުގެ އަށް ވަނަ ޓަވަރުގައި ހުޅުވި މި އޭޓީއެމް ސެންޓަރަކީ ބީއެމްއެލް އިސްލާމިކުން ހުޅުމާލެ ފޭސް ދޭއްގައި ހުޅުވި ފުރަތަމަ ސެންޓަރެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީޢޯ އައިޝަތު ނޫރައްދީން ވިދާޅުވި ގޮތުގައި މި ސެންޓަރަކީ ބެންކުގެ ހިުދމަތްތައް ފުޅާކޮށް ހުޅުމާލެ ފޭސް ދޭއްގައި ދިރުއުޅޭ އާއްމުންނަށް ބެންކުގެ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމުގެ ގޮތުން ހުޅުވި ސެންޓަރެކެވެ. އަދި އާއްމުންނަށް ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމުގެ ގޮތުން ފޭސް އެކެއްގައި އެ ބެންކުގެ ތިން އޭޓީއެމް ސެންޓަރާއި ބްރާންޗާއި ކޮންޓެކްޓް ސެންޓަރުން ހިދުމަތް ދެމުންދާކަން ފާހަގަކުރެއްވި އެވެ.
ފޭސް ދޭއްގައި ހުޅުވި މި އޭޓީއެމް ސެންޓަރުން ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި، ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.
ބީއެމްއެލްއިން 20 އަތޮޅުގައި 38 ބްރާންޗް، 83 ސެލްފްސާވިސް ބޭންކިން ސެންޓަރު، 138 އޭޓީއެމް، 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ދަނީ ހިދުމަތް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަންޖަބީލު
28 January 2024
ބީއެމްއެލް އިސްލާމިކް ބްރާންޗުން ވަކިން އޭޓީއެމް ބަހައްޓަންފެށީތަ؟ ބީއެމްއެލް އިސްލާމިކް ގެ އަެޓީއެމްއާއި ބީއެމްއެލް އިސްލާމްނޫން އޭޓީއެމްގެ ތަފާތަކީ ކޮބާ؟