ޚަބަރު / މަޖިލިސް އިންތިހާބު 2024

ސުންގަޑި ބަދަލެއް ނުވާނެ، މަޖިލިސް އިންތިހާބަށް ފޯމު ހުށަހެޅީ އެންމެ 18 ކެންޑިޑޭޓުން!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާ ތާރީހަށް ބަދަލެއް އަޔަސް އެ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަަށާއި މުއްދަތު ހަމަވާން ބާކީ ހަތަރު ދުވަސް އޮތް އިރު، މިހާތަނަށް ފޯމު ހުށަހެޅީ އެންމެ 18 ކެންޑިޑޭޓުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ތާވަލްކޮށްފައި އޮތީ މާޗް 17 ގައި މަޖިލިސް އިންތިހާބު ބާއްވާށެވެ. އިންތިހާބު ލަސްކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން އައި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ހުރިހާ ތައްޔާރީތަކެއް ވަމުންނެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، އެންމެ ފަހު ވަގުތުގައި ފޯމު ހުށަހަޅަން މަޑުކޮށްފި ނަމަ ފޯމުގައި މައްސަލައެއް ދިމާވެ، އިސްލާހު ކުރަން ޖެހި އެ ފުރުސަތު ނުލިބިދާނެ ކަމަށެވެ.

އިންތިހާބަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ. މަޖިލީހުގެ 93 ދާއިރާއަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ މަހުގެ 30 ގަ އެވެ.

ގާނޫނު ބުނާ ގޮތުން އޭގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެ އެވެ. އެ ތާރީހުތައް ތަރުތީބު ކޮށްލުމުން މާޗު 17 ގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެ އެވެ. ނަމަވެސް، ރޯދަމަހާ ދިމާވާތީ އިދިކޮޅު އެމްޑީޕީން ވަނީ ރޯދަމަހު އިންތިހާބު ބޭއްވުން މަނާކުރުމަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ހުށަހަޅައިފަ އެވެ. އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ވަގުތީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

10 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރިޔާ

11 February 2024

އިންތިހާބު ލަސްކޮއްލާ މޭމަހަށް.

The name is already taken The name is available. Register?

ޢެބޭ

10 February 2024

ތި 18 ފޯމު ވީދާލަ ކީިއްކުރާ މަޖުލީހެއް ބޭކާރުބަޔެއް މަޖުލީހައްކުރާ ހަރަދު މަސްވެންނައްކުރޭ މަޖުލިސްކުރާގެ ތަޅުލާ

The name is already taken The name is available. Register?

ފޯމް

10 February 2024

އޭ. ތި 18 ފޯމުގެ ތެރޭގަ މަގޭ ފޯމު އޮތްތޯ ބަލާދީބަލަ..

The name is already taken The name is available. Register?

ނައިކީ23

10 February 2024

ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަން އިސްލާޙްކުރަން އެބަޖެހޭ.. އެތަނުން ފޯމެއް ނެރެން އެބަ ނަގާ 5 ދުވަސް މި އޮއްފަދަ ޒަމާނުގަ މިއީ އަރަތެއް ނޫންތޯ. ތަހުޒީބބާ ތަމައްދުނާ ދުރަށް ފަހަތަށް ދާތަނެއް މިއީ.. އެކަމާ ހެދި ގިނަ ބަޔަކަށް އަދިވެސް ފޯމު ނުލެވިފަަ.

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

10 February 2024

އެންމެ ފަހުގެ ފޯމިއުލާ ބުނަނީ އެންމެ ކާމިޔާބީ ފަހުން ފޯމުހުށައަޅާ ފަރާތްތައްކަމަށް.

The name is already taken The name is available. Register?

އެހެންތޯ

10 February 2024

ޕީއެންސީގެ ކެނޑިޑޭޓުންތަށް ފޯމު ނުލެވުނަށް އެހެން ހައްދަވާނަން ދެއްތޯ. ހާފަ މޮޅުފުޅޭ. ގަދަ އިނގޭތޯ

The name is already taken The name is available. Register?

އެދުރުބޭބެ

10 February 2024

93 ދާއިރާ އަށް އަދި އެންމެ 18 ފޯމު. އެހެންވީމަ އުފެދޭ ސުވާލަކީ ފޯމު ހުށައެޅުމުގެ ސުންގަޑި ހަމަވާއިރު 93 ދާއިރާ އިން އެއްވެސް ދާއިރާ އަކަށް ފޯމެއް ހުށަނާޅާ އޮވެއްޖެނަމަ ދެން 20 ވަނަ މަޖިލީހުގައި އެ ދާއިރާގައި ހުންނާނީ "ހުސް ގޮނޑިއެއް" ތޯ އެވެ. މިއީ ވެސް އާވައްތަރެއްގެ "ބޯއިކޮޓެއް" ނޫންބާ؟ ރޯދަމަހު އިންތިޚާބު ބާއްވާތީ ހިތްހަމަ ނުޖެހިގެން މީހުން ވޯޓުލާން ނުނުކުންނާނެތީވެ ކުރިމަތިލުމުގެ ރޫހު ވެސް ނެތީ ތޯއްޗެއް.

The name is already taken The name is available. Register?

އެދުރުބޭއައްޕަ

10 February 2024

ކޮންކަމަކައްތޯ އެދުރުވެފަ ތިހުންނެވީ؟. ދިވެހިންނަކީ ފަހުވަގުތު ރާސްޓަސް، ކަނޑާކަނޑާބަން.

The name is already taken The name is available. Register?

ޛެހެސްސް

10 February 2024

16 ވަނަ ދުވަހު ޕާޓީތަކުން އޮއްސާލާނެ ބޮނދިވަރު. ބޭނުމީ އިލެކްޝަނަށް ޕްރެސަރުބކޮށްލުން

The name is already taken The name is available. Register?

ޒައިކް23

10 February 2024

ދިވެހިން ފަހުވަގުތު ވެގެން ވާކަމެއް ނޫން.. މި ޤައުމުގެ ޖުޑިޝިއަރީ އޮތް ބަރަވެލި ދުވވެލީގެ ސަބަބުން ރެކޯޑް ސާފުނުކުރެވި އެތަށް ބަޔަކު ކިއުގަ.. އަދިވެެސް 16 ވަނަ ޤަޜުނުގަ ޚިދުމަތް ހުރީ ޑީޖޭއޭ ކިޔާތަނުގަ.. 5 ދުވަސް ނަގާ ރެކީޑެއް އޮތްތޯ ބަލަން.. ސިސްޓަމުން ވަން ކްލިކުން ވާންޖެހޭނެ ދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454