އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބޯޑު މެންބަރުން. ކުންފުނީގެ އާމްދަނީ 800 މިލިއަނުން މައްޗަށް ވަނީ އަރާފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
31 ޖެނުއަރީ 2024 - 12:49
މިދިޔަ އަހަރުގެ އެސްޓީއޯ އަށް 819 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.
އެސްޓީއޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއަކީ އޭގެ ކުރީ އަހަރަށް ވުރެ 91 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެއީ 10 ޕަސެންޓުގެ ކުރިއެރުމެކެވެ.
ކުންފުނީގެ ފައިދާ އިތުރުވި ނަމަވެސް، އެ ކުންފުނީގެ ޖުމްލަ އާމްދަނީ ވަނީ މިދިޔަ އަހަރު ދަށަށް ގޮސްފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 16 ބިލިއަން ރުފިޔާ އެވެ. އެއީ 2022 ވަނަ އަހަރަށް ވުރެ ދެ ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
އާމްދަނީ ދަށްވި ނަމަވެސް އެ ކުންފުނީގެ ފައިދާ އެހާ ބޮޑަށް އިތުރުވީ، ކުންފުނީގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަ ކުރުމުންނެވެ. އެ ކުންފުނީގެ ކޮސްޓް އޮފް ސޭލްސް ވަނީ 2022 ވަނަ އަހަރަށް ވުރެ ތިން ބިލިއަން ރުފިޔާ ކުޑަވެފަ އެވެ.
އެ ކުންފުނީގެ އާމްދަނީގެ 82 ޕަސެންޓަކީ ތެލުން ލިބުނު އާމްދަނީ އެވެ.
އެ ކުންފުންޏަށް މިދިޔަ އަހަރުގެ އެވްރެޖުކޮށް ކޮންމެ ކުއާޓާއެއްގައި އާމްދަނީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އާމްދަނީ އެންމެ ބޮޑަށް ދަށްވީ ދެވަނަ ކުއާޓާގަ އެވެ. އެ ފަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 3.7 ބިލިއަން ރުފިޔާ އެވެ. ދެވަނަ ކުއާޓާއަކީ ފައިދާގެ ގޮތުގައި ލިބުނީ 171 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯ އިން ވޭތުވެދިޔަ އަހަރުތަކުގައި ބިލިއަނުން އާމްދަނީ ހޯދި ނަމަވެސް، އާންމުކޮށް ފައިދާގެ ގޮތުގައި ލިބެނީ 500 މިލިއަން ރުފިޔާ އަށް ވުރެ ދަށް އަދަދުތަކެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް އެހާ ބޮޑު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.
އެސްޓީގައި 2،200 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ އިރު އެ ކުންފުންޏަކީ ދައުލަތުގެ ހިއްސާ އޮންނަ އެންމެ ދުވަސްވީ ކުންފުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަށް ސާފު
31 January 2024
2022 ވަނަ އަހަރަށްވުރެ އެސްޓީއޯއަށް ތެޔޮ ގަންނަ އަގު ހެޔޮވީއިރު އެއިންސައްތައިން ވިއްކާ އަގު ހެޔޮ ނުކުރީ. އެއީ ފައިދާ އިތުރުތިވީގޮތަކީ.
އުނބުށޭމު
31 January 2024
އެމްޓީސީސީ އިން މިދިޔައަހަރު ރެކޯޑް ފައިދާއެއްވެގެން ރެކޯޑް އަދަދެއް ބަހަން ޖަލްސާ ބާއްވާފައި ހުށަހެޅި އަދަދު ފާސްނުވީމާ އެއީ ފައިދާ ބަހަން ނުފެންނަކަމަށް ފާސްވީކަމަށް ހަދާފަ ނިންމާލީ. މިހިރީ ޤާނޫނީ ލަފާގެ މޮޅުކަން. ފައިދާއަށް ބަހަން ނިންމި ފައިސާގެ ބަދަލުގައި ކުރީގެ ބައެއް ފަހަރު ދިންހެން ބޯނަސް ހިއްސާދޭނީކަމެއް ނުވަތަ އެއާމެދު ކަންތައްކުރާނީ ކިހިނެއްކަމެއްވެސް ނޭނގޭ. އެކަމަކު ރައްޔިތުންގެ ކުންފުނީގެ ނަމުގައި އަދިވެސް އިޝްތިހާރު ކުރަނީ.
ކަރީނާ
31 January 2024
މުއިއްޒު ސްޕީޑުގަ ފައިދާ އަޑި އަޅާލާނެ. ބަލަން ތިބޭ