އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށަނީ. -- ފޮޓޯ: މިހާރު
06 ފެބުރުއަރީ 2024 - 12:03
ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯގެ ފިހާރަތަކުގައި ހިންގާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ފިހާރަތަކުގައި ފަށައިފި އެވެ.
މި ޕްރޮމޯޝަން އެސްޓީއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް ވިއްކާ މަކިޓާ ޝޯރޫމް އާއި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަން ޝޯރޫމް (ނިޕޯން ޕެއިންޓް ފިހާރަ) އާއި ލ. ފޮނަދޫގައި ހުންނަ ފިހާރައިގައި ކުރިއަށް ދާނެ އެވެ. މި ޕްރޮމޯޝަނުގައި ކުރާ ކޮންމެ 1000ރ. ގެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ. އަދި މި ފިހާރަތަކުން ވިއްކާ ޕްރޮޑަކްޓުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
މި ފިހާރަތަކުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ބައިލައްކަ ރުފިޔާގެ މުދަލުގެ ގިފްޓް ވައުޗަރެކެވެ. އޭގެ އިތުރުން މި ޕްރޮމޯޝަނުގައި އިތުރު ހަ މީހަކަށް އެސްޓީއޯގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ އައުޓްލެޓްތަކުގައި ވިއްކާ ޕްރޮޑަކްޓުތަކުން 5،000ރ. މުދާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އާއްމުކޮށް ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި ބޭނުންކުރާ ސިމެންތި, ހިލަ, ހިލަވެލި، އަދި ނިޕޯން ޕެއިންޓް ފަދަ ޕްރޮޑަކްޓުތައް ހިމެނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެސްޓީއޯއިން މި ދިޔަ މަހު ވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވެސް ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީފާ
06 February 2024
ގްރޭޓް. ރޯދަ އަށް އާ ބުރުމާ އެއް ބޭނުން ވެފަ ހުއްޓާ ހަމަ.