އިމުގެ މައްސަލާގައި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މައްސަލަ އުފެދިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓެއް.
26 ފެބުރުއަރީ 2024 - 15:14
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބިގެންވާ ކަމަށް ބަލައި، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލަ އިޓްލޮސް އިން ނިންމި ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހަމަޖެހޭ ނިންމުމެއް ނޫން ކަމަށާއި އެ ނިންމުމަށް އަމަލު ކުރެވޭނެ ކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމަށް އިން ވަކި ކުރުމުން ގެއްލުނު ސަރަހައްދު ހޯދަން ދިވެހި ސަރުކާރުން ހަވާލުކުރި ބޭރުގެ ދެ އެކްސްޕާޓުން ބުނެފި އެވެ.
ކަނޑުތަކާބެހޭ ޓްރައިބިއުނަލަށް މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި އެ ޓްރައިބިއުނަލުން މިދިޔަ އަހަރު ވަނީ ރާއްޖެ އަށް ބޮޑު ސަރަހައްދެއް ލިބޭ ގޮތަށް މައްސަލަ ނިންމައިފަ އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ މައްސަލާގައި އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އެ ބައި އަނބުރާ ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެހެންވެ، އެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
އެ މައްސަލައިގައި އަމަލުކުރާނެ ގޮތެއް ނިންމުމަށް އެކުލަވާލި ވިލަރެސް ކޮމިޓީން ވަނީ ބޭރުގެ ދެ ތަޖުރިބާކާރެއްގެ ލަފާ ހޯދައިފަ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިނގިރޭސި ވިލާތުގެ ކިންގްސް ކައުންސެލްއަކާއި ލޯ އޮފް ދަ ސީއާ ބެހޭ މޯލްޓާގެ ކަމާ ބެހޭ ތަޖުރިބާކާރުގެ އެ ލަފަޔާ ގުޅިގެން ވިލަރެސް ކޮމިޓީން އެކުލަވާލި ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އޭޖީ އޮފީހުގެ ބަޔާނުގައި ބުނީ އެ ލަފަޔާއި ރިޕޯޓާއި ލިޔެކިޔުންތަކުން ފާހަގަކުރެވޭ އެންމެ މުހިންމު ކަމަކީ މޮރިޝަސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅިކަމުގެ ނޯޓިސް ދިވެހި ސަރުކާރަށް ލިބުމާ އެކު، މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި ކުރީގެ ސަރުކާރުން ސަރުކާރުން އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކަން ކަމަށެވެ.
އެ މައްސަލަ އިޓްލޮސްގައި ކުރިޔަށް ގެންދިޔައިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ނެގެން ހުރި ގިނަ ދިފާއުތަކެއް އެ މައްސަލައިގެ ތެރެއިން ނަގާފައި ނުވާ ކަމަށާއި އެކަންކަމުގެ ސަބަބުން އިގްތިސާދީ ހާއްސަ ސަރަހައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
މި މައްސަލައިގައި ގޮތެއް ކަނޑައެޅިއިރު ރިއާޔަތްކުރި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އެ އަށް އަމަލުކުރުން ލާޒިމުވާ ނިންމުމެއްކަމުގައި ނުވެފައި، މިހާރު ވެސް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއްކަމުގައި ނުވާތީ، މައްސަލައިގައި ނެގިދާނެ ކަންކަން ހުރި ކަމަށް އޭޖީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގައި ގޮތެއް ކަނޑައެޅިއިރު، ރިއާޔަތްކުރި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އެ އަށް އަމަލުކުރުން ލާޒިމުވާ ނިންމުމެއްކަމުގައި ނުވެފައި، މިހާރު ވެސް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމުގައި ނުވާތީ، އިޓްލޮސްގެ ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ މަތިން ބަލާއިރު، ހަމަޖެހޭ ނިންމުމެއް ނޫން ކަަމަށް އެކްސްޕާޓުންގެ ލަފާގައި ވަނީ ފާހަގަކޮށްފަ އެވެ.
"އެއީ އިޓްލޮސްއަށް ގާނޫނީ ގޮތުން ނިންމޭނެ ނިންމުމެއް ކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދޭތީ އާއި މި ސަބަބުތައް މިހެން ހުރުމުން އެ ނިންމުން އެ އޮތް ގޮތަށް ތަންފީޒު ކުރުމުގައި ހުރަސްތަކެއް ހުރިކަމަށް ޚަބީރުން ވަނީ ލަފާދެއްވާފައި،" އޭޖީ އޮފީހުގެ ބަޔާނުގައި ވެ އެވެ.
އެ އަސާސްތަކަށް ބިނާކޮށް ކަމާބެހޭ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށްޓަކައި އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.
އޭޖީ އޮފީހުން ބުނިގޮތުގައި، މި މައްސަލަ ކުރިޔަށް ގެންދިއުމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަންޖެހޭ ކަންކަން، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކު ވަޒީރުންގެ މަޖިލީހަށް ހުށަހަޅާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަ
27 February 2024
ދުލަކީ ކަށިނެތްމަސްކޮޅެއް އެބޭނުން ގޮތަކައް ތެޅުވިދާނެ! ފާޑުފާޑުގެ ބަޔާންތައް ރީތިވާހަކަތައްލިޔެފަ ނެރެވިދާނެ !
ފައްސާން ވަލީދު
27 February 2024
މިހެންވެ އެދުވަހުވެސް އަހަރުމެން އިބޫ ނިންމުން ބަލައި ނުގަނެ އޭނަގެ ވެރިކަން ބަދަލްކުރީ.
މާދިހު މުހައްމަދު
27 February 2024
އިބޫ ސަރުކާރުން ގައުމުގެ ކަނޑު ވިއްކާލިކަން މި ހާމަވަނީ.
ހަންނާން މުހައްމަދު
27 February 2024
މިހެންވެ އަހަރުމެން ބުނަނީ އިބޫ އަކީ ގއދރކކކ.
ފެންނަގޮތް
27 February 2024
މިހާރު މަސް ބޭނެނީ އަތޮޅުން ބޭރު މާކަނޑުން ކަމަށް ވާއިރު، ދެކުނުން 45،000 އަކަ ކިލޯމީޓަރު ގެއްލުވާލާ، އައްޑޫ ދެކުނުން ރޮނގެއް ދަމާލުމަކީ ދިވެހިރާއްޖެއަށްވި ވަރަށް ބޮޑު ހިޔާނާތެއް. ސަރުކާރާ ސްޕަ މެޖޯރިޓީ އޮވެގެން މުޅި ގައުމު ހަލާކުކޮށްލައިފި.. މި ސަރަހައްދު އަނބުރާ ހޯދޭނީ މި މީހުންގެ އަމިއްލަ ނުފޫޒުން މަޖިލިސް މިނިވަންކޮށްގެން.. ފާއިތުވި 5 އަހަރުދުވަހު ކަން ހިނގާފައިވާ ގޮތާއިމެދު ވިސްނާ، މިހާރު ވަނުންދާ ގޮތް ބަލައި ގައުމާއިމެދު ވިސްނާ..
ބޮގޭ
27 February 2024
ސަޅި ބަޔާނެއް. އެބައި ނުހޯދޭނެހެން ހީވީމާ އެކަން ނުވީ ކުރީ ސަރުކާރުން ހަދާފައި އޮތް ގޮތުންނޭ އަހަރެމެން ކުރާނީ ކީއްހޭ؟؟ ވަރަށް ފުރިހަމަ. ވެރިކަމަށް މުޅިން ވެސް މި ފެންނަނީ ކުރީ ސަރުކާރު ކުރީ ސަރުކާރު ގޮވާތަން. ބިލިޔަނުން ޓީ ބިލް ވިއްކައިގެން ޑެޕިއުޓީ މިނިސްޓަރުކަން ދޭތަން. ބަލަ ވެރިކަމަށް އަންނަނީ ކުރީ ސަރުކާރު ނަގާ ދަރަނި ދައްކައި، ހޭވި ހަޑިތައް ރަނގަޅުކުރާށޭ. ދެއިރު ކާ ބޭހެން ހެން ކުރީ ސަރުކާރޭ ނުކިޔައި ކަމެއް ކުރެވޭތޯ އުޅެބަލަ!
ބޮޑުރިޔާ
27 February 2024
މިއީ ބަޔަކުމީހުން ރާއްޖެ ލޫޓްވާލަން ޖަހާ ސަކަރާތެއް މިކަން ރާއްޖެއަކަށް ކާމިޔާބުވާނެހެބެއް ހިޔެއްނުވޭ އެއީ އދ އިން ޗާގޯސް އަކީ މޮރިސަސްގެ ސިޔާދަތީ ބާރު ހިނގާތަނެއްކަމަށް ނިންމާފައިވާތީ އަދި އޭގެ ފަހުން މިކަނޑުގެ މައްސަލައިގާއި ކޯޓަށްވެސް ދިޔައި އިނގެރޭސިން އެއީ އިނގެރޭސިންގެ ތަނެއްކަމަށް ދެކުނަސް އެއީ މިހާރު މަރިސަސްގެ ތަނެއް ފަލަސްތީނަކީ އިސްރާއީލްގެ ތަނަކަށް ނުވާ ފަދައިން ޗާގޯސްއަކީ އިގެރޭސިންގެ ތަނެއްނޫން އެއީ ފޭރިގަނެވިފައިވާ ތަނެއް
1206
27 February 2024
އެފަދައިން އދ އިން ނިންމިޔަސް ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ހައްގު އޮތް ތަނެއް ނޫން. ފަރަންސޭސީން އިންޑިޔާ ކަނޑުގައިި 1800 އަހަރުތަކުގައި ފޭރިގަތް ބިންތަކުން ބިމެއް ޗާގޯސްގެ ރަށްތަކަކީ. 1800 ގެ ކުރިން މޮރިޝަސްއާއި ބެހުމެއް ވެސް ވާ ތަނެއް ނޫން. އެހެން އެކަން އޮވެ ފަރަންސޭސީން މޮރިޝަސް ހިފައިގެން ތިބި ޒަމާނުގައި މޮރިޝަސްގެ ބަޔެއް ކަމުގައި ގާޗޯސް ހަދައި އެނެކްސް ކުރީ. މި ބާޠިލު މިހެން އޮވެ، އޭގެ ފަހުން މޮރިޝަސް ކޮލޮނައިޒް ކުރީ އިނގިރޭސީން.
އަހްމަދ
27 February 2024
އިސްތުނާފު ކުރަން އުޅުން މީހުން އެކަން ކޮށްގެން ބޭޒާރުވުން ނޫންކަމެއް ނުވާނެކަން އެނގޭތީ މިހާރު މިގޯސްވީ އެންމެ ފަހުން ކޯޓު. ލޮލް. ހަފްތާ 14 ވައުދޭ ކިޔާފަވެސް ހަދަނީ ހުސް ދޮގު.
ލޮންސި
27 February 2024
ޖަރީމާ އަކީ އިންޑިއާގެ ޖަރީމާއެއް. އިބުރާހީމްބެ ގެ ސަރުކާރުން އެކަމުގައި ބައިވެރިވެ މަގުކޮށާދިނީ. މިގައުމަށް ދިން ގެއްލުމެއް. ގައުމަށްވި ހިޔާނާތެއް.
އަލީރާޖާ
26 February 2024
އަދިވެސް ބަޔަކު މޮޔަހައްދަން ފެށި މަސައްކަތައް ހަމަ ޚަރަދު ކުރަމުން ދަނީ! މިއީ ދެން ކިހާ ބޮޑު ވެއްޖެ ކަމެއްތަ އަޅެ؟ އެއްވެސް އިރަކު އެއްވެސް ތަނަކު ރާއްޖެއަށް ދީފަ ނެތް އެއްޗެއް ގެއްލިގެންނޭ ކިޔައިގެން ތި ކުޅޭ ކުޅިވަރު ހުއްޓާލަ ބަލަ. އިޓްލޮސްގެ ނިންމުމަކީ އިސްތިއުނާފުކުރަން ދާނެ ކޯޓެއް ހުންނަ ތަނެއް ނޫން. ދެ ގައުމެއްގެ ކަނޑުގެ ސަރަހައްދު ފުށުއެރީމާ އެކަން ނިންމަންވީ ގޮތަށް އެއޮތީ ނިންމާ ރާއްޖެއަށް ބޮޑުބައި ދީފަ!
ބާބޯ
27 February 2024
މީގެ ކުރިން ރާއްޖެއައް ބޮޑުބައި ލިބިފަ އޮއްވަ ކުޑަބައެއް ފަހުން ލިބުނީމަ ވޭތޯ ބޮޑު ބަޔައް
ހުސްބޯ
27 February 2024
ކަލެއަށް ކާކު ކޮންއިރަކު ދީފައިއޮތް ތަނެއް.