އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: ގިނައިރު ކޮޅަށް ނުހުރެވޭތީ ދެން ޝަހީމް އިމާމުވެ ތަރާވީސް ނުކުރައްވާނެ--
23 މާޗް 2024 - 13:45
ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ، ސިއްހީ މައްސަލައަކާ ހެދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ތަރާވީހު ނަމާދުކުރުން މިރެއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައްވައިފި އެވެ.
ރޯދަ މަސް ފެށުނީއްސުރެ ޝަހީމް އިމާމުވެ ތަރާވީހް ނަމާދު ކުރައްވަމުން ގެންދެވީ ހުޅުމާލޭ ރަޝީދު މިސްކިތުގަ އެވެ.
ފޭސްބުކްގައި ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން އިމާމުވެ ތަރާވީހު ނުކުރައްވަން ނިންމެވީ ޑޮޮކްޓަރުން ލަފާގެ މަތިން ކަމަށެވެ. އެކަމަކު ދިމާވީ ކޮން ސިއްހީ މައްސަލައެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
އެ ޕޯސްޓުގައި ޝަހީމް ވަނީ ވަރަށް އަވަހަށް ސާޖަރީއަކަށް ދާނެތީ، އާންމުންގެ ހެޔޮ ދުއާއަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އަނބުރާ އިމާމުވެ، ނަމާދުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އަވަސް ސާޖަރީއަކަށް ދާތީވެ އެންމެހާ ލޮބުވެތި އަހުންނާއި އުހުތުންގެ ހެޔޮ ދުއާއަށް އެދެން،" މިނިސްޓަރުގެ ޕޯސްޓުގައިވެ އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އިމާމުކަމަކީ ކުޑައިރުން ފެށިގެން ވެސް ވަރަށް ލޯތްބާއި ޝައުގުވެރިކަމާ އެކު ކުރައްވާ ހިތުން ކުރައްވާ ކަމެކެވެ. އެކަމަކު ސިއްހީ ހާލަތާ ގުޅިގެން އިމާމުކަން ކުރުން ވަގުތީ ގޮތުން ހުއްޓަވާލަން ނިންމެވިއިރު މިހާރު މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ގިނަ އަދަދެއްގެ ޒުވާނުންދަނީ ތަރާވީހް ނަމާދު އިމާމުވެ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕައިލްސް
24 March 2024
ޢަވަހައް އޮޕަރޭޓް ކުރަން ފެނޭ
މުހައްމަދ
24 March 2024
ޑރ. ޝަހީމަށް އަވަސް ޝިފާ އެއް މިންވަރު ކުރެއްވުން އެދެމެވެ. އާމީން
ހަސަން ރަހާ
24 March 2024
ސިޔާސީ ހިޔާލު ތަފާތުވުން އެއް ފަރާތް ކުރުމަށް ފަހު، ޑރ. ޝަހީމަށް އަވަސް ޝިފާ އެއް މިންވަރު ކުރެއްވުން އެދި ދުއާ ކުރަން... ގެޓް-ވެލް-ސޫން، ބުރޯ
ގޮއްޔެ.
24 March 2024
އަވަސް ޝިފާއަކަށް އެދެން
ޑރ. ރާމީ މ.ވައިނުޖެހޭގެ ޕީ.އެން.އެފް
23 March 2024
ރައްޔިތުން މަޖްލިހުން ރުހުން ނުލިބި-ހުރި މިނިސްޓަރެއް މިއީ !!!
ށަކީ
24 March 2024
ތީ ކޮން ވާހަކައެއް
ރާއްޖެ
24 March 2024
ރުހުން ނުލިބުނަސް އޭނާ އާއި އެއްވަރަށް ކިޔަވައިގެން ހުރި، އަދި ހިލްމު ހުރި މީހަކު އެ މަޖިލީހަކު ނެތް.
ލައިޓް
23 March 2024
މާތްﷲ އަވަސް ޝިފާއެއް މިންވަރުކުރައްވާށި!
جميل ބެ
24 March 2024
آمين
މުގުރިން
23 March 2024
މަނިކުފާނުގެ އަޑަކީ ޖާދޫއެކެވެ. އެހާ ގަޔާވާ ރީތިކިޔެވުމެކެވެ. ޝަހީމަކީ މިރާއްޖޭގެ ރައީސްކަން ކުރައްވާނެ ބޭފުޅެއް އިންޝާﷲ
ފަހީ
24 March 2024
ވަރަށްވެސް ފުރިހަމަ މާޝާﷲ
ކަކުނިބޯ
23 March 2024
ޙުޅުގެ މައްސަލައެއްކަމަކަށް ނުފެނޭ އެއީ އޮޕަރޭޝަނަށް ފަހުގައި އެބުރި އީމާމުވެ ނަމާދު ކުރައްވާނެކަމަށްއޮތީމާ ލަަފާ ކުރެވެނީ މައިބަދަ ކަމަށް
ާަަސޖދޖދ
23 March 2024
شفاك الله
ހެޔޮ އެދޭ މީހާ
23 March 2024
شفاك الله