ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
26 ފެބުރުއަރީ 2024 - 11:55
މިދިޔަ މަހު ބޭނުންކުރަން ފެށި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އިތުރަށް ދިގު ކުރަން ޖެހޭ ކަމަށާއި މި މަޝްރޫއަށް ލޯނު ހަމަޖައްސައިދިން ފަރާތާ މަޝްވަރާކޮށްގެން އެކަން ކުރެވޭތޯ ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ރާއްޖޭގެ އުތުރަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ މި ރަށު އެއާޕޯޓް ތަރައްގީކުރަން ކުރީގެ ސަރުކާރުން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައި އޮތް ނަމަވެސް، އެއީ އަސްލު އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ހިންގާ މަޝްރޫއެއް ކަމަށެވެ. އަދި މި އެއާޕޯޓް ތަރައްގީކުރަނީ އެ އަގާ އަޅާބަލާއިރު، މަޝްރޫއު ހިންގަން ޖެހޭ ސްކޭލަށް ވުރެ މާ ކުޑަކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ހަނިމާދޫ އެއާޕޯޓު ފީސަބަލް ކުރުމަށް ނުވަތަ ފައިދާއެއް ހޯދަން 8،000 އެނދު ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ 2.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އުތުރުގައި ކުރިއަށް ގެންގޮސްގެން ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، 2.4 ކިލޯމީޓަރުގެ ރަންވޭއަކުން، 8،000 ޓޫރިސްޓް އެނދާއި އެހެނިހެން ސިނާއީ މަސައްކަތްތަކާއި ވިޔަފާރިތައް މި ސަރަހައްދަށް ގެންނަން ދަތިވާނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
އެއަށް ވުރެ ދިގު ރަންވޭއެއް ހަދައި، މި އެއާޕޯޓުގެ ކެޕޭސިޓީ ވެސް އަދި އިތުރަށް ބޮޑުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ މިކަމުގައި މި ލޯނު ހަމަޖެއްސި ފަރާތާ ވާހަކަދައްކައިގެން މިކަމަށް އެދެވޭ ހައްލެއް ގެނެވޭތޯ މަސައްކަތްކުރަން. މާނަ އަކީ ރަންވޭ ދިގުކޮށް އަދި އިތުރު 700 މީޓަރު އިތުރު ކުރެވޭތޯ މަސައްކަތް ކުރުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދޫއަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި-- ފޮޓޯ: ރައީސް އޮފީސް
ހަނިމާދޫ އެއާޕޯޓުގައި ހަދަމުން އަންނަ އާ ރަންވޭގެ އެއް ބައި ނިންމައި ބޭނުންކުރަން ފެށީ މިދިޔަ މަހު އެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން މިހާރު ހަދަމުން އަންނަނީ 2،460 މީޓަރުގެ ރަންވޭއެކެވެ. އެ ރަންވޭ އިން މިހާރު ނިމިފައިވަނީ 1،200 މީޓަރެވެ.
މި އެއާޕޯޓް ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ލޯނު ހަމަޖައްސައިދީފަ އެވެ. އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ގޮތަށް ހަދަމުން އަންނަ މި އެއާޕޯޓުގެ ރަންވޭގެ އެއްކޮށް ނިމުމުން، އޭ320 އަދި ބޮއިން737 ބޯޓުތައް ވެސް ޖެއްސޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުނޭނާ މުހައްމަދު
27 February 2024
އަޅުގަނޑުމެންގެ ރަށަށް ތިދޭ އަހައްމިއްޔަތުކަމަށް ވަރަށް ޝުކުރުވެރިވަން.
ސޫދާ މުހައްމަދު
27 February 2024
މިވަރުގެ އޯގާތެރި ވެރިޔެއް ހަމަ ނެތް. އުފާވޭ ނިކަން
ދިހާމް މުހައްމަދު
27 February 2024
ގައުމުގެ ތަރައްގީގެ ބާނީ މިއީ.
ހޫރައިން
27 February 2024
އެއާރޕޯޓް ބޮޑުބޭބެ.. ދާހާ ކޮންމެ ރަށެއްގައި އެއާރޕޯޓް. އަޅެ މިދިވެހިންވެސް ހަމަ ގަމާރީއޭ.. މީހަކު ހަމަ އެއްޗެކޭ ކިޔާއިރަށް ބައްތިރީސް ދަތްކޮޅު އަތަށްލައިގެން އަތްތިލަބަޑި ބާރަށްޖަހާތި.
ކިންޑި
26 February 2024
ދިގުކުރަމުން ކުރަމުން މާލެއާހަމައައް ގެނެސްބަލަ.
އަފްރާސިޔާބު
26 February 2024
ރަންވޭ ދިގުކޮށް ފުޅާވެސް ކުރެވޭނެ. އެއީކީ މައްސަލައެއް ނޫން ފައިސާ ހުރިއްޔާ. ދޯސްތީ ވީތަ!
ސުންސުރެ
26 February 2024
ކަލޯގަޔާ، ފަށާފަހުރި ޕްރޮޖެކްޓްތަކުގެ ތެރެއަށް އަތްބޭނީމަދޯ ލާރިކޮޅެއް ޖީބަށް ޖަހާލެވޭނީ. ބޯހަލާކު.
ރަނގަޅުކޮށްލަބަލަ
26 February 2024
ވަރަށް ބަރާބަރު ނިންމުމެއް. މިންތަކާޚިލާފަށް މިހާރު ހަދަމުން އެދަނީ. ރަށުގެ ރައްޔިތުންވެސް އެވާހަކަ ދެއްކި. އަދި ބައިނަލްއަގުވާމީ މާހިރުންވެސް ވއެކަން ފާހަގަ ކުރި
ހާދަ
26 February 2024
މިކަހަލަ ކަންކަމުންވެސް އެގެނީ ދިވެހިން ސިނކުޑި ތަރައްޤީ ނުވާކަން، ބޮލެއް ހުއްޓަކަސް ރޮލެއް ނުފިލާ
ބްރޯޒް
26 February 2024
މީ ދެން ހާދަ އޮއްޓަރެއް ނެތް ވާހަކަ ދައްކާ ރައީސެކޭދޯ؟ ބަލަ ތި ސަރަހައްދުގައި 8000 އެނދު އަޅަން ކިހާ ދުވަހެއް ނަގާނެތޯ؟ ރިސޯޓެއްގައި އާންމުކޮށް މިހުންނަނީ 100-200 ދެމެދު އެނދު. ގެސްޓު ހައުސެއްގައި ގިނަވެގެން 30. މިދައްކަނީ 30-40 ރިސޯޓާއި 100 އަށް ވުރެ ގިނަ ގެސްޓު ހައުސްގެ ވާހަކަ. މިއަދު ނުޖެހޭ ތި ހުރިހާ އިންވެސްޓްމަންޓެއް އިންފްރާސްޓަރަކްޗަރަކަށް ކުރާކަށް. ބޮޑު އެއަޕޯޓެއް އޮވެގެން އެނދު އިތުރުވާނަމަ އައްޑޫގައި 6000 އެނދު އޮތީސް.