31 ޖެނުއަރީ 2024 - 14:05
އެލިއާއިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ޔަމަހާ 100 ހޯސްޕަވަރުގެ އައުޓްބޯޑު ދެ އިންޖީނު ހަދިޔާކޮށްފި އެވެ.
ދޫނިދޫގައި ހުންނަ ފުލުހުންގެ މެރިން އެންޖިން ސާވިސް ސެންޓަރުގައި އޮތް ރަސްމިއްޔާތެއްގައި އެލިއާއިން މި އިންޖީނު ހަވާލުކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އެވެ. ފުލުހުންގެ ފަރާތުން އިންޖީނުތަކާ ހަވާލުވެވަޑައިގަތީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.
އިންޖީނުތައް ހަދިޔާކުރުމުގެ ރަސްމިއްޔާތުގައި، އެލިއާގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެލިއާ އާއި ފުލުހުންގެ ގުޅުމަކީ އެ ކުންފުނީގެ ފާއިތުވި 60 އަހަރުގެ ތެރޭގައި ވަރަށް ބަދަހިވެވެފައި އޮތް ގުޅުމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ. ފުލުހުންގެ މެރިން ސެންޓަރު 2019 ވަނަ އަހަރު ހުޅުވުމަށް ވެސް އެ ކުންފުނިން މާލީ އެހީތެރިކަމުގެ އިތުރުން ފަންނީ ލަފަޔާއި އިރުޝާދު ފޯރުކޮށްދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފުލުހުންގެ ފްލީޓަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެލިއާއިން އަދާކުރަމުންދާ ދައުރަކީ އެ ކުންފުނިން ގައުމަށް ކޮށްދޭ އަގުހުރި ހިދުމަތެއްގެ ގޮތުގައި އެލިއާއިން ސިފަކުރެ އެވެ.
އެލިއާ އަކީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކޮށް ތައާރަފްކުރި ޔަމަހާ އިންޖީނުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން ޔަމަހާ އިންޖީނު ތައާރަފްކޮށް އާފްޓާ ސޭލްސް ސާވިސް ދެމުންދާތާ މި އަހަރަށް 50 އަހަރު ފުރޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޞސބ
31 January 2024
ދުވެލި ބާރުވާނެކަމަށް ހީކުރަން