ކަޅުއޮށްފުންމީގެ ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަޑައިން ހެދުނު ކާނި ގަހުގައި ބަޔަކު ރޯކޮށްލައިފައި.-- ފޮޓޯ: ބާރަށު ކައުންސިލް
28 ފެބުރުއަރީ 2024 - 11:21
ކަޅުއޮށްފުންމީގެ ރިޔާ ފެހުމަށް ބޮޑުތަކުރުފާނު ހއ. ބާރަށުގައި ޖެއްސެވި ކަޑައިން ހެދުނު ކަމަށް ބުނާ ކާނި ގަހުގައި ބަޔަކު ރޯކޮށްލައިފި އެވެ.
ބާރަށުގައި 400އަށް ވުރެ ގިނަ އަހަރުވީ ކާނިގަހަކީ އެރަށު އީދުކުޅޭ މަގުގައި، ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނި ކަޑައިން ހެދުނު ގަހެކެވެ.
ބާރަށު ކައުންސިލްގެ ރައީސް އާސިފް އަބްދުﷲ "މިހާރު" އަށް ވިދާޅުވީ އެ ކާނި ގަހުގައި ރޯކޮށްލީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެކަމަކު އޭގެ ތަފްސީލެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަޅުއޮށްފުންމީގެ ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަޑައިން ހެދުނު ކާނި ގަހުގައި ބަޔަކު ރޯކޮށްލާފައި.-- ފޮޓޯ: ބާރަށު ކައުންސިލް
"އަޅުގަނޑުމެން އިއްޔެ ސާފުކުރީ. އެ ގަހުގައި އަދިވެސް ދިރުން ހުރީމަ އެ ގަސް ކައިރިއާ އެއްކޮށް ސާފުކުރީ. އެ ގަހުގެ އެތެރޭގައި ނިކަ ގަހެއް ފަޅާފައި ހުރީމަ އެއާ އެއްކޮށް ސާފުކޮށްފައި. ކިހިނެތް ހިނގި ކަމެއް ކަން އަދި ނޭނގެ ބުނާކަށް މިއީ،" ބާރަށު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ހުޅު ޖެހުމުގެ ސަބަބުން އެ ގަސް ވަނީ ވަރަށް ބޮޑަށް އަނދައި ހުލިވެފަ އެވެ.
ބާރަށުގެ ކާނި ގަސް.-- ފޮޓޯ: ނާޖިހް
ބާރަށުގެ ކާނިގަސް ކައުންސިލުން ބަލަހައްޓަމުން އަންނަނީ އާސާރީ ތަރިކައެއްގެ ގޮތުގަ އެވެ.
ކަޅުއޮށްފުންމިއަކީ 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާން އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމަށް އުތީމު މަހާރަދުން ބެންނެވި އޮޑިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލްވިސްބުރުސްލީ
28 February 2024
ރަންނަމާރި އެރި ދިމާލުގަވެސް މިހާރު މާސިންގާ އިމާރާތެއް ހަދައިފި، އަނެއްކާ އެހިސާބުގަ މުޒާހަރާވެސް ކުރަނީތާ.
ދަގަތްފާނު
28 February 2024
އުތީމު ބަޔަކު ޕޯޗުގީޒުން މެރުމުގެ ސަބަބުން ފާއިތުވި 400 ވަރަކަށް އަހަރުތެރޭ އުތީމާއި ރާއްޖޭގެ ރަށްރަށަށް ހާދަބޮޑެތި ތަރައްގީއެކޭ އައިސްފަ މިއޮތީ.
ދަގަތްފާނު
28 February 2024
ބޮޑުކަތުރުފާނު ވާހަކައިގަ ތާކުންތާކުނުޖެހޭ އެތައްވާހަކައެއް ހުރިކަމަށް އަހަރެމެން ދެކެނީ. އެހެންނަމަވެސް ތަންތާ އަލިފާންޖެހުމަކަށް އަހަރެމެންގެ ތާއީދެއްނެތް.
ފަހުދު.
28 February 2024
ތިކަންކުރި މީހާ އަތުގަވެސް އޮންނާނެ އެންމެ ފަހުގެ ފޯނު.
ޓެރޭސް
28 February 2024
ކެމެރާއަކަށް އަރާފައި ނެތަސް ރަނގަޅަށް ތަހުގީގު ކޮށްލީމަ އެމީހަކު ނުވަތަ ބަޔަކު ހޯދޭނެ. ޅައުމުރު ފުރައިގެ ކުދިން މިކަން ކުރިނަމަ، އެއީ ހޭލުންތެރިކަން ކުޑަކަމުން ކުރި ކަމެއް ކަމަށް ބަލަން ޖެހޭނީ.
އަލިމަނިކުފާނު
28 February 2024
ހިތުން ވަރަށް މޮޅުކަމެއް އެކޮށްލެވުނީ. ތިޔަބަޔަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. ހޯދުނުގޮތަކަށް ހޯދައި ދެވެން އޮތް އެންމެ ބޮޑުއަދަބެއް ދޭން ގޮވާލަން.
ދެރަދޯ
28 February 2024
ޝައްކެއްވެސް ނެތް. ތިގަހަށް ބަޔަކު އަޅާލާތީ ސަޤާފަތް ދިރުވުމާ ދެކޮޅުހަދާ ބަޔަކު ދީނީ އިލްޒާމު ގައި ހިތައް ތުރާވެގެން ކުރި ކަމަކަށްވާނީ
ބެލެވެނީ
28 February 2024
ގަސް ހުރި ހިސާބު ސާފުކުރީމަ އެކަމާ ރުޅިއައި ބަޔަކު ތިކަން ކުރި ކަމަށް ބެލެވެނީ. މިހާރު ކޮންމެ ކަމެއްވެސް އޮންނަނީ ޕާޓީގެ ވާދަވެރިކަމަށް ގޮސް ހުސްވެފަ. އެއް ޕާޓީން ކުރާ ކަމެއް އަނެއް ޕާޓީއަކަށް ކަމަކުނުދޭ. ތި ހިނގި ކަންތަކުގައިވެސް ސިޔާސީ ކުލަ ޖެހިފަ އޮވެދާނެ.
ވިޔަޒޯރު1
28 February 2024
ވިޔަޒޯރު އޮފީސް ހަދައިގެން އުޅުނުކަމަށް ބުނާ ގެ ވެސް ހުރީ ވީރާނާ ވާން ދޫކޮށްލާފައި. އެއީވެސް ހަމަ ތާރީޚީ ވަރަށް މުހިންމު، އަދި ފަތުރުވެރިންނަށް ވަރަށް ޝައުޤުވެރިވާނެ ތަނެއް.
ޙިމްޔާ
28 February 2024
ޗައިނާއިން މި ގަހާ ވައްތަރު އެއްޗެއް ގެންނަމާ