މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި އިމްރާން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
28 ޖެނުއަރީ 2024 - 11:25
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ އެކު، އަދާލަތު ޕާޓީން ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއަކަށް ކުރިމަތިލާން ނިންމައިފި އެވެ.
އެ ޕާޓީން އިއްޔެ ކުރި އިއުލާނުގައި ބުނީ އަންނަ މާޗު 17 ގައި ބާއްވާ އިންތިހާބުގައި އަދާލަތުގެ ޓިކެޓަށް ވާދަކުރަން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކަށް ޓިކެޓު ދިނުމަށް މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އިމްރާން ކުރިމަތިލައްވަން ނިންމާފައިވަނީ މަކުނުދޫ ދާއިރާއަށެވެ. އޭގެ އިތުރުން ހިމެނިވަޑައިގަންނަވަނީ؛
1- ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ހުސެއިން ސަގީފު، ވައިކަރަދޫ ދާއިރާ
2- ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު، ފުނަދޫ ދާއިރާ
3- އިސްމާއިލް އަލީ، އިނގުރައިދޫ ދާއިރާ
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތުން ވަނީ މަޖިލިސް އިންތިހާބުގައި އެ ޕާޓީއާ އެކު ނުކުތުމަށް މަޝްވަރާ ވެސް ކޮށްފަ އެވެ.
މިދިޔަ މަހުގެ 5 ގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެކަމުގެ އިތުރު މަޝްވަރާއެއް ކުރިކަން އާއްމުކޮށްފައިނުވިޔަސް، އެމްޑީޕީން ވަނީ މަޖިލީހުގެ 93 ދާއިރާއަށް ކުރިމަތިލާން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2000
29 January 2024
ބާތިލް ވޯޓަށް ވުރެވެސް މަދުން މީނާއަށް ވޯޓް ލިބޭނި ޔަޤީން
އދލތ މމބރ
28 January 2024
އިންޝާ ﷲ ރީތި ގޮތަކަށް މިކަލޭގެ ބަލިކުރާނަން . އާރައި ބާރު ލިބުންދުވަހު ދީނީ އިލްމް ތާކިހާ އަޅައިގެން ލާދީނިއްޔަތު ހިމާޔަތް ކުރި ނުލަފާ މީހެއް
ފާނަކޮށި
28 January 2024
މީހަމަ ވަޒީފާގެއްލިފައި ތިބިމީހުންދޯ....!
ޖުއްބާ
28 January 2024
އިމްރާނު އެކަނި އެދާއިރާއައް ކުރިމަތިލިޔަސް ނުހޮވޭނެ.
ގޮއްޔެ.
28 January 2024
ކުރިމަތިނުލިއަސް ހޮވޭނެ ބޭފުޅެއް ތީ.
މާ މަކުނު
28 January 2024
ރާއީ ކޮބައިތޯ ؟ ރާއީގެ ބަހެއްހޯދުން ވަރަށް މުހިއްމު މިކަމުގަ.
ސަސި.
28 January 2024
10000 އަށް ވުރެ މެންބަރުން ގިނަ ޕާޓީން އެންމެ 4 ދާއިރާއަށް. ދެރަވަރު
ރާއްޖެ
28 January 2024
ރަގަޅު އެއްޗަކުން މީނާ ބަލިވުން އެއީ އުންމީދަކީ.
ރަދީފު ބިން ރަފައިދާ
28 January 2024
4 ދާއިރާ ކަޑައޭ. މަދުވެގެން 10 ވަރަކަށް ދާއިރާއަށް ވާދަނުކޮށް ކަމަކުނުދާނެ.
ރާއްޖެތެރެ،މީޙާ
28 January 2024
ކާމިޔާބަށް އެދެން ކުރީގެ ހޯމް މިނިސްޓަރަށް