ޑިމޮކްރެޓްސްގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީ.
03 ފެބުރުއަރީ 2024 - 18:20
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓުގެ ޓިކެޓް 15 ވޯޓާ އެކު މުހައްމަދު ސައިފް ފާތިހު (އައިކޮ) ކަށަވަރުކުރައްވައިފި އެވެ.
މަޖިލިސް އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި އައިކޮ އާއެކު އެ ދާއިރާއަށް ދެން ކުރިމަތިލާފައި ވަނީ އަހުމަދު އަސްވަން ނުއުމާނެވެ. އޭނާއަށް ލިބުނީ 12 ވޯޓެވެ.
އެ ދާއިރާގެ ޓިކެޓް 15 ވޯޓާ އެކު އައިކޮ ކަށަވަރުކުރިއިރު، އޭނާ ވަނީ މިފަހުން ބޭއްވި މާލޭ ސިޓީގެ ކައުންސިލުގެ މޭޔަރު ކަމަށް ވެސް އެ ޕާޓީން ވާދަކުރައްވައިފަ އެވެ. އެކަމަކު އެ އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމެވެ.
ޑިމޮކްރެޓްސް އިން މަޖިލިސް އިންތިހާބުގައި 41 ދާއިރާއަށް ކުރިމަތިލަ އެވެ. ގިނަ ދާއިރާތަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ ޕްރައިމަރީއަކާ ނުލައި ގިނަ މެމްބަރުން ޓިކެޓް ކަށަވަރުކުރިއިރު އެ ޕާޓީގެ ޕްރައިމަރީ ބޭއްވީ ހަތަރު ދާއިރާއެއްގެ އެވެ.
އަންނަ މާޗުގެ 17 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ އެ ޕާޓީގެ ޕްރައިމަރީގައި ހުޅުމާލޭ ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ 74 ވޯޓާ އެކު މިހާރުގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނެވެ. އެ ދާއިރާއަށް ކުރިމަތިލި ހަސަން އަގީލަށް 27 ވޯޓު އަދި މުހައްމަދު ފައިސަލަށް ލިބުނީ 26 ވޯޓެވެ.
ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބުނު މެމްބަރުންގެ ތެރޭގައި މިހާރު ވެސް މެދު ހެންވޭރު ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި އަލީ އާޒިމް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހިމެނެ އެވެ.
އަދި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ހެންވޭރު ހުޅަނގު ދާއިރާއަށް ހަސަން ލަތީފާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި ހުސެއިން އަމްރަށް ވެސް މައްޗަށް ގޮޅި އުތުރު ދާއިރާގެ ޓިކެޓް ވަނީ ކަށަވަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންކަލޯ
04 February 2024
ރާނީ ކުލަބުްގެ ވޯޓު ފޮށިވެސް މިއަށްވުރެ ވޯޓުގިނަ, ފެނިގެން މިދަނީ ކެނެރީ އާއިލާގެ ސިޔާސީ ކުރިމަގު ބައްޓަން ވެގެންދާނެ ގޮތް, ކެނެރީ އާއިލާގެ ސިޔާސީހަޔާތުގެ ނިމުން މިފެންނަނީ
އަބްޑޫޅް +
04 February 2024
މިޔުޒިކީ ގުލަޝަން ގެ ރާނީ ބައި.
ޝެލަރީ
03 February 2024
އީވާ އާޒިމް އިންތި ނޫންގޮތެއް ބަލަދުއަރާފަތަ މިތިބީ
ޥަގުތު ހަމީ
03 February 2024
ސަޅި، އައްނި ދެބެއިންގެ ދެދަރިވާތީ އަބަދުވެސް ޓިކެޓު ލިބޭ ސޮރެެއް މީ ،
ޢަލީ ކުރުސީ
03 February 2024
15 ވޯޓުން ޓިކެޓް ލިބޭނީ ހާދަހާވާ މީހުން ގިނަ، ހައިބަތުބޮޑު، ބޮޑުފަޅި ޕާޓީއެއްވީމައޭ ދޯ؟
ކޮއްކޮބެ
03 February 2024
"މޯލްޑިވްސް ބަތްކާ ކައްކާ ޕާޓީ"