28 ފެބުރުއަރީ 2024 - 09:53
ބޯޑޯ (ފެބްރުއަރީ 28) – މިދިޔަ ހޮނިހިރު ދުވަހު ބޯޑޯ ކުޅުނު މެޗުގައި ބޮލަށް އަނިޔާވި، ފޯވާޑް އަލްބާތު އެލިސް އޮތީ އަދިވެސް ކޯމާގައި ކަމަށް އެ ކްލަބުން ބުނެފި އެވެ.
މިހާރު ފްރާންސްގެ ދެވަނަ ޑިވިޝަނުގެ ލީގުގައި ކުޅެމުން އަންނަ ބޯޑޯ، ހޮނިހިރު ދުވަހު ގޭންގަމްޕާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު ވަގުތު އެލިސްގެ ބޮލަށް އަނިޔާވީ ނެގި ހުރަހެއް ބޮލުން ޖަހަން އުޅުމުގެ ތެރޭގައި އޭނާގެ ބޯ ގޮސް ޑިފެންޑަރު ޑޮނަޓިއެން ގޯމިސްގެ ބޮލުގައި ޖެހިގެންނެވެ.
އުމުރުން 28 އަހަރުގެ އެލިސް ހޭނެތިގެން ވެއްޓުނީ އެވެ. ގޯމިސް އަށް ވެ
ސް އަނިޔާ ވި އެވެ. ދަނޑުމަތީގައި ފަރުވާ ދީގެން އޭނާ ރަނގަޅު ވި އެވެ، އެލިސް ހޮސްޕިޓަލަށް ގެންދިޔައީ ދަނޑުމަތީގައި އަށެއްކަ މިނެޓް ފަރުވާ ދިނުމަށް ފަހު އެވެ.
"އަލްބާތު އެލިސްގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ކޯމާއެއްގައި ވަނީ ބާއްވާފަ،" ހޮންޑޫރަސްގެ ކުޅުންތެރިޔާގެ ހާލަތު ކިޔައިދެމުން ބޯޑޯއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
" ކުރިއަށް އޮތް ދުވަސްތަކުގައި ހޮސްޕިޓަލުގައި އޭނާގެ ސިއްހީ ހާލަތު ދާ ގޮތް އަހަރެމެން ބަލާނަން. މިވަގުތު އަލްބާތުގެ ހާލަތާ ބެހޭގޮތުން އެއްޗެއް ބުނާކަށް އަހަރެމެންނަކަށް ނޭނގެ."
އެ ކްލަބުން ބުނީ އެލިސްއަށް ދިމާވި ގޮތުން ޓީމުގެ އެހެން ކުޅުންތެރިންނަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ. އެހެންވެ ކުޅުންތެރިނަށް ނަފުސާނީ އެހީތެރިކަން ދޭން ޔުނިޓެއް ގާއިމުކޮށްފައިވާ ކަމަށް ވެސް އެ ކްލަބުން ބުންޏެވެ.
ކިލިޔަން އެމްބާޕޭ އާއި ފްރާންސްގައި ކުޅެމުންދާ މަޝްހޫރު ބައެއް އެހެން ތަރިން ވެސް ވަނީ އެލިސް އަށް ހެޔޮ އެދުންތައް ރައްދުކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފަ އެވެ.
ސެލްޓިކަށް ކުޅޭ ހޮންޑޫރަސްގެ ފޯވާޑް ލުއިސް ޕަލްމާ، ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު، ޖޯޒީގެ ދަށުން ދަށުން ލައިގެން ހުރި ޓީޝާޓްގައި އެލިސްއަށް ހެޔޮ އެދުންތައް ރައްދުކޮށް ލިޔެއްފައިވާ މެސެޖް ދައްކާލާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy