ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް: ރައީސް ވިދާޅުވީ އެންމެ ލަސްވެގެން ނޮވެމްބަރު މަހު އެއާޕޯޓް ހުޅުވުމަކީ އަމާޒެއް ކަމަށް.
25 އޯގަސްޓް 2025 - 08:32
އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އިތުރަށް ތަރައްގީކުރަމުން އަންނަ އަންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެންމެ ލަސްވެގެން، އަންނަ ނޮވެމްބަރަށް ނިންމުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެއާޕޯޓުގެ މަސައްކަތްތައް ނިމި، އިންޓަނޭޝަނަލް ދަތުރުތަކަށް އެއާޕޯޓް ފުރިހަމައަށް ތައްޔާރު ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވަހަކަފުޅު ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ އެއާޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓައި، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އެއާޕޯޓުން ޑޮލަރު ގަނެވޭނޭ އިންތިޒާމު ހަމަޖައްސަން ވެސް ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން ރަށު ތެރޭގައި ޑޮލަރު އޭޓީއެމެއް ބެހެއްޓުމާއި ބީއެމްއެލް އާއި އެމްއައިބީގެ ރުފިޔާ އޭޓީއެމް ބެހެއްޓުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫ އެވެ. މިދިޔަ ޖުލައި މަހު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި އޭރު އެއާޕޯޓުގެ 88.7 ޕަސެންޓް ވަނީ ނިމިފަ އެވެ. އަދި ސެޕްޓެމްބަރު މަހު މަސައްކަތް އެއްކޮށް ނިންމޭނެ ކަމަށް ވިދާޅުވި އެވެ.
ކަލްޕަތަރު ޕްރޮޖެކްޓްސް އަށް މިހާރު ނަން ބަދަލުކޮށްފައިވާ އިންޑިއާގެ ކުރީގެ ޖީއެމްސީ ކުންފުންޏާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު 2022 ގަ އެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
އެ އެއާޕޯޓު ތަރައްގީކުރަނީ އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު.
25 August 2025
އައްޑޫ ހުޅުމީދޫ ބުރިޖްގެ މަސައްކަތް ވެސް ބާރު މިނުގައި ކުރިއަށް އެބަދޭ. ރައީސް އައްޑުއަށް ވަޑައިގަންނަވަން ކައިރި ވީމާ ކަނޑު އަޑިން ބުރިޖް މައްޗަށް ނެގުމުގެ މަސައްކަތް ފައްޓާނެ ކަމަށް އިޖިޕްޓް ގެ ޕިރަމިޑް އިމާރާތް ކުރި ކުންފުނިން ބުނޭ.
ޜިސްޗާ
25 August 2025
އެއްކަލަ އެމްޑިޕީ އިބޫ ހުޅުލެ އެއާޕޯޓު ތިމަންނާއޭ ހެދީ ކިޔާ ކުރެޑިޓު ނަގަން އުޅުނު ގޮތައް މުއިއްޒު އެބަގެން އުޅޭ މިތަނާ ތިލަމާލެ ބުރިޖު ކުރެޑިޓު ނަގާން
އޮނަރަބްލް އަފީފު ދީދީ
25 August 2025
އެހެން އެއްވެސްރަށެއްގައި އަސާސީޙިދުމަތް ޤާއިމް ކޮންނުދީ އިޤްތިސޯދީ މާލީ އެއްވެސްކަމަކަށް ފުރުސަތު ފަހިކޮށްނުދިނުމުގެ އިތުރުން ހަނިމާދޫ އާއި އައްޑޫ GAN International Airport ގެ ތަރައްޤީ ހިފަހައްޓައި އެތަންތަނުގައި "މަރުތަޅު" އަޅުވާފައި، ތުރާކުނުން އައްޑުއަށްހިމެނޭ ރަށްތަކުގެ ރައްޔިތުނަށް މަޖުބޫރީހާލަތް މެދުވެރިކޮށް "ކުލީއަޅުންގެ ގޮތުގައި" އެމީހުން ކ.އަތޮޅުމާލެއަށް މަޖާކޮށް އާއިލާތައް ވިއްސިވިހާލިކޮށް އާބާދީގެ ކުރިއެރުން މުޅިން ހުއްޓުވައިފި.
އޮނަރަބްލް އަފީފު ދީދީ
25 August 2025
އަކަކިލޯ މީޓަރ ހަމަނުވާ މެދުރާއްޖެތެރޭގައި އޮތް ކ.އަތޮޅު މާލެއަށް، ތުރާކުނުން އައްޑުއަށްހިމެނޭ ރަށްރަށުގެ ރައްޔިތުން ޖަމާކުރުމުގެސަބަބުން ދުނިޔޭގެ އެންމެއަގުބޮޑު ފަތުރުވެރި މަލްޒިލްތަކުގެ ތެރޭގައިހިމެނޭ ރާއްޖޭގެވެރިރަށް މިހާރު ދުނިޔޭގެ މީޑިޔާ ތަކުގައި ސިފަކުރަމުންދަނީ އިންސާނުން ދިރިއުޅެންކަމުނުދާ، ސައުތު އޭޝިޔާގެ އެންމެ މުޑުދާރު ސްލަމްގެ ގޮތުގައި. އަދި ދާދިފަހުން އަލް ޖަޒީރާގެ ޕްރޮޤްރާމެއް ގައި Chemical City ގެ ގޮތުގައި ކ.މާލެ ސިފަކޮށްފައި ވޭ.
އޮނަރަބްލް އަފީފު ދީދީ
25 August 2025
ދަތިކުރުމުގެ 60 އަހަރުގެ މާޒީއަކަށް ފަހުގައި "މާލޭސަރުކާރަށް ގޮތް ހުސްވެގެން" އަދި ކ.އަތޮޅު ކަނޑު ފަޅު އެއްކޮށް ހިއްކި ކަމުގައި ވިޔަސް އެރަށު މީހުން ބޭނުންވާ ވަރަށް ބިމާއި ފުލެޓް ނެހެދޭނެކަން ޔަޤީން ވުމުން ސަރުކާރު ހިންގާންތިބި މީހުން ވަނީ ހަނިމާދޫ އަދި އައްޑޫ ގޭން އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެމީހުން އަޅުވައިގެން އުޅޭ "މަރުތަޅު ނައްޓާލާނެ ކަމުގެ އިޝާރާތް" ކުރަމުން. މިއީވެސް އެކަމަށްޓަކާ ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާފައިވާ ކަމެއް.
އޮނަރަބްލް އަފީފު ދީދީ
25 August 2025
ކ.އަތޮޅު މާލެގައި އޮތްފަދަ އަގުބޮޑު "ޖަވާހިރު އެއަރޕޯޓެއް" ނުވަތަ ހަނިމާދޫ އެއަރޕޯޓް ފަދަ ރީތި ޓާމިނަލެއް ނެހެދިކަމަށް ވިޔަސް އައްޑޫ ރައްޔިތުން ބޭނުންވަނީ ބީޗް ކޮޓަރިއާއި، އިންފްލައިޓް ކޭޓަރިންގ އަދި ޑިޕާޗަރ ޓާމިނަލްގައި ބިޒިނެސް ލައުންޖް ހިދުމަތް ވެސް ދެވޭފަދަ ގޮތަކަށް GAN International Airport ގައި 1000 ކޮޓަރީގެ ⭐️ ⭐️ ⭐️ ⭐️ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށް މިހާރު އޮތް ފެންވަރުގައި ވެސް ގޭން އެއަރޕޯޓް އޮޕަރޭޝަނަށް ގެނެސް ދެއްވުން.
އޮނަރަބްލް އަފީފު ދީދީ
25 August 2025
އައްޑޫމީހުންގެ ވޯޓަށް ރައީސް ވައުދުވި ހުޅުމީދޫ ހިތަދޫ ގުޅާލާ ބްރިޖް ލަސްވިޔަސް، އިބްރާހިމް ސަރުކާރުން ޗައިނާ އެގްޒިމް ބޭންކުން ހޯދި 128 މިލިޔަން ޑޮލަރަށް ތަރައްޤީކުރަން ޗައިނާ ޕާޓީއަކާއި ޙަވާލުކޮށްފައިވާ "އައްޑޫ ހަންކޮޅުގެ މަސައްކަތް" ފަށައިނުގަނެވި އޮތްކަމަށްވިޔަސް، އަމުދުން ޝަންގުރިލާޒް ބަންދުކޮށް އެމްޑީޕީސަރުކާރުން އައްޑޫ ހިތަދޫއަވަށުގައި ޓްއަރިޒަމަށް ހަދާފައިވާ Addu Long Beach މަސައްކަތައް ނުފެއްޓިޔަސް މިވަގުތަށް މުހިންމުވަނީ އެއަރޕޯޓް ހޮޓާ.
އޮނަރަބްލް އަފީފު ދީދީ
25 August 2025
ޙަޤީގަތުގައި "އެނދު ހަމަކުރުމުގެނަމުގައި" އައްޑޫގައިއޮތް މަދުއަދަދެއްގެ ފަޅުރަށްތަކާއި، އެމްޑީޕީ ސަރުކާރުން ފަޅުތެރޭގައި ހެދި ފަސްފުނިތަކާއި، ރާއްޖޭގެ އެހެން އެއްވެސްރަށެއްގައި އެފަދަ ރީތި ދިގު ދޮންވެލި ގޮނޑު ދޮށެއްނެތް Addu Long Beach ބޭރުގެ ކުންފުނިތަކަށް ނުވަތަ ރާއްޖޭގައި މިހާރުވެސް ރިސޯޓްހިންގާ ސައުދާޤަރުންނަށް "ނުއަގުގައި ދޫކޮށްލުމުގެ ބަދަލުގައި" މާލޭސަރުކާރުން ވިސްނަންވީ ގޭން އެއަރޕޯޓްގައި 4 ތަރީގެ ހޮޓަލަކާއިއެކު ޓްއަރިޒްމް ފަށައި ގަތުމަށް.
އޮނަރަބްލް އަފީފު ދީދީ
25 August 2025
ކ.އަތޮޅު މާލެ އަދި ހަނިމާދު އާއި ޙިލާފަށް އައްޑުއަކީ ރާއްޖޭގެ އެންމެ ބިން ބޮޑު އަދި ދެވަނައަށް އެންމެބޮޑު އާބާދީ. އައްޑުއަކީ ރާއްޖޭގެނިސްބަތުންވެސް ތައުލީމީ މީހުނާއި މުއްސަނދިން އެންމެގިނަ ސިޓީ. ފަތުރުވެރިކަމުގެ ސިނާއަތަށްބޭނުންވާ ޕްރޮފެޝަނަލް، ސެމީ ޕްރޮފެޝަނަލް އަދި ލޭބަރުންވެސް ދަތިކަމެއްނެތި މިތަނުންލިބޭނެ. އެހެންކަމުން ގޭން އެއަރޕޯޓް ގައި Airport Transit Hotel ތަރައްޤީ ކޮށް ހިންގަން ފެއްޓުމާއިއެކުގައި އައްޑޫމީހުން ވަގުތުން އެނދު އިތުރުކުރާނެ.
އޮނަރަބްލް އަފީފު ދީދީ
25 August 2025
އަހަރުމެންގެ އުއްމީދަކީ ރައީސް އައްޑުއަށް ވަޑައިގަންނަވާ ދަތުރުފުޅުގައި Gan International Airport ގައި އިންފްލައިޓް ކޭޓަރިންސާވިސް އާއި ޑިޕާޗަރ ބިޒިނެސްލައުންޖް ހިދުމަތްވެސް ލިބޭގޮތަށް، ބީޗްކޮޓަރިވެސް ހިމެނޭ 1000 ކޮޓަރީގެ ⭐️ ⭐️ ⭐️ ⭐️ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް އިއުލާންކޮށް މިއަހަރު ތެރޭގައި ބަޔަކާއި ޙަވާލުކޮށް 2028 ގެ ކުރިން ހޮޓާ އޮޕަރޭޝަނަށް ގެނެސް އައްޑޫ އެއަރޕޯޓްގައިވެސް އަޅުވާފައިވާ "މަރުތަޅު" ނައްޓާލަ ދިނުން.