ބ. ތުޅާދޫ އަށް ރައީސް ވަޑައިގެންނެވުމުން މަރުހަބާ ކިޔަނީ: އެއާޕޯޓް މަޝްރޫއު ފުޅާ ކުރައްވާނެ ކަމަށް ވިދާޅުވި
04 މާޗް 2024 - 15:25
ބ. ތުޅާދޫގެ އެއާޕޯޓް މިހާތަނަށް ހަގީގަތަކަށްވެފައި ނެތް ނަމަވެސް، އެ މަޝްރޫއުއަށް އިތުރު ބަދަލުތައް ގެނެސް ރައްޔިތުން އުއްމީދު ކުރާ ފަދަ އެއާޕޯޓެއް ގާއިމްކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދަރު ފަހު ތުޅާދު އަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ތުޅާދޫ އެއާޕޯޓަކީ މި ވަގުތު ރައްޔިތުން އެންމެ އުއްމީދު ކުރަމުންދާ މަޝްރޫއު ކަމަށާއި ނަމަވެސް، މަޝްރޫއު ކުރިއަށް ދަނީ ވަރަށް ލަސްކޮށް، ފަނޑުކޮށް އަދި ހަގީގަތަކަށް ނުވާނެއޭ ހީވާ ގޮތަކަށް ކަމަށެވެ.
ނަމަވެސް، މި ސަރުކާރުން ތުޅާދޫ ރައްޔިތުންނަށްދޭ ޔަގީން ކަމަކީ ރައީސް ވިދާޅުވި ގޮތުގައި ތުޅާދޫ އެއާޕޯޓްގެ މަޝްރޫއުގެ ސްކޯޕް ބޮޑުކޮށް އިތުރު ކުރިއެރުންތައް ގެނެސް، ރައްޔިތުންގެ އުއްމީދުތައް ފުރިހަމަވާ ވަރުގެ އެއާޕޯޓެއް އެޅުމެވެ.
ތުޅާދޫ އެއާޕޯޓް މަސައްކަތް ނިންމުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ތުޅާދޫ އެއާޕޯޓް މަޝްރޫއަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ ރިޔާސީ އިންތިހާބުގެ ތެރޭގަ އެވެ. ނަމަވެސް، އެ މަޝްރޫއު ފަސް އަހަރު ތެރޭ ނުފެށި އެންމެ ފަހު ވަގުތު އެކަން ކުރަން ފެށޭވަރުވުމުން، ތުޅާދޫގައި ކަންބޮޑުވުން އޭރު އޮތެވެ.
ބ. ތުޅާދޫގައި ރައީސް ވާހަކަފުޅު ދައްކަވަނީ: އެއާޕޯޓް މަޝްރޫއު ފުޅާ ކުރައްވާނެ ކަމަށް ވިދާޅުވި
ތުޅާދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާއިރު، މި ރަށަކީ ބިން އިތުރު ކުރެވެން އޮތް، ބިން ބޭނުންތެރި ރަށެއް ކަމަށެވެ. އެހެންކަމުން ބިން ހިއްކުމުގެ ބޮޑު މަޝްރޫއުއެއް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
އެ ބިން ވެގެންދާނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށާއި އިޖުތިމާއީ ބޭނުންތަކަށާއި ސިނާއީ ބޭނުންތަކަށް އަދި މުސްތަގަބުލަށްޓަކައި ބިން ބޭއްވުމަށް ހިއްކޭ ސަރަހައްދަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ތުޅާދޫ އަކީ މުސްތަގުބަލު އޮތް ތަރައްގީ ގެނެވެން އޮތް ރަށެކެވެ. އެހެންކަމުން މި ސަރުކާރުން ގެންނަ ތަރައްގީގައި ތުޅާދު އަށް އިސްކަން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ތުޅާދޫގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީ ކުރުމާއި ޒަމާނީ ފެންވަރަށް މަގުތައް ހެދުމާއި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މި ސަރުކާރުން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާ ގޮތަކަށް، ރައްޔިތުންނާ މަޝްވަރާކޮށްގެންނެވެ. ރައްޔިތުން ބޭނުންވާ ބަދަލެއް ވިއްޔާ ގެނެސްދޭނެ ކަމަށާއި ކުރީ ސަރުކާރުން ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ނުކޮށް މަޝްރޫއުތައް ފަށާފައި ހުރުމުން ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެން ކުރިއަށް ދާނީ ރައްޔިތުން އެދޭ ގޮތަށް ހުރިހާ ކަމެއް ވެސް ބައްޓަން ކޮށްގެން. ކުރިއެރުން ހޯދައިދީ އަޅުގަނޑުމެން ނަތީޖާ ނެރެދޭނަން،" ރައީސް ވިދާޅުވި އެވެ.
ބ. ތުޅާދޫ އަށް ރައީސް ވަޑައިގެންނެވުމުން މަރުހަބާ ކިޔަނީ: އެއާޕޯޓް މަޝްރޫއު ފުޅާ ކުރައްވާނެ ކަމަށް ވިދާޅުވި
ބ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ހިތާދުއަށެވެ. އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ ވައުދުވެވަޑައިގެންނެވި، ހުރިހާ މަޝްރޫއުތަކެއް ފަށައި، ނިންމައިދޭނެ ކަމަށް ވިދާޅުވެފަ އެވެ.
މިއަދު ދެން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ކެންދޫއަށެވެ. ބައެއް ރަށްރަށަށް ވަޑައިނުގެންނެވި ނަމަވެސް، ކައުންސިލްތަކާ އެމަނިކުފާނު ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.
ހިތާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ އަދި ތުޅާދޫ ކައުންސިލްއާ ރައީސް މިއަދު ބައްދަލު ކުރައްވާފައިވާއިރު، ކެންދޫ، ކަމަދޫ، ކިހާދޫ އަދި ކުޑަރިކިލް ކައުންސިލްއާ ބައްދަލު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާދިރްް
05 March 2024
ބ އަތޮޅަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް. މި އަތޮޅުގެ ރައްޔިތުންގެ ތާއީދު ރައީސްއަށް ވަރަށް ބޮޑުތަނުން އިތުރުވެގެންގޮއްސި.
ސިބާހް ހަސަން
05 March 2024
ތަރައްގީ ގެންނާނެ ގޮތް މި ދައްކާލަ ދެނީ ރައީސް މުއިއްޒް. އިބޫ ސަރުކާރުގައި ތަރައްގީގެ ސްޕީޑުގައި ބްރަކި ޖެހިފަ އޮތް އޮތުމަށް ނިމުމެއް ތި ގެނެސްދެއްވަނީ.
މަދީހްް
05 March 2024
މި ގައުމުގަ ކުރިޔަށް އޮތް ޖީލްތަށްވެސް ހެކިވާނެ ރައީސް މުއިއްޒުގެ ދުރު ވިސްނުންފުޅު.
އަންސާމްް
05 March 2024
ރައީސް ގެ ތަރައްގީ ސިޔާސަތުތަށް މިހިރީ މެކުހަށްޖަހާފައި.
މުހައްމަސު ސަމީއު
05 March 2024
މަރުހަބާ ތުޅާދޫ ރައްޔިތުން. ތިޔަ ރަށުން ރައީސް މުއިއްޒްއަށް ދިން ބޮޑު މެޖޯރިޓީގެ ފޮނި މީރުކަން ތިޔަ ލިބުނީ.
ނިމާލްް
05 March 2024
ތުޅާދޫގައި އެއާޕޯޓް މަޝްރޫއު ފުޅާކުރުމަކީ އެ އަތޮޅަށްވެސް ލިބޭނެ އެންމެ ބޮޑު ކުރިއެރުން.
އަޒީމާާ
05 March 2024
ތުޅާދޫއަށް މިހާ ބޮޑު ތަރައްޤިއެއް އަންނާތީ ވަރަށް އުފާވޭ.
ރިޒުހާން މުހައްމަދު
05 March 2024
ވަރަށް އުފާވެއްޖެ. އެހެން ހުރިހާ ސަރުކާރަކުންވެސް އަޅާ ނުލާ އިތް ރަށެއް މި ރަށަކީ. އަހަރެންގެ ރަަށަކީ. ޝުކުރިއްޔާ ސަރުކާރު.
އަޝްމަލީ
05 March 2024
އިބޫ ސަރުކާރުން ކަނޑަ ޖެހިޔަސް މުއިއްޒް ސަރުކާރުން ކަނޑަ ނުޖަހާނެ. އެކަން އިނގޭ ހަފްތާ 14ގެ ކާމި
ރިޒުހާން މުހައްމަދު
05 March 2024
މިސަރުކާރުން ހުސްވައުދެއް ނުވާނެ. ބުނާ ކަމެއް ވިއްޔާ ކަންކަން ބުނި ގޮތަކަށް ކުރާނެ. ނަތީޖާ ފެންނާނެ.