ޚަބަރު / ރިޔާސީ ބަޔާން

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު އަމިއްލަ އަށް ބެލެހެއްޓޭނެ ގާބިލްކަން އިތުރުކުރަނީ!

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން މަޖިލިހުގެ ރައީސް އަސްލަމް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން ރާއްޖޭގެ އަސްކަރިއްޔާގައި ވަރަށް އަވަހަށް ގާއިމް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް މުއިއްޒު އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެއްގަމާއި ވަޔާއި ކަނޑުގެ މަގުން ވެސް ރާއްޖެ ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލްކަން ރާއްޖޭގައި ވަރުގަދަ ކުރަންޖެހޭ އެވެ.

"އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަން ފަށައިފިން. ރާއްޖޭގެ 900،000 އަކަކިލޯ މީޓަރުގެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ،" މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއް ކަނޑުމަތީގައި.

ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ތާރީހީ ގޮތުން އެކިއެކި ބޭފުޅުން ކުރެއްވި ބައެއް މަސައްކަތްތައް ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. ރާއްޖެ ދުށް އެންމެ ވަރުގަދަ ގައުމީ ބަތަލުންގެ ތެރޭގައި ހިމެނޭ ބޮޑުތަކުރުފާނާއި ދޮންބަންޑާރައިންނާއި ބޮޑުރަސްގެފާނާއި އިސްކަންދަރު މަހާރަދުން ފަދަ ކޮންމެ ލީޑަރެއްގެ ޒައާމަތުގައި ވެސް ގައުމީ ދިފާއީ ބާރު ވަރުގަދަ ކުރައްވަން މަސައްކަތްތަކެއް ކުރެއްވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ބޮޑުރަސްގެފާނުގެ ޒަމާނުގައި މަލާބާރީންނާއި ކަންނައްނޫރު އަލީރާޖާގެ ހަމަލާތަކުން ދަފަރާވުމަށް، ފުރަމާލޭގައި ބުރުޒުތައް ހައްދަވައި، އަސޭކަރައިން ރަތުލޯބަޑީގެ 14 ބަޑި ހޯއްދެވި ގޮތުގެ ވާހަކަ ދިވެހި ތާރީހުގައި އެބައޮތް. އެއީ އެ ޒަމާނަށް ބަލާއިރު ވަރު ހުރި ދިފާއީ އާލާތްތަކެއް،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ 900،000 އަކަކިލޯ މީޓަރުގެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ،"--- ރައީސް މުއިއްޒު

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު އާންމުކޮށް ބެލެހެއްޓުމުގައި މިހާތަނަށް އެހީތެރިކަން ހޯދަމުން އައީ އިންޑިއާގެ އަސްކަރިއްޔާ އިން ކަމަށް ވިޔަސް ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން ބޭލުމުގެ މައްސަލާގައި ގުޅުން އެހާ ރަނގަޅެއް ނޫނެވެ. އަދި ހުއްދަ ހޯދުމެއް ނެތި، ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާ ވެސް ހިލާފަށް ހަތިޔާރާ އެކު އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން ވަދެ، ރާއްޖޭގެ ތިން މަސްދޯންޏަކަށް އަރައި މަސްވެރިންނާ ސުވާލުކޮށް ބިރުދެއްކި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

ދިވެހި ސަރުކާރަށް އެނގުމެއް ނެތި އިންޑިއާ ސިފައިން ރާއްޖޭގެ ސަރަހައްދަށް ވަދެ އެ އަމަލު ހިންގި ސަބަބު ލިޔުމަކުން ހޯދަން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރާއްޖެ އިން ރަސްމީކޮށް އިންޑިއާގައި އެދުނަސް މިހާތަނަށް ޖަވާބެއް ނުދޭ ކަމަށް ވެ އެވެ.

ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެޓް ޖެނެރަލް އަބްދުއްރަހީމާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ބައްދަލުކުރައްވަނީ: މިހާތަނަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި އެހީތެރިކަން ހޯދީ އިންޑިއާ އިން---ފޮޓޯ: އެމްއެންޑީއެފް

އެނގިފައިވާ ގޮތުގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ޒަމާނީ އާލާތްތައް ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި އެންމެ ޒަމާނީ ޑްރޯންތައް ގަތުން ހިމެނޭ ކަަމަށް ވެ އެވެ.

ޑިފެންސް މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ސިފައިންނަށް އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާކުރުމަށް ބޭނުންވާ, އެއްގަމާއި ކަނޑާއި ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަސީލަތްތައް ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"މި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހުރި، އަދި ބަދަލުވަމުންދާ ސަލާމަތީ މަސްރަހުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި، ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާއަކަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ އެއް ކަންތަކެވެ،" ބަޔާނުގައި ވެ އެވެ.

74 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 2%
icon inlove icon inlove 21%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލާއިން

06 February 2024

ރައީސް މުއިއްޒު ނޫނީނެތް ގައުމާދޭތެރޭ މިވަރަށް ވިސްނާ ވެރިއެއް.

The name is already taken The name is available. Register?

އަފްރާސިޔާބު

05 February 2024

އޭ މިހިރަ ދިދަޔާ، މީ މަލަބާރިން ނާ ހޮޅިންގެ ދުވަސްވަރެއްނޫނޭ. "ހޮޅި"ންގެ ވާހަކަ ނުދައްކަ ހުއްޓާލެވެން ނެތީމަ މެންޝަންކޮއްލީ. ކިތަންމެ ޒަމާނީ އާލާތެއް ހޯދިޔަސް ދުނިޔޭގެ އެއްވެސް ގައިމަކުން އުދުވާނީ ހަމަލައެއްދީ ރާއްޖެ އަށް ބޭނުންގޮތެއް ހަދާލާނެ. ބަލަންވީ އަގުބޮޑު މޮޅު ހަތިޔާރުތަކެއް ހޯދުމެއްނޫން. އެކަމަކު ދުނިޔޭގެ ގައުމުތަކާ ގުޅިގެން މަސްލަހަތު ހިމާޔަތްކުރުން. ތިއުޅެވޭނީ ހުވަފެނީ ދުނިޔެއެއްގަ.

The name is already taken The name is available. Register?

ރާގޮނޑި

05 February 2024

100 މިލިޔަން ރުފިޔާ މަސްވެރިންނަށް ނުދެވިގެން ލޯން ނަގާ ވާހަކަ ދައްކާ ސަރުކާރަކުން ކަނޑުގެ ސަރަހައްދު ބަލަހައްޓަން 100 ބިލިއަން ރުފިޔާ ހަރަދުކުރާ ވާހަކަ ދެއްކީމާ އަތް ޖަހާނީ މޮޔައިން

The name is already taken The name is available. Register?

އަފްރާސިޔާބު

05 February 2024

ދުނިޔޭގެ ބޮޑެތި ގައުމުތަކަށް އެމީހުންގެ ސަރަހައްދު ނުބެލެހެއްޓޭ އިރު އަދި އެކަންކަމަށް ނުކުޅެދިފައިވާއިރު ދިވެހިރާއްޖޭގެ ރަށްރަށުގެ ވަށައިގެން ކަނޑު އޮތްއިރު އެކަނޑުގެ ސަރަހައްދު 24 ގަޑިއިރު ފޯރިމަރައި އަމިއްލައަށް ބަލަހައްޓާނަމޭ ބުނީމާ ގަބޫލު ކުރާނީ ކޮންބައެއްބާއޭ ހިތަށް އަރާ. ތިޔަކަލަ ކަނޑުކޮސް ވާހަކަ ދެއްކީމާ ގަބޫލުކުރާނީވެސް ހަމަ ކަނޑު ކޮހުން. ކިތަންމެ ވަރެއް އެރުވިޔަސް އަވަށްޓެރިންނާ ނުލައި ސަލާތެއް އެއްވެސް ބަޔަކަށް ނުބެލެހެެއްޓޭނެ.

The name is already taken The name is available. Register?

MySuperGreenDOTcom

05 February 2024

ދިވެހިންނަށް ދިވެހިންގެ ކަނޑުގެ ސަރަހައްދު ފުލްސަވައިލަންސްގައި 24/7 ބެލެހެއްޓުމަކީ ދާދިފަސޭހަކަމެއް، ޓެކުނޮލޮޖީގައި އެންމެކުރީގައިއޮތްޗައިނާއޮތީ މިކަމުގައި ބޭނުންވާ ފަންނީއެހީއާ ތަކެތިވެސް ރާއްޖެއަށް ފޯރުކޮށްދޭންތައްޔާރަށް، އިންޑިޔާފަދަ އުސޫލުތަކަށް ތަބާނުވާ ބަޔަކާއެކު އަވައްޓެރިކަން ދެމެހެއްޓުމަކީ ކުރެވޭނެކަމެއްނޫން، އަބަދު ދޫދީގެން ފުދިގެން ތިބުމަކީ ދިވެހިންކުރާނެކަމެއްނޫން!

The name is already taken The name is available. Register?

.MySuperGreenDOTcom

05 February 2024

ތިބުނީ މަށަކީވެސް މޮޔައެކޭތަ؟ މަ ގަބޫލްކުރަން.

The name is already taken The name is available. Register?

ފފފފފ

06 February 2024

އަޑުއެހިންތަ ސެޓްލައިޓް ކިޔާއެއްޗެއް؟

The name is already taken The name is available. Register?

ވަތަނީބޯބޭލުން

05 February 2024

ހަމަ ފެށުނީއްސުރެ ހުސް ދެދުވަހުން އެއްދުވަހު ވަތަނީ ސަރުބީ އިތުރު ކުރަން ގޮވާ ގޮވެލި ފަތި، އިތުރު ކަމެއްނެތް ޗަސްބެއްނެތް އުއްމީދެއްނެތް އޮއްޓަރެއްނެތް ހިޔާލީ ފޮލަޔާ ހުވަފެން، މަޖިލިސް އިންތިހާބަށް ޖައްސާ ހޮޅިހޮއްލުގެ ސިލްސިލާ

The name is already taken The name is available. Register?

ޗައިނާ

05 February 2024

މާތްﷲއާ ވަކީލުކޮށްގެން ކޮންމެމަހަކު ސިވިލްސާވަންޓުންނަށް މުސާރަދޭ ގައުމެއް މިއުޅެނީ މިހާރު އަޔަން ޑޯމެއް ހަރުކުރަން :ޕ

The name is already taken The name is available. Register?

ތަކުރާރުވި

05 February 2024

މިގަރުނުގެ އެންމެ ވިޝަނަރީ ބަޔާނެކޭ ކިޔައިގެން ފޮނިކަނޑައި ސަނާކިޔައި ހެދުމުން އަހަރެމެން ހީކޮށްގެންތިބީ ވަރަށް މޮޅުއެއްޗަކަށް ވާނެޔޭ. އެކަމަކު ހަމަ ސުމެއް. އާވާހަކައެއް ނެތް. އެހެންމީހުން ފަށާފައިހުރި ކަންކަމުގެ ރިބަންކެނޑުން. ދެން ތަކުރާރުކުރީ ކުރިން ދައްކާފައިހުރި ވާހަކަ. އަދި ކޮވިޑަށްފަހު އިގްތިސާދު ރަނގަޅުކަމަށް އިއުތިރާފްވި. ދެން އެއްޗެއްގެ ރަނގަޅުކަން އެނގޭނީ އެބޭނުންކުރާ ބަޔަކަށް. ތައްޔާރުކުރާ މީހާއެއްނޫން ބުނާނީ އެއީ ވަރަށްމީރު ގުޅައެކޭ.

The name is already taken The name is available. Register?

ފފފފފ

05 February 2024

އެމީހެއްގެ އިލްމާ ގާބިލުކަން ހުރިވަރަކުން ކަންކަން ފަހުމުވާނީ! ބަޔާން ކިތަންމެ ވިޝަނަރީވިއަސް ވިޝަނަރީއަކީ ކޮންއެއްޗެއްކަންވެސް އެނގޭ މީހުން ލައްކަ މަދުވާނެ. މަ މިބުނީ ބަހުގެ މާނައެއްނޫން. ބަހުން ބުނެދޭ އެއްޗެއްގެ ވާހަކަ.

The name is already taken The name is available. Register?

ނޫންތަ

05 February 2024

މީނަގެ ވާހަކަ ތަންކޮޅެއް ގިނަހެން ހީވަނީ.

The name is already taken The name is available. Register?

ކޮރަލް

05 February 2024

މުއިއްޒުގެ ވިސްނުން ހުރީ މަތީ ލެވެލް އެއްގަ އެވެ . ވިސްނޭނީ މިއިއްޒު ކަން ކުރީމަ އެވެ

The name is already taken The name is available. Register?

ސަލީމު އިދުރީސް

05 February 2024

މަތީމަގާތަކުގަ ތިބޭމީހުން ހަމަތޯ ބަލަން ކޮންމެ ހަފުތާއަކު ނަފުސާނީ ޑޮކުޓަރަކައް ދައްކަންޖެހޭ ގަވައިދެއް ހަދަން އެބަޖެހޭ!ރޭވެފަ އަލިވިލޭއިރު މިބުނަނީ 20 ބިލިޔަން ޑޮލަރު ހޭދަކުރަން ޖެހޭ ކަނޑުއަޑީ ޓަނަލެއް ހަދާނަމޭ!އަނެއްދުވަހު ބުނަނީ ސަތޭކަވަރަކައް މިލިޔަން ރުފިޔާ ނުދެއްކިގެން ލޯނެއް ނަގައި މަސްވެރިން ފައިސާ ދައްކާނަމޭ!އެގޭމީހަގުބުނެދީބަލަ އެއްބިލިޔަން މީހުނުން 10 މީހުންގެކިތައް ޖަމާއަތް އުފެއްދޭނެތޯ އަދި އެޖަމާއަތް ތަކައް ފާރަލާ ދާނެހަރަދާ މީހުނާ

The name is already taken The name is available. Register?

ލކލކ

05 February 2024

20 ބިލިއަން ޑޮލަރަކީ ކޯންޗެއް؟ 500 މިލިއަން ޑޮލަރު ޚަރަދު ކުރެވޭ ބަޔަކަށް އަދި ބިލިއަނަކަށް އެރުމަކުން މޭކަރާނެހެން ހިއެއްނުވޭ. ގިރާވަރު ފަޅު ހިއްކަން 3 ރަށް 99 އަހަރަށް ދިން ގޮތަށް ޓަނަލް ހަދަން 20 ރަށް 99 އަހަރަށް ދިނުމުން އެކަން އެއޮތީ ވެފަނު. ހުރި ރިސޯސް ބޭނުންކޮށްގެންދޯ ކަންކަން ކުރެވޭނީ. ހުސް ފަޅުތަކާ ރަށްތަށް އަވީލައިގެން ތިބުމުން ލިބޭނެ އެއްޗެއް ނޯންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454