މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ހަރަކާތުގައި ސިފައިންގެ އަސްކަރީ ހަރަކާތްތައް ދައްކާލަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
03 ނޮވެމްބަރ 2025 - 20:05
ހަތިޔާރު އެޅި ބަޔަކު ދިވެހި މަސްވެރިންގެ އުޅަނދަކަށް އަރައި މަސްވެރިންތަކެއް ރަހީނުކުރި އެވެ. ޓެރަރިސްޓުންގެ އަތްދަށުވުމުގެ ކުރިން މަސްވެރިން އެ މައުލޫމާތު ކޯސްޓް ގާޑަށް އެންގުމާ އެކު، ޓެރަރިސްޓުން ބަލިކޮށް މަސްވެރިން ސަލާމަތް ކުރުމުގެ އަވަސް އޮޕަރޭޝަނެއް ދިވެހި އަސްކަރިއްޔާ އިން ފެށި އެވެ.
މިއީ ރާއްޖޭގައި ކޮންމެ ވަގުތެއްގައި ވެސް ކުރިމަތިވެދާނެ ހާލަތެކެވެ. މިއާ ގާތްކުރާ ބައެއް ހާދިސާތައް ކުރިން ހިނގާފައި ވެސް އެބަހުއްޓެވެ. މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އަސްކަރިއްޔާ އިން ޖުމްހޫރީ މައިދާން ސަރަހައްދުގައި މިއަދު ދައްކާލީ މިފަދަ ހާލަތެއްގައި ސިފައިން ހަރަކާތްތެރިވާނެ ގޮތުގެ ތަމްސީލެކެވެ.
ރާއްޖޭގެ އިރުމަތިން މީހުން އުޅޭ ރަށްތަކާ ދުރުގައި ކުރިމަތިވި އެ ނުރައްކާ "ނައްތާލަން" ފުރަތަމަ ވެސް އުދުއްސާލީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސިފައިންގެ އަށް އަލަށް ހޯދައިދިން އަސްކަރީ ޑްރޯންތަކުގެ ތެރެއިން ޑްރޯން އެކެވެ. އެއީ މަސްވެރިން ރަހީނު ކޮށްފައިވާ ބޯޓު އޮތް ސަރަހައްދު ދެނެގަތުުމަށެވެ.
މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ހަރަކާތުގައި "ދުޝްމަނުންނާ" ދެކޮޅަށް ސިފައިން ހަތިޔާރުގެ ބޭނުންކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މަސްބޯޓު އޮތް ތަން ދެނެގަތުމާ އެކު، އެ މައުލޫމާތު ދިނީ މިފަދަ ޓެރަރިސްޓް އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ކުރިން ލިބިފައި ވާތީ އުފައްދާފައިވާ ޖޮއިންޓް ޓާސްކް ފޯހަށެވެ. އެ ޓާސްކްފޯހުގައި ހިމެނެނީ އެއްގަމާއި ކަނޑާއި ވައިގެ ބާރުތަކެވެ.
މިއަދުގެ ހުށަހެޅުމުގައި ދެއްކި ގޮތުން އެފަދަ ހާލަތްތަކުގައި އުފައްދާ ޓާސްކްފޯހާ އެކު، މުޅި އެމްއެންޑީއެފްގެ "އޮޕަރޭޝަނަލް ސްޓޭޓަސް" މަތިކުރެ އެވެ.
ސިފައިންގެ ހުށަހެޅުމުގައި ދެއްކި ގޮތުގައި އެހާ ދުރުގައި ހިނގާ އެ ފަދަ ނުރައްކާތައް "ނައްތާލަން" ސިފައިން ފޮނުވާނީ ތުރުކީން ހަދިޔާކުރި ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު "ދަރުމަވަންތަ" އެވެ. އެފަދަ ހާލަތްތަކުގައި އެ އުޅަނދުގައި ހަރަކާތްތެރިވާނީ "ސްޕެޝަލް ބޯޓު ސްކޮޑްރޮން"ގެ ސިފައިންނެވެ.
މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ހަރަކާތުގައި "ދުޝްމަނުންނާ" ދެކޮޅަށް ސިފައިން ހަތިޔާރުގެ ބޭނުންކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ކަނޑުމަތީ މަސްވެރިންގެ ބަޔަކު ރަހީނުކޮށްފި ނަަމަ ސަލާމަތް ކުރާނެ ގޮތުގެ ޑެމޯއާ އެކު، ޑްރޯން އާއި އިސްކަންދަރު މަނަވަރުގެ ބޭނުންތެރިކަން ސިފައިން މިއަދު ތަމްސީލުކޮށްދިނެވެ،
"ކޯސްޓްގާޑް ޝިޕް ދަރުމަވަންތަ އަކީ ދިވެހިރާއްޖޭގެ ކަނޑުގެ ދިފާއީ ގާބިލުކަން އިތުރު ކުރުމުގެ ގޮތުން ކޯސްޓްގާޑުގެ ފްލީޓަށް މި އަހަރު އަލަށް ގެނެވިފައިވާ އުޅަނދެެއް. މިއީ ދިވެހިރާއްޖެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް އެންމެ ބޭނުންތެރި އެއް ދިފާއީ ގާބިލުކަން ކަމަށްވާ ނޭވަލް އެޓޭކް ރޭންޖް އެތައް މިނަކަށް އިތުރުކޮށްދޭ، ވިޝުއަލް ރޭންޖު ބޭރުން އަމާޒުކަމާ އެކު، ދުޝްމަނުންނަށް ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ ދުވެލި ބާރު އުޅަނދެއް،" ސިފައިންގެ ހުށަހެޅުމުގައި ކޯސްޓްގާޑް ޝިޕް ދަރުމަވަންތަ ސިފަކޮށްދިނެވެ.
މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ހަރަކާތުގައި "ދުޝްމަނުންނާ" ދެކޮޅަށް ސިފައިން ހަތިޔާރުގެ ބޭނުންކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ދިވެހި ސިފައިންނަށް އަލަށް ގެނައި އެއްގަމު އުޅަނދުތަކުގެ ބޭނުންތެރިކަން ވެސް މިއަދުގެ ހުށަހެޅުމުގައި ދައްކާލި އެވެ. އެ އަސްކަރީ އުޅަނދުތަކާއި އެ އުޅަނދުތައް ބޭނުންކޮށްގެން އޮޕަރޭޝަންތައް ހިންގުމުގައި ސިފައިން ހޯދާފައިވާ ގާބިލުކަން ދައްކާލީ މުހިއްމު އިމާރާތެއް، ޓެރަރިސްޓުންގެ ބާރުގެ ދަށަށް ގެންގޮސް ބަޔަކު ރަހީނުކުރާ ހާދިސާއެއް ތަމްސީލު ކޮށްގެންނެވެ.
އެއްގަމާއި ގޮނޑުދޮށްތަކުގައި ހިންގަން ޖެހިދާނެ އޮޕަރޭޝަނަކަށް މި އުޅަނދުތަކާ އެކު އެހެން އެތައް ވަސީލަތެއް ދީގެން އުފަައްދާފައިވާ ފައުޖަކީ މެރިންކޯ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ހަރަކާތުގައި "ދުޝްމަނުންނާ" ދެކޮޅަށް ސިފައިންގެ މަނަވަރު ހަރަކާތްތެރިވަނީ: މިއީ ތުރުކީން ރާއްޖެ އަށް އެންމެ ފަހުން ހަދިޔާކުރި މަނަވަރު---ފޮޓޯ: ނިޝާން އަލީ| މިހާރު
އާބަން ސަރަހައްދުތަކުގައި ޓެރަރިސްޓުންގެ ބަޔަކު ހަމަލާއެއް ދޭން އުޅެފި ނަމަ ވަަށައިގެންވާ މާހައުލަށް މާބޮޑު ގެއްލުމެއް ނުވާ ގޮތަށް އެފަދަ ހަމަލާތައް ހުއްޓުވަން ސިފައިންގެ ސްޕެޝަލް އޮޕަރޭޝަންސް ފޯސް ހަރަކާތްތެރިވާނެ ގޮތް ވެސް ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ މުއިއްޒު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި މިއަދު ތަމްސީލް ކޮށްދިން ހުށަހެޅުމުގައި ދައްކާލި އެވެ.
މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުން ފެށިގެން މި އަހަރުގެ ނަސްރުގެ ދުވަހާ ހަމައަށް ދިވެހި ސިފައިންގެ ހިދުމަތަށް އައިސްފައިވާ ޒަމާނީ ކުރިއެރުމާއި އެންމެ ފަހުގެ އާލާތްތަކާ އެކު އެ ތަމްސީލުން ފެނުނީ ސިފައިންގެ ކުޅަދާނަކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
876 ޤައުމިއްޔަތު
04 November 2025
ކޮމެންޓްކޮށްފައިވާ ގިނަ ކޮމެންޓްތަކުން ދޭހަވަނީ ރާއްޖޭގެ ޤައުމިއްޔަތު އޮތް ހާލަތު އަމިއްލަ ޤައުމާއި މެދު ދިވެހިންގެ ވިސްނުން އޮތް ދަށްހާލަތު ޗައިނާ ފަދަ ކޮމިއުނިސްޓް ޤަުމުތަކުގައި އެމީހުންގެ ޤައުމިއްޔަތާއި މެދު ރައްޔިތުން މާފުންކޮށް ވިސްނާކަން އެހެންވީމާ މިއީ ޑިމޮކްރަސީގެ ކޮރުކަން އިހުސާސްވާކަމެއް
ރާވެރިބެ
04 November 2025
ދިވެހި ސިފައިންނަކީ ވަރަށް ގާބިލް ބައެއް. ކެޑިނޭޅި ވަރަށް ފުރިހަމަ ތަމްރީނު ދެމުންގެންދޭ. ދައުލަތުގެ އިދާރާތަކުގެ ތެރޭ އޮތް އެންމެ ޕްރޮފެޝަނަލް އަދި އިތުބާރު ކުރެވޭ ފަރާތަކީ ދިވެހި ސިފައިން.
އަފްރާސިޔާބު
04 November 2025
ގޯހެއްނޫން. ކުޑައިކޮށް ދަބަރު ހިލިފައި ހުއްޓަސް. އަވަށްޓެރިންނާއި ޖެހިގަނެގެން އުޅުމުގެ ހިތިކަން ޔުކްރެއިނުގެ ރައްޔިތުން އިހްސާސް ކުރަމުން އެދަނީ. ގައުމެއްވެސް ނެތް ރައްޔިތުންނެއްވެސް ނެތް އެކަމުގެ ތަކްލީފު އުފުއްލަންޖެހިފައިނުވާ.
ކޮލަމާހުއްޓާ
04 November 2025
ތިހަތިޔާރުތަކާ އުޅަނދުތައް ބޭނުންކޮއްގެން މިގައުމަށް ވަގަށް އެތެރެކުރަމުންދާ ޑްރަގާ، ސިނގިރެޓާ ވޭޕް ހުއްޓުވައިދީ.
މަހާރަދުން
04 November 2025
މި ނޫނިއްޔާނޯްންނާނެ ސިފައިންގެމިލިޓަރީ އޮޕަރޭސަން ހިންގާ ގޮތުގް ޑުރާމާ ކުޅެންހަފަތާއެއް މަގު ބަންދު ކޮއްގެން އެޑުރާމާ ދައްކާ ގައުމެއް...މީގެ ކުރިން ށިފައިން މަޅެ ކައިރީ ޓުރެއިނިން ހަދަނިއްޔޭ ކިޔައިގެން ލޯންޗު ތަކުގަ މަލޭ ވަށައި ބާރު ބާރަށް ދުއްވާނެ ހަވަޔަށް ބަޑީ ތަޅަމުން.....ބޭރުގެ މިލިޓަރީ މީހުން މިމީހުން މިއުޅޭ ވައްތަރު ބަލަބަލާފަ ބަނޑަށް ހީހީ ހަލާކުވޭ....ބޮއި ހަލާކު!!!
އަލީމ
04 November 2025
"އުދުއްސާލީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސިފައިންގެ އަށް އަލަށް ހޯދައިދިން އަސްކަރީ ޑްރޯންތަކުގެ ތެރެއިން ޑްރޯން އެކެވެ. އެއީ މަސްވެރިން ރަހީނު ކޮށްފައިވާ ބޯޓު އޮތް ސަރަހައްދު ދެނެގަތުުމަށެވެ." ޑްރޯން އިން އެކަނިބާ އެމީހުން ތިބި ސަރަހައްދު އެނގެނީ! ކޮބާ ސެޓަލައިޓް ޓްރެކިންގ، ރޭޑަރތައް ކޮބާ؟ މޯބަިއލް ރޭންޖުން ބޭރުތާ...! ހަމަ ޑްރާމާ--- ބޭކާރު ޚަރަދުތައް ޖަސްޓިފައި ކުރަން ނޫޅޭ!
ތެފައާސާ.
04 November 2025
ގޭގެ ޚަރަދު ދެކޮޅު ނުޖެހިގެން މީސްމީހުން އަތުން ލޯނުތަކާއި އެއްޗެހި ނަގައިގެން އުޅޭއިރުވެސް މަވެސް މި އުޅެނީ ލިބޭ މުސާރަކޮޅަށް އެންމެ ފަހުގެ ޕްލޭ ސްޓޭޝަނާއި 95 އިންޗީގެ ފަތި ޓީވީއާއި ވޫފަރު ލީ 6 ފޫޓުގެ 4 ސްޕީކަރު ސިސްޓަމާއި ސްޕޮޓް ލައިޓާއި ލެޑު ލައިޓުވެސް ޑަޒަނުން ގަނެގެން. ގޭގައި އުޅޭ ކުދިވެރިންނަށް މިތަކެތި ދައްކާލުމުގެ ޕެރޭޑެއް ސިޓިންގ ރޫމްގައި ގެންދިޔައީމާ ކުދިވެރިން ތިބީ ވަރަށް އުފަލުން. އަންހެނުން ހުންނަނީ ތުންދަމާފައި. ވީގޮތެއް ނޭގެ!!
ޙައްގުބަސް
04 November 2025
މީ ވަރައް މަދު އުޅަދު ތަކެއް މިއައްވުރެ ގިނަވާން ޖެހޭ
ސަލިމާ
04 November 2025
އެއަރޕޯޓްގަ އޮވޭ ހުޅުމާލެއަށް ވުރެ ބޮޑު ބޭސްއެއް. އެކަމަކު އެދިޔައީ ވަޅިއެއް ހިފައިގެން ވަދެ ޑޮލޮރުކޮޅު ހިފައިގެން. ދެން ބުނާނެ އެއީ ފުލުހުންގެ މަސްއޫލިއްޔަތެކޭ. ތިމަމެން މީ ކައި ކައިގެން އެތާ ތިބެންޖެހޭ ބަޔަކޭ. ބަޔަކު ރާއްޖެ ހިފައިފާނެތީ އޯ.
ތަސްކީން
04 November 2025
ކައިގެން ފިލްމު ކުޅުން. އާމްދަނީ ބޮޑު ޕަރސަންޓެއް މިދަނީ ބޭނުން ޖެހޭ ގަޑީގައި ބޭނުން ނުހިފޭ ބަޔަކަށް ހަރަދުކުރަމުން. މަސްވެރިން ކަމެއްދިމާވާއިރު އެކި ދިމާލުގައި ކޮމާންޑްހަދައިގެން އުޅޭ މީހުން އަންނަ އިރު އޮންނަނީ ކަން ނިމިފަ.