ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާގެ ޑެޕިޔުޓީ ސްޓޭޓް ސެކްރެޓަރީ ރިޗަޑް ވަރްމާ އާ މިއަދު ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
23 ފެބުރުއަރީ 2024 - 00:06
އެމެރިކާ އަށްދާ ދިވެހިންނަށް ވިސާ ނެގުމުގެ ނިޒާމް މިހާރަށް ވުރެން ފަސޭހަކުރުމުގެ އިތުރުން ގިނަ ދާއިރާތަކުން ރާއްޖެއާ އެކު މަސައްކަތް ކުރުމަށް އެ ގައުމުގެ ޑެޕިޔުޓީ ސްޓޭޓް ސެކްރެޓަރީ ރިޗަޑް ވަރްމާ އާ އެކު ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަޝްވަރާކުރައްވައިފި އެވެ.
މިވަގުތު ރާއްޖެއަށް ވަޑައިގެން އުޅުއްވާ، އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ފޮ މެނޭޖްމަންޓް އެންޑް ރިސޯސަސް ވަރްމާ އާ އެކު މިއަދު މެންދުރު ފޮރިން މިނިސްޓްރީގެ ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ވަރަށް ފުޅާކޮށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ޑިމޮކްރެޓިކް އުސޫލުތަކާއެކު ގާނޫނީ ވެރިކަން ދެމެހެއްޓުމާއި، އިގުތިސޯދީ ތަނަވަސްކަމާއި، ދިފާއީ އަދި ސަލާމަތީ ދާއިރާއިން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާގެ ޑެޕިޔުޓީ ސްޓޭޓް ސެކްރެޓަރީ ރިޗަޑް ވަރްމާ އާ މިއަދު ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
"ހާރިޖީ ވަޒީރު އާއި ޑެޕިއުޓީ ސެކްރެޓަރީ ވަރްމާ ވަނީ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ވިސާގެ ކަންކަން ހަރުދަނާކުރުމާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ،" މިނިސްޓްރީން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އާއި އެމެރިކާ އާ އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.
މި ސަރުކާރަށް މިވީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެމެރިކާ ސަރުކާރާއި ދިފާއީ ބާރުގެ އިސް ވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކުރައްވައިފަ އެވެ.
އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނަލްޑް ލޫ ވަނީ މިދިޔަ މަހު ރާއްޖެއަށް ވަޑައިގެންފަ އެވެ.
އޭނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އިތުރުން ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާފައިވާ އިރު، އޭރު ކުރެވުނު މަޝްވަރާތަކުގެ މާބޮޑު ތަފްސީލެއް ދިވެހި ސަރުކާރަކުން ނުދެ އެވެ.
އެކަމަކު، ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް ފޯ ޕީސް (ޔޫއެސްއައިޕީ) ގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އިންޑޯ-ޕެސިފިކް ގުޅުމާ ބެހޭ ޕެނަލް ޑިސްކަޝަނެއްގައި ލޫ ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އުޅަނދުތަކެއް ހަދިޔާ ކުރުމުގެ އިތުރުން އެމެރިކާގެ ފެޑެރަލް ސަރުކާރުގެ ދަށުން ހިންގާ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ރާއްޖޭގައި އިންވެސްޓު ކުރުމުގެ މަޝްވަރާތައް ދިވެހި ސަރުކާރާ އެކު ކުރަމުން އަންނަ ކަން ހާމަކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޫޓޫ
24 February 2024
ދިވެހިންގެ ތެރެއިން ވަކި ބަޔަކަށް ދެވޭ ތަނެއް ތީ. ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް މުއްސަނދިވެފައިވާ މީހުން މީގެތެރޭ ގިނަވާނީ
ވަތަގޮހޮރާ
23 February 2024
ބަންގާޅީންރާއްޖެއައިސްމަސައްކަތްކުރާގޮތައްދިވެހިންނަކައްއެއްވެސްގައުމެއްގާފުރުސަތެއްނެއްތަ؟އެކިގައުމުތަކައް50000މީހުންނައްވަޒީފާލިބޭކަހަލަރޭވުމެއްރާވާލަބަ ކައްކާއިންނާވޭޓަރުންނާއިމަސައްކަތުމީހުން
ހެޔޮނު ާނެ
23 February 2024
މޮޔަނު ވެބަލަ. އެމެރިކާއޭ ފަލަސްތީނު ދަރިން ނެތިކށްލުމަށް އިޒުރޭލަށް ހުއްދަދީގެން ހަތިޔާރާ ސިއްރުމައުލޫމާތު ދެނީ
އިސްމާލި
23 February 2024
"މި ސަރުކާރަށް މިވީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެމެރިކާ ސަރުކާރާއި ދިފާއީ ބާރުގެ އިސް ވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކުރައްވައިފަ އެވެ." ކިހާ ދެރަ ކަމެއް. މި ވާގޮތެއް ނޫސްވެރިޔާއަށް ހަމަ ނޭނގެނީތަ؟ އިންޑިއާ އާއި ދުރުވުމާއެކު އުފެދޭ ހުސްކަމުގައި ޗައިނާ ގެނުފޫޒު އިތުރވިޔަ ނުދިނުމަށް އެމެރިކާ ނި ދޭތެރެއަށް ވަންނަނީ ކަން ނޭނގެނި ތަ؟
އަމިއްލަހިޔާލު
23 February 2024
ބޮއިކޮޓު ޔޫ.އެސް.އޭ. ދިވެހިންނަށް ކެރޭނެބާ؟ ފަލަސްތީނުގެ ގަތުލުއާންމުގައި އިސްރާއީލުގެ އެންމެ ބޮޑު އެކުވެރިޔަކީ އަދި ހަތިޔާރު ވިއްކައިގެން ފައިދާ ކުރާ އެއް ފަރާތް އެމެރިކާ އަކީ.
ކޮސް
23 February 2024
އަކެއްކާ މިނިސްޓަރު ދެއްކުނު ވާހަކައަކާއި އެމެރިކާއިން ބުނި އެެއްޗެއް ސާފުވިތޯ މިޖެހުނީ ބަލާކަށްނު. މުޅިން އިދިކޮޅަށް ބުނި އެއްޗެއްވެސް މިނިސްޓަރަށް ވިސްނިދާނެ އެހެން ގޮތަކަށް.
ޖޭއްސު
23 February 2024
މިއީ އެމްޑީޕީ ސަރުކާރެއް ނޫން އަބަދު އޮޅިގެން އުޅޭކައް
މުހަންމަދު އަލީ ނާފިޒް
23 February 2024
ބަލަ ސައޫދީ، ފަލަސްތީން، އުރުދޫން، އިރާގް، ލީބިޔާ، މޮރޮކޯ، އީރާން، ސޮމާލިޔާ ފަދަ ދާއިމީ އަލިމަގު ފެނި، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިފައިވާ މެދުއިރުމަތީގެ ގައުމު ކޮޅައް ވިސާ ނުނަގާ، އަދި ދިވެހިންނައް ބޭނުންހާ ދުވަހަކު ދިރިއުޅެވޭނެ ގޮތެއް ވޭތޯ ބަލާބަލަ! މި ދުނިޔޭގައި މަގުގެއްލެނި ކުރައްވާފައިވާ ގައުމު ތަކައްތަ ދިވެހިން އެންމެ ދާންބޭނުން މިހާރު މިވަނީ؟
ހަމަދު
23 February 2024
ދިވެހިން ދާން ބޭނުން ނުވުޔިސް ލުއިކޮއް ދެވޭނެ ގޮތެއް އޮތަކަސް އެއީ މައްސަލައެއް ނޫން. މިހާރު އެމްޑީޕީން އަބަދު ކިޔަކީ ހުރިހާ ގައުމަކާ ގުޅުން ބާއްވަން ޖެހޭނޭ
ލާރި
23 February 2024
ލާރިދީފަ އައްނަން ބުނޔަސް ނުދާނަން!!
ކިހިނެއްދޭނީ
23 February 2024
އެއްވެސް މީހަކައް މަޖުބޫރު ކަމެއް ނެތް ހަމަ ނުދާންވީ
އަބްޑޫޅް +
23 February 2024
އެމެރިކާ މީހުން، ދިވެހީންނަށް އިންޑިޔާ ވިސާ ފަސޭހަކޮށްދޭން އުޅުން ހުއްޓާލީ ދޯ؟ އެމެރިކާއަށް އަދިކިރިޔާ މި އެގުނީ، ދިވެހީން އިންޑިޔާ އަށް އިހުތިރާމު ނުކުރާކަން. ދިވެހިރާއްޖެ ޗައިނާ އާ ދުރުކުރަން ބޭނުމިއްޔާ، ބުއްދިވެރި ގޮތަކީ އެމެރިކާއިން ރާއްޖެއާ ގުޅުން ބަދަހި ކުރުން. އަދި ރާއްޖެ އާ ޔޫރަޕާ އޮޝްޓޭލިޔާއާއިވެސް ގުޅުން ބަދަހިކޮށް ދިނުން.
ފަލަސްތިން ކުދިން ކަށި ހަފާ ކަނީ އެޔޮތް؟
23 February 2024
ދީނަށްޓަކާ ގައުމަށްޓަކާ ކިހިނެއްތޯ ތިހަދަނީ؟
ދޯދިޔާ
23 February 2024
ދީނައްޓަކައި ގައުމައްޓަކައި ބަޔަކާ ގުޅުން އޮތުމަކީ މައްސަލައެއްތޯ