މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގު: އިންޑިއާ ސިފައިން އެރި މައްސަލާގައި ބައިނަލްއަގްވާމީ ހަމަތަކުން ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި
05 ފެބުރުއަރީ 2024 - 16:55
ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް ހަތިޔާރާ އެކު އިންޑިއާ ސިފައިން އެރި މައްސަލާގައި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ސަރުކާރުން ފިޔަވަޅުތައް އަޅާނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެމްބަރު މަހިބަދޫ ދާއިރާގެ އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކަނޑުގެ އެންމެ އުތުރު ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އެރި މައްސަލާގައި ޑިމޮކްރެޓްސް އަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލާގައި ބަހުސް ކުރައްވަމުން ތޯރިގު ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގައި އެކަށީގެންވާ ގާބިލްކަން ނެތުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހެލެއްޓުމަށް ގޮންޖެހުން ދިމާވާ ކަމަށާއި ނަމަވެސް، އޭގެ މާނަ އަކީ އަވަށްޓެރި ގައުމުތަކުން އައިސް ރާއްޖޭގެ ޓެރިޓަރީގެ ތެރެއަށް ވަދެގަތުމަށް އޮތް ހުއްދައެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ކުޑަ ގައުމަކުން ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް އެ މައްސަލައަށް ޓެކުލް ކުރަމުން އެ ދަނީ. އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނީ،" ތޯރިގު ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގައި ދިވެހި ކަނޑުތައް ބެލެހެއްޓުމުގެ ގާބިލްކަން ނެތް ކަން ސާބިތުކޮށްދޭން އެ ވާހަކަ ދެއްކުމަކީ އެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫން ކަަމަށެވެ. މަސައްކަތް ކުރަން ޖެހެނީ ދިވެހި ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ދިވެއްސަކު މިކަމަށް [އިންޑިއާ ސިފައިން ދޯނިތަކަށް އެރި މައްސަލަ] ހިތްވަރުދީ ވާހަކަ ދެއްކުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ މުސްތަގުބަލާ ދޭތެރޭ ފުންކޮށް އެބަ ވިސްނަންޖެހޭ. އަޅުގަނޑުމެން ގަބޫލު ކުރަން އެބަ ޖެހޭ އަޅުގަނޑުމެން ވެސް ތެދުވާނެކަން، ކަނޑުތައް ބަލަހައްޓާނެ ކަން،" ނަސީމް ވިދާޅުވި އެވެ.
"މިވަގުތު ކުއްލިއަކަށް މި ސަރުކާރު އައި ފަހުންނޭ ކަނޑުތައް ނުބެލެއްޓިގެން މި އުޅެނީ މިގޮތަށް ކަންތައްތައް ކުރުމަކީ އެއްވެސް ގޮތަކުން ކޮށްގެން ވާނެ ކަމެއް ނޫން."
ރައްޔިތުންގެ މަޖިލީހަށް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެއްގަމާއި ވަޔާއި ކަނޑުގެ މަގުން ވެސް ރާއްޖެ ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލްކަން ރާއްޖޭގައި ވަރުގަދަ ކުރަންޖެހޭ އެވެ.
"އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަން ފަށައިފިން. ރާއްޖޭގެ 900،000 އަކަކިލޯ މީޓަރުގެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ،" މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ޒަމާނީ އާލާތްތައް ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި އެންމެ ޒަމާނީ ޑްރޯންތައް ގަތުން ހިމެނޭ ކަަމަށް ވެ އެވެ.
ރާއްޖޭގެ އިގުތިސާދީ ސަރަހައްދު އާންމުކޮށް ބެލެހެއްޓުމުގައި މިހާތަނަށް އެހީތެރިކަން ހޯދަމުން އައީ އިންޑިއާގެ އަސްކަރިއްޔާ އިން ކަމަށް ވިޔަސް ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން ބޭލުމުގެ މައްސަލާގައި ގުޅުން އެހާ ރަނގަޅެއް ނޫނެވެ. އަދި ހުއްދަ ހޯދުމެއް ނެތި، ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާ ވެސް ހިލާފަށް ހަތިޔާރާ އެކު އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން ވަދެ، ރާއްޖޭގެ ތިން މަސްދޯންޏަކަށް އަރައި މަސްވެރިންނާ ސުވާލުކޮށް ބިރުދެއްކި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
ދިވެހި ސަރުކާރަށް އެނގުމެއް ނެތި އިންޑިއާ ސިފައިން ރާއްޖޭގެ ސަރަހައްދަށް ވަދެ އެ އަމަލު ހިންގި ސަބަބު ލިޔުމަކުން ހޯދަން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރާއްޖެ އިން ރަސްމީކޮށް އިންޑިއާގައި އެދުނަސް މިހާތަނަށް ޖަވާބެއް ނުދޭ ކަމަށް ވެ އެވެ.
ދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމްތަކުން ކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި އިންޑިއާ ކަނގެ ސިފައިން އަރާފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށް ޑިފެންސްގެ ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
06 February 2024
ތޯރިގު އެފް.އޭ.އެމް ހިންގަން ހިތައް އަރާގޮތައް ސަރުކާރު ހިންގާނަމޭ ހިތައް ނާރުވަބަލަ.
ޔޫޓޫ
06 February 2024
ނޭޅޭނެ ތިޔަބުނާ100އެއްބަސްވުމުގަވެ 1-ހިއުމަންޓްރެފިކް 2-ޑުރަގްޓުރެފިކިން 3-ޓެރެރިޒަމް މިކަންކަމުގައެސަރަހައްދުގަހިންގާއޮޕަރޭޝަންތަކައްބޭނުންކުރެވޭނެކަމަށާއޮޕަރޭޝަންގެމައުލޫމާތުރާއްޖެއައްދޭންވާނެކަމައް
ސަލީމު އިދުރީސް
06 February 2024
މުއީޒު މިގައުގެ މިލުޓަރީ ވަރުގަދަ ކޮއްގެން އިންޑިޔާ ސައިޒު ކުރާކަހަލަ އިބާރާތުން ވާހަކަ ދައްކާއިރު ނޭގޭބާ މިހާރު ދުނިއޭގަ ހިންގާ ޖަރީމާ ތަކާއަޅާ ބަލާފަ އިންޑިސިފައިން މަސްދޯންޏަކައް އެރުން އެއީ ދުނިއެ ސަމާލުކަން ލިބޭވަރު ކަމަކައް ނުވާނެކަން!ދުނިއޭގެ ކަންކޮތަކުގަ ހަނގުރާމާގެ ބެރުޖަހާ ދުވަސް ވަރެއްގަ މިގައުގަ މިހާކިބުރުވެރި ބޯޑާ ވެރިއެއްގެ އަލުތަން ހުރިގޮތުން ގައުމު މިވަނީ ނާޒުކު ފައްރެއްގަ ކަމުގަ ދެކެން!
މުގުރިކާސިމް
06 February 2024
ޙަޤީޤަތަކީ އިންޑިޔާ ސިފައިން ތިބީ މިދިޔަ ވެރިކަމުގައި އަޅުގަނޑުމެންގެ ގޭތެރެއަށް ވަށްދާފަ. އެމީހުން ތިބީ އަހަރުމެންގެ އަނބިދަރިން ޖަހައިގަންނަ ހިސާބުގަ. ދެން މިހާރު މިމީހުން ގެއިން ނެރެން މަސައްކަތް ކުރުމުން ނިކުންނަ ނަތީޖާ މިހާރު މިފެންނަނީ. ވެރިކަން ބަދަލު ކޮށްލެވުން އެއީ އަހަރުމެންގެ ނަސީބު.
މަވާސަލާމް
05 February 2024
ރާއްޖޭގެ 3 ދޯންޏަކަށް އިންޑިޔާ ސިފައިން އަރާ ބިރު ދެއްކި މައްސަލަ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ކުށްވެރި ކުރަން. މިހާސާބަށް ކަންތައް ދާންޖެހުނީ އެމްޑީޕީ ގެ އަމިއްލަ އެދުން ބޮޑު މާޒީވި ސިޔާސަތުގެ ސަބަބުން. މިހާރު ހިތާމަ ކުރަންޖެހެނީ އަދިވެސް މިސަރުކާރަށް ވެސް އިންޑިޔާގެ ބާ ޑޯނިޔާގަނޑު, މިލިޓަރީ ސިފައިން ސިވިލް މީހުންނަށް ބަދަލުކޮށްގެންވެސް ދުއްވަންވާ މަޖުބޫރު. މިވާގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭގޭ.
ޥާގޯތް
06 February 2024
ޥާގޮތް އެނގޭ.. އެސަރުކާރުން ވެސް މިސަރުކާރުންވެސް ދަރަންޏަށް ލާރި ދޭން ބަޔަކު ތިބިއްޔާ ސޯޓުގަ އެލިގަނެގެން ވިޔަސް އެ ހޯދަން އެބަ ދުވޭ... ޢެހެންތާވާނީ..ކުޑަ.ކަޓް ކޮޅަކަށްވެސް އެތައް މިލިއަން ޑޮލަރެއް އެބަ ކައްވާލެވޭ..
ވޯލްޑް ކަޕް ދިވެހިން ކުޅުވާނެ ވިސްނުން
05 February 2024
އަޅަން ވަކި ކޮންކަމެއް ކުރެވޭނީ. ގަދަ ދައްކާފަ އިންޑިއާ މަނަވަރުތަށް ފަހަން އިންޑިއާ އިން ލޯނު ނަގާނީ ދެއްތޮ؟ ހަދިޔާ ކޮށްފަ ހުރި ވެހިކަލް ތަކުގަ؟ އަމިއްލަ ވަންތަކަމާ އަމިއްލަ ބާރު ހޯދުން ގޯހެއް ނޫން، ޚިޔާލީ ދުނިޔެއެއްގަ ތިބި ސިޔާސީ ވެރިން ހޭލަން ވެެއްޖެ، ފޫނުބެއްދޭވަރުގެ ގެއްލުމެއް ގައުމަށް ނުލިބެނިސް.
ފުޅު ބޭ
05 February 2024
މީނަގެ ވާހަކަ ހުރި ގޮތާއި ނެތަނަޔާހޫ ގެ ވާހަކަ ތަކާއި ވަރަށް އެއްގޮތް!
އަފްރާސިޔާބު
05 February 2024
ބަލަ އެއީ ތާރިގެއް ނޫންތަ؟ އޭނާގެ މުއްސަދިކަން މާބޮޑުވާނެ ތި އިންޑިއާ އަށްވުރެ. ޓޮމް އޭ އެކިޔަނީވެސް ކަމެއްވެގެނެއްނުން. އޭނާ ދެފިޔަވަޅު އަޅާއިރަށް އިންޑިޔާގެ ބޮޑުވަޒީރު ކުޑަކަކޫ މައްޗަށް ތިރިވާނެ. ބައިނަލް އަގްވާމީ އަށް ބޮޑުވަޒީރު ދަމާ ކޫއްތާފައި ގެންދާނެ. ގަޓު އެބަހުއްޓޭ ޓޮމްގެ ކިބާގައި.
ސަޅި ބައިސާ
05 February 2024
ފިޔަވަޅު އަޅަޏީ ކުރިޔަށްތޯ، ފަހަތަށްތޯ، އަރިޔަށްތޯ؟
MySuperGreenDOTcom
05 February 2024
އަޅާނެ އަޅަނެ، ކޮންއިރަކުން؟ އެއަމަލުކުށްވެރިކޮށް ބަހެއްބުނެލިއަޑުވެސް އަޅުގަނޑުނާހަން! ބަހެއްބުނެވޭކަށްނެތް، އިބޫގެ ވެރިކަމުގައި މާރިޔާގެ ޑިފެންސްމިނިސްޓަރުކަމުގައި ރައްޖޭގެ ކަނޑުގެސަރަހައްދަށް އަމިއްލަޔަށް ވަދެނިކުތުމުގެ ހުއްދަ އިންޑިޔާސިފައިންނަށް ދީފައިވާކަމަށް އަޑުއިވޭވާހަކަތަކުން ބެލެވޭ! ނަމަވެސް ލިބޭ ހިތްހަމަޖެހުމަކީ މުއިޒުފަދަ ޢިލްމީ ގާބިލުވެރިޔަކު މިފަހަރު ދިވެހިންހޮވާފައިވާކަން،
ޗޮކް
05 February 2024
އިހްތިރާމާއި އެކް ޓޮމް އަށް ދަންނަވަން ނޭޅޭނެ އިގޭތޯ. ތިހެން ބުންޏަސް ހެލިކޮޕްޓަރުވެސް އޮންނާނެ ދުއްވާނީ ވެސް އެމީހުން އާހިރުގަ ހުރިހާ ކަމެއް ނިމޭނީވެސް އިންޑިޔާ ބޭނުންވާ ގޮތަށް.
މީނާ
05 February 2024
މިޠާރިގު ހީވަނީ ސަރުކާރުގެ މަސްއޫލުވެރިއެއްހެން.