ޕީސީބީ އިދާރާ. އެކުންފުނިން ވަނީ ހުރިހާ ކުންފުނިތަކުން އަމަލު ކުރާނެ ޕޮލިސީއެއް އެކުލަވައިލުމުގެ މަސައްކަތް ވަނީ ފަށައިފައި -- ފޮޓޯ: މިހާރު
21 ފެބުރުއަރީ 2024 - 14:46
ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏަކުން މާލީ ކަންކަން ހަމަޖެއްސުމުގައި އަމަލުކުރާނެ އުސޫލެ އެއްގޮތް ކުރުމުގެ މަސައްކަތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ފަށައިފި އެވެ.
ޕީސީބީން ބުނީ، އެސްއޯއީތަކުގެ ފައިނޭންޝަލް ޕޮސިލީ އާއި ޕްރޮސީޖާތައް ރަނގަޅަށް ހެދިފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ހަރަދުތައް ކުރުމުގައި އަމަލުކުރަން ޖެހޭ މުހިއްމު ބައިތައް ބައެއް ކުންފުނިތަކުގައި ނެތް ކަމަށެވެ.
އެ އިދާރާއިން ބުނީ، މިކަން އިސްލާހު ކުރުމަށް ކުންފުނިތަކުން އަމަލުކުރާ މާލީ އުސޫލާއި ޕްރޮސީޖާތައް އެއްގޮތް ކުރުމަށް އާ އުސޫލެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ އުސޫލުތައް ސްޓޭންޑަޑައިޒް ކުރުމަށް ކުންފުނިތަކުގެ ފައިނޭންޝަލް ޑިޕާޓްމެންޓްތަކުގެ އިސްވެރިންނާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީސީބީއިން ބުންޏެވެ.
ޕީސީބީއިން ބުނީ، ފައިނޭންޝަލް މައުލޫމާތު ރިޕޯޓުކުރުމުގައި ހާމަކަން ބޮޑު ކަމާއި އިތުބާރު އުފެއްދުމަށްޓަކައި ކޮންމެ ކުންފުންޏެއްގައި ވެސް ސްޓޭންޑާޑް އެކައުންޓިން ޕޮލިސީތަކާއި ޕްރޮސީޖާތައް ހަދައި ކުންފުނިތަކުގެ ބޯޑުން އެންޑޯޒްކޮށްފައި ހުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ފައިނޭންޝަލް މުއާމަލާތްތައް ރެކޯޑު ކުރުމާއި ރިޕޯޓުކުރުމާއި އަގު ކުރުމާއި މާލީ ބަޔާންތަކާ އެކު ހާމަކުރަން ޖެހޭ މައުލޫމާތުތަކުގެ ގައިޑްލައިން ހިމެނޭ ގޮތަށް ޕޮލިސީތައް ހެދިފައި ހުންނަން ޖެހޭ ކަމަށެވެ.
މާލީ މުއާމަލާތްތައް ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރުމުން، މީގެ ކުރިން ބައެއް ކުންފުނިތަކުގެ މައްސަލަތައް ފެންމަތިވެ، އޭސީސީއިން ވެސް ބަލައިފައިވެ އެވެ. އަދި އެފަދަ ކަންކަމުގައި އިހުމާލުވި މުވައްޒަފުންނާ މެދު ފިޔަވަޅު ވެސް އަޅާފައިވެ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ، ޕެޓީ ކޭޝް ދިނުމުގައި އުސޫލުން ބޭރުން އަމަލު ކުރުމުން އާރްޑީސީގެ މައްސަލައެއް ވެސް ކަމާ ގުޅޭ އިދާރާތަކުން ބަލަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ ފޭން
21 February 2024
ޕީސީބީއިން ކަންތައްކުރަނީ ވަރަށް ދޯހަޅިކޮށް. އެމީހުން ކޮލެޖްކުދިންތަކެއް ލައްވާ މި ހައްދަނީ އެސައިންމެންޓެއް. ދުވަސްކޮޅަކުން އެ އެސައިންމެންޓްގެ ނަން ބަދަލުވަނީ ރިކޮމެންޑޭޝަނަކަށް. އެއަށްފަހު އެސްއޯޕީ އަށް. ދެން ހަމަ އެ ޑޮކިއުމެންޓްވަނީ ޕޮލިސީއަށް. މި ޕްރޮސެސްގައި ސްޓޭކްހޯލްޑަރުންނާ ނަމެއްގައި ބައްދަލުކޮށް ޑިސްކަސްކުރިއަސް އެމީހުންގެ އިންޕުޓް ކޮންސިޑަރވެސް ނުކުރޭ. ނަމަކަށް ކަމެއްކުރުމުގެ ބަދަލުގައި ރަނގަޅަށް ކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅު