ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް
02 މާޗް 2024 - 22:48
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް (ޖީއައިއެސް) ގެ އެޑްމިޝަން ފޯމުގައި ޓްރާންސްޖެންޑާ ހިމެނުނީ އޮޅުމަކުން ކަމަށް އެ ސްކޫލުން މިއަދު ބުނެފި އެވެ.
ޖީއައިއެސް އިން ނެރުނު ބަޔާނެއްގައި ބުނީ، މި އަހަރު ގްރޭޑް 1 ގެ ދަރިވަރުންގެ އެޑްމިޝަން ފޯމުގައި ޖެންޑާ މެނޫގެ ދަށުން ޓްރާންސްޖެންޑާ އިހުތިޔާރު ކުރުމުގެ އޮޕްޝަން ހިމެނުނީ އިންޑިއާ އާއި އެހެން ގައުމުތަކުގައި ހިންގާ ސްކޫލްތަކުގެ އެދުމުގެ މަތިން އީއާރުޕީ ނިޒާމަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށެވެ.
އެ ބަދަލު ޖީއައިއެސްގެ ފޯމަށް ވެސް އައިސްފައި ވަނީ ސްކޫލްގެ ފަރާތުން ފޯމުތައް ޗެކް ނުކުރުމުގެ ސަބަބުން ކަމަށް އެ ބަޔާނުގައި ވެ އެވެ.
އެ މައްސަލަ ފާހަގަވުމުން ވަގުތުން އެޑްމިޝަން ބަންދުކޮށް، ޑިވަލޮޕަރުންނަށް އެކަން އަންގައި އިސްލާހު ކޮށްފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.
"...މިދިޔަ 14 އަހަރު ތެރޭގައި އަޅުގަނޑުމެން އަބަދުވެސް މި ގެންދަނީ ރާއްޖޭގެ އަހުލާގީ އަދި ދީނީ ހަމަތައް ހިފަހައްޓައި ގާނޫނާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އިސްލާމީ އުސޫލުތައް ދަމަހައްޓަމުން،" ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ބަޔާނުގައި ބުންޏެވެ.
ޖީއައިއެސް އިން ބުނިގޮތުގައި އެ ސްކޫލްގެ އެޑްމިޝަނަށް އަލުން ހުޅުވާލާނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 8:00 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞިލްމް
03 March 2024
ޓްރާންސްޖެންޑަރ އަކީ ވެސް ފިކުރެއްތަ؟
ބަލަންތިބޭތި
03 March 2024
މިކަމުގައި ސަރުކާރުން އަޅަނީ ކޮންކަހަލަ ފިޔަވަޅެއްތޯ ރައްޔިތުން ބަލާނެ. ސަބަބަކީ އެމްޑީއެންގެ ރިޕޯޓާމެދުވެސް ރައްޔިތުންނާއި ދީނީ ޝޭޚުން ވަރަށް ކަންބޮޑުވެ އޭރުގެ ސަރުކާރަށް ވަރަށް ފާޑުކީ.
އާރު ޓީ އެލް
03 March 2024
އާރު ޓީ އެލް ގެ އެޕްއިން ސައިން އަޕުކުރާ ފޯމު ފުރާއިރު ހަމަގައިމު ކުރިން އިނދޭ ޓްރާންސްޖެންޑާ ، އޭރު އެއީ އިބޫ ވެރިކްމުގަ ހުރި އިރު . އާރުޓީއެލް އެތާ ޓީވީ އިން އެޕް ގައި ސައިނަޕު ކުރާ ފޯމު ފުރާ ގޮތް ކިޔާ ދޭ އިރުވެސް ޓްރާންސް ގެންޑަރ ހަމަ ގައިމު އޭރު އައި. މި ފިކުރު ފަތުރާ ބަޔަކު އެޑިޔުކޭޝަންގައި ހަމަ ގައިމުވެސް އުޅޭ. އަދި އެހެން ވުޒާރާތަކުގައިވެސް އުޅޭ. އެމް އޭ ސީ އެލްގެ ޑިއުޓީ ފުރީގަ އުޅުނު އިނދެގެން އުޅޭ ދެމީހުންވެސް.
އޭ.އެމް
03 March 2024
ޕަބްލިކް ނޯޓިސްގަ އޮތީ “ޓްރާންސްޖެންޑާރ“ ފޯރމުގައި ޖެހުނީ އޭތަ؟ މި ފޯރމަކީ 2020 ވަނަ އަހަރުން ފެށިގެން ބޭނުންކުރާ ފޯރމެއް. އެތައް ސްކޫލެއް ބޭނުންކުރާ ސިސްޓަމެއްގެ ފީލްޑަކަށް ގެންނަ މިފަދަ ބަދަލެއް ޖީއައިއެސް އަށް ނޭގި އޮތުމަކީ އެކަށީގެންވާ ކަމެއް. ޖީއައިއެސް އިން ގަސްތުގަ ކުރި ކަމެއްނަމަ ފޯރމް ޑައުން ނުކޮށް ކުރިޔަށް ގެންދެވުނީސް. އެކަން އެނގުމާއެކު ފޯރމް ޑައުންކުރި. އަދި ބަލަންވާވަރަށް ފޯރމް ޗެކްނުކުރެވުމުން އެކަމަށް މާފަށްވެސް އެދިފައެއޮތީ.
ރަސްޕަރީ
03 March 2024
ތީ އެމްޑީޕީ ވެރިކަމެއްގަ ހިނގި ކަމެއްނަމަ އައްޔަމެން ނިކުންނާނެ ފަގުޑި އަތައްލައިގެން އަދިބުނާނެތެ ހުރިނުބައި ރޭވުންތެރިކަން މީސްތަކުން ނިކަން ދެކިބަލާށޭ. ދެންފަހެ ތިޔަބައިމީހުން އެގޮތް ޤަބޫލުކުރަނީހެއްޔެވެ.
އަޙްމަދު
03 March 2024
އެ ސަރުކާރު ނަމަ ބައެއް ޖަމްޢިއްޔާތަކުން ނޫސްބަޔާން ނެރެ، ވަރަށް ކުޅި ދައްކާލީސް
ޯމުޚާއްމްދު
03 March 2024
ބްރައިޓްވޭ ތިކަމުގަ މާ ކުރީގަ އުޅެނީ.. ބޭރު ފާރުތަކުގައިވެސް ރެއިންބޯ ކުލަތަށް ވަށައިގެން ކާތާފަ ހުންނާނީ. ޕީ.އީ. ޓީޗަރަކަށް ޥެސް ހުންނަނީ ތިކަހަލަ ޓްރާންސް ޖެންޑާއެއް.
ސައިނީސް
03 March 2024
ތީ އޮޅޭވަރުގެ މަކެއް ނޫން ، ދެން މިބަލާވެރިކަން ރާއްޖެ ގެންނަނީ ދޯ!
ފަހުދު.
03 March 2024
ތިހެންވިއްޔާ ތިތާ ދަރިވަރަކަށް ޓެސްޓުގަ ނުބައި ޖަވާބެއް ދެވުނަސް އޮޅިގެންނޭ ކިޔާފަ ބަޔާނެއް ނެރުނީމަ ފާސްވާން ޖެހޭނެ މީގެފަހުން
ރޭވުން
03 March 2024
އެގޮތަށޭ ތިޔަކަންތައްތައް ފައްޓަނީ. ފުރަތަމަ އެލަފްޒް ދައްކާލާނީ.