އޯއައިސީގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެ ވަޑައިގަންނަވަނީ.
06 މާޗް 2024 - 10:38
ފަލަސްތީން ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގާ ޖަރީމާ ހުއްޓުވަން ފިޔަވަޅު އަޅަން ރާއްޖެއިން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގައި ރާއްޖޭން ގޮވާލައިފި އެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި ހާރިޖީ ވަޒީރުންގެ ކައުންސިލްގެ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ޝަހީމް ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި އިޒްރޭލުން ރަފަހް އަށް ހަމަލާ ދޭނެ ކަމަށް ބުނަމުންދާ ބުނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
އިޒްރޭލުން ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖްތަމައުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތި އެކަށީގެންވާ މިންވަރަށް ފޯރުކޮށްދިނުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޝަހީމް ގޮވާލި އެވެ.
މީގެ އިތުރުން އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީންގެ ބިންތަކުގައި އަމަލުކުރަމުންދާ ސިޔާސަތުތަކާއި ހަމަތަކުން އުފެދޭ ގާނޫނީ ނަތީޖާތަކާއި ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދި އދ. ގެ އާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ހުށަހެޅި ބަޔާނަށް ވެސް ޝަހީމް ވަނީ އަލިއަޅުވާލައިފަ އެވެ.
ދެކުނު އެފްރިކާ އިން ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ޑިކްލަރޭޝަނެއް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޯއައިސީއަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރަމުން އަންނަ 57 މެމްބަރުން ހިމެނޭ ޖަމިއްޔާއެކެވެ. ރާއްޖެ އޯއައިސީގެ މެމްބަރަކަށް ވެފައި ވަނީ 1976 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
07 March 2024
ހަތިޔާރުން ނޫންގޮތަކަށް ތިޔަ ޔަހޫދީން މައިތިރި ކުރުމަކީ ވާނެ ކަމެއް ނޫން. އޯ.އައި.ސީ އަކަސް ޔޫއެން އަކަސް އައި.ސީ.ޖޭ އަކަސް ތީ ހުސް ދަތްނެތް ސިންގާތަށް. ކަމެއް ވާ ބައެއް ނޫން. މުސްލިމުން ދީނަށް ރުޖޫއަވެ އަލުން ސަފުތަށް ބަދަހިކުރަންވީ ވަގުތު
މަ ބުނީ
07 March 2024
މަ ބުނީ އޯ އައި ސީ ބައްދަލުވުމުގައި ބައިވެރިވީ ހަމައެކަނި ތިން ދިވެހިން ތާ ދޯ ؟ މިހިރަ މިހުރީ މިއަދު އިސްލާމީ އުއްމަތުގެ ވެރިންގެ ހާލު ދެން ކިހިނެތް ދީނާއި އުއްމަތާއި ވަތަނަށް ނަސްރުދީ ރައްޔިތުން ހިމާޔަތްކޮށް ރައްކާތެރި ކޮށްދެވޭނި؟!:.
ޚިޔާލު2
06 March 2024
އިސްރާއީލާ ދެކޮޅަށް އެޅެންއޮތް ކޮންމެފިޔަވަޅެއް އަޅަންޖެހޭ އިންސާނިއްޔަތާ ޚިލާފަށް ފަލަސްތީނުގައި ހިންގަމުން އެދަނީ ލާއިންސާނީ ޖަރީމާތަކެއް.މިކަން ނުހުއްޓުވުމަކީ އދ.އާއި މުޅި ދުނިޔެ ލަދުވެތިވާންޖެހޭނެކަމެއް.
ަގަޅިބޭ
07 March 2024
ހަމާސުން ފަށައިގެން އުޅޭ ހަނގުރާމައެއް ރަހީނުން ދޫކޮށްލީމަ ހުއްޓާލާން ހުށަހެޅުމުން ވެސް ދޫނުކޮށް އުޅެނީ
ހާލުގެ ދުލުން
06 March 2024
ހަމައެކަނި ތިހެން ބުނެލާ ބަހަކުން ވާނެ ކަމެއްނެތް. އަމަލުންވެސް ދައްކަންޖެހޭ. ޕާސްޕޯޓުމަނާ ކުރުމާއި އެއީ ޓެރަރިސްޓް ދައުލަތެއް ގޮތުގައި ކަނޑައެޅުމާއި އެމީހުންގެ ޕްރޮޑަކުޓްތައް އެތެރެކުރުންވެސް މަނާކުރެވިދާނެ. މިކަންކަން ކޮއްލަބަލަ ކޮންމެވެސް ވަރެއްވާނެ ޔަޤީނަށްވެސް. މުސްލިމު އުއްމަތެއްގެ ގޮތުގައި އޮވެ މިހެން ބަލަން ތިބުން ލަދުގަންނަންޖެހޭ
ބޯގޮވި
07 March 2024
އެ މީހުންގެ ޕްރޮޑަކްޓެއް ތިޔަ ލިޔާ ކޮންޕިޔުޓަރަކީ ވެސް
މޫސާކުއްދާ
06 March 2024
ޓީމް ގޮވައިގެން އެކަނިމާއެކަނި ހޯލަށް ވަދެ ފޮޓޯއެއް ކަނޑާލީ ދޯ؟ ތިއޮތީ މޮޅު ކަމެއް ކުރެވިފަ!
ބުރުގާ
06 March 2024
ގައުމުގެ ރައްޔިތުންގެ މަޖުލިހުން ރުހުން ނުލިބި ހުރިމީހަކު ތިހެން ބުނާހާ އެއްޗެއްގަ އޮންނާނީ ކޮން ހައިސިއްޔަތެއްތޯ.... މިއަދު ޝަހީމުގެ އެއްވެސް އިހުލާސްތެރިކަމެއް / އުރައްޕެއްހުނަމަ ތިމަގާމުގެ ތިހެން ފައިވިއްދައިގެން ނުހުންނާނެ.
ސަހީމު
06 March 2024
އެހެންދޯ
އަބޫ ޢުބައިދާ
06 March 2024
ޑރ.ޝަހީމަށް ރުހުން ނުދޭންވީ ކީއްވެތޯ؟އެމަނިކުފާނަށް ރުހުން ނުދީގެން އުޅެނީ މި ސަރުކާރަށް ޖެއްސުންކުރަން ނޫން ދެންކޮންކަމަކު ތޯ؟ކިތަންމެ ޖެއްސުމެއް ކުރިޔަސް މިސަރުކާރު ދެމިއޮންނާނެ އިންޝާ ﷲ.
ރަހީނާ
06 March 2024
މިހާރު ވެސް އެމެރިކާއިން ވަދެގެން އިޒްރޭލުން އެ އޮތީ ފުރުސަތު ނެރެފައި ރަމަޟާން މަހުގެ ކުރިން ރަހީނުން ދޫކޮށްލީމަ ހަނގުރާމަ ހުއްޓާލާނޭ ކަމަށް. ހަނގުރާމަ ފެށީ ހަމާސްއިން ނުހުއްޓައިގެން މި އުޅެނީ ވެސް ހަމާސުން. ދެން އިޒްރާޢީލް ބްލޭމް ވާން ޖެހެނީ ކީއްވެ.
ގަޅި ރަހީނާ
06 March 2024
ކަލެއަށް ވާނުވާ އެނގޭތަ؟
ާހަހ
06 March 2024
ކަލޭ ހަމަ ހިތުގަ އިންސާނިއްޔަތު ކަމެއްގެ ކަންފުޅެއްވެސް ނެތީދޯ މާ އިސްރާއީލް ވެގެން އުޅެނީ ތާރީޚު ކިޔާބަލަ
ތައުފީގް
06 March 2024
ކަލޭ ސިޔަރަތާ ތާރީޚާ ކިޔާބަލަ ޔަހޫދީ ގަބީލާ ގަބީލާ ހުރި ގޮތަށް މަރައި ލެވި ގެދޮރުންނާ ރަށުން ފައްސައިލެވުނު ވާހަކަތައް ކިޔާބަލަ
ސޮލާހު މޫސަ
06 March 2024
ތިކަހަލަ ކަންތަކާ ހެދި އޭ އެމުޑީޕީ ކުދިން ރުހުންނުދެނީ ސަހީމުއަށް
އިިބުރާހީމ
06 March 2024
ގައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވާ ބައްދަލުވުމެއްގެ އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ބައިވެރިކުރުވީ ކީއްކުރަންބާ؟! އަނެއްހެން އިސްލާމިކް މިނިސްޓްރީން ފަލަސްތީނުގެ ހައްގުގަ ކަމެއް ކުރަނީއެއް ނޫން. ހުކުރު ޚުޠުބާގަވެސް ފަލަސްތީނަށް ނަސްރު ދެއްވާންދޭ ބުނެލާފަ އޮންނަކަން. އިސްލާމީ އެހެން ގައުމުތަކުން ފެންނަ ކަންކަމެއް މި ގައުމަކުން ނުފެނޭ!
އަލިފު ދާލު ހާ
06 March 2024
މަށަކަށް ނުފެނޭ މައްސަލަޔެއް. ކުރިޔާ ޚިލާފަށް ރާއްޖެއަކީ ބައިނަލް އަގުވާމީ ގައުމުތަކާ ގުޅި ލާމެހިފައިވާ ގައުމެއް. ތިޔަހެން ބުނަންޏާ ހުރިހާކަމެއްވެސް ކުރަންޖެހޭނީ ފޮރިން މިނިސްޓުރީން. ޕުރޮޖެކުޓެއް ބޭރުގެ އެހީއާއެކީ ހިންގިޔަސް، ބޭރު ގައުމަކުން މުދަލެއް ގެނަޔަސް، އޭރަށް ނުބެހޭކަށް ކަމެއްް ނޯވެ ރޯނު އެދުރަށްވެފައި ހުންނާނީ ފޮރިން މިނިސްޓުރީ.