24 މާޗް 2024 - 08:13
އިހު ޒަމާނު ގޮތަށް ހުރި ގޭގެ ބޭރު އައްޓެއްގައި އައިމިނަތު އިބްރާހީމް، 90، އިނީ ފުން ހިޔާލެއްގަ އެވެ. ށ. ގޮއިދޫން ފުރަން ދިޔަ މަގުމަތީގައި ކެމެރާގެ ލެންސަށް އެރި މި އަންހެން މީހާގެ ފޮޓޯއެއް ނެގުމުގެ ހުއްދައަށް އެދުމުން ހިނިތުންވެލި އެވެ. އެކަމަކު އެ ހިނިތުންވުމުގެ ފަހަތުގައި އޮތީ އެކަނިވެރި ހަޔާތެކެވެ. ފިރިމީހާ ނިޔާވެ ދިރިއުޅެމުން އަންނަނީ އެކަންޏެވެ. އެ ދެމަފިރިންނަށް ދުވަހަކު ވެސް ދަރިއަކު ނުލިބޭއިރު އެއީ އެތައް ޒަހަމަކާ ގުޅިފައިވާ ހިތްދަތި ވާހަކައެކެވެ.
ގެއާ ވަކިން އިމާރާތްކޮށްފައިވާ ބަދިގޭގައި އައިމިނަތު ރޯދަ ވީއްލަނީ: ކޮންމެ ހޯމަ, ބުރާސްފަތީގައި ރޯދަ ހިފާއިރު އޭނާ ކައްކަނީ އަމިއްލައަށް. ގޭގައި އިތުރު އެއްވެސް މީހަކު ދިރިއެއްނޫޅޭ.
އައިމިނަތު އިބްރާހިމް ބުނި ގޮތުގައި ކައިވެނިކުރުމަށް ފަހު ފިރިމީހާ މަހަށް ގޮސްގެންނާއި އޭނާ ރަށުގައި އިނދެ ރޯނު ވަށައިގެން ރައްކާކުރި ފައިސާ އިން ގެ ހެދީ ދަރިން ހޯދައި ހެޔޮގޮތުގައި ތަރުބިއްޔަތުކުރަން. އެކަމަކު ދެމަފިރިންނަށް ދުވަހަކު ވެސް ދަރިއަކު ނުލިބޭ. އެކަމާ ގުޅިފައި އޮތީ ސިހުރު ކަމަށް، ކުރި ފަރުވާ އިން އެނގުނު ކަމަށް އޭނާ ބުނޭ.
ދަރިން ނުލިބުމުގެ ބައްޔަށް އޭރު މާބޮޑު ފަރުވާއެއް ލިބެން ނެތަސް އަތު ޖެހުނު ދިވެހި ބޭހުން ފަރުވާ ހޯދި. ހދ. ވައިކަރަދޫގައި 40 ދުވަސް ފަރުވާގައި ދެމަފިރިން ހޭދަކުރުމަށް ފަހު އެނބުރި ރަށަށް އަންނަން ޖެހުނީ ނާއުއްމީދާ އެކު. އޭނާ ބުނި ގޮތުގައި ދެ ދަތުރުން އެނގުނީ އެ ދެމަފިރިންގެ ދިރިއުޅުމާ ނުރުހޭ ބަޔަކު ސިހުރު ހެދިކަން.
ގޭތެރޭގައި ހުރި ފަތްޖެހިނދެގައި އައިމިނަތު އިބްރާހިމް އިށީދެލައިގެން: ދަރިއަކު ނުލިބި ދެމަފިރިންގެ ހަޔާތުގެ ދުވަސްތައް ހިތްދަތިކަމުގައި ގުނަނިކޮށް ދެން ކުރިމަތިވީ ވެސް ހިތާމަ. ވާގިނެތޭ ބަލީގައި ފިރިމީހާ އެނދުމަތިވީ. އޭނާ ބެލުމުގެ ހުރިހާ ޒިންމާއެއް އުފުލީ އައިމިނަތު އިބްރާހީމް. އެ ބަލީގައި ފިރިމީހާ ނިޔާވި އިރު ކައިވެންޏަށް 40 އަހަރު ވަނީ ފުރިފައި
އައިމިނަތު އޭގެ ފަހުން ދިރިއުޅެނީ އެކަނި. ދެމަފިރިން ބިނާކުރި ގެ ދޫކޮށްލާފައި އެއްވެސް ތަނަކަށް ދާން ބޭނުން ނުވީ. އުމުރުން 65 އަހަރުގެ އިނާޔަތުން ހަރަދުތައް ދެކޮޅު ޖައްސައި ފައިސާ ރައްކާކުރޭ.
ބަދިގެ ތެރޭގައި ތެލިތައް ތަރުތީބުން އަތުރާލައިފައި: އޭނާގެ ގޭތެރެއިން ފެންނަނީ ތަރުތީބުކަމާއި ސާފުތާހިރުކަން. އެ އުމުރުގައި ވެސް އޭނާ ހަރަކާތްތެރިވެފައި މުރާލި. ގޭގައި ހުންނަ ބަނބުކެޔޮ ގަސް ވެސް އަގުދީގެން ކޮށައި, ހުރިހާ ކުންޏެއް ނަގައި ސާފުކުރަނީ އަމިއްލައަށް.
އެންމެ އުނދަގޫ ވަނީ ބަލިވުމުން. ގިނަ ފަހަރަށް ޑޮކްޓަރަށް ދައްކަން ދަނީ އެކަނި. ނޫނީ ރަށުގައި އުޅޭ އާއިލާ މީހަކާ އެކު. އެއްވެސް މީހަކަށް އޭނާގެ ފަރާތުން އުނދަގޫ ޖައްސާކަށް އައިމިނަތު ބޭނުމެއް ނުވޭ.
އައިމިނަތު ގޭގެ ދޮރުކަނީގައި ލެނގިލައިގެން: އަމިއްލަ ހަރަދުގައި މިހާރު ދެ ފަހަރަށް އުމްރާއަށް ހިނގައްޖެ. އޭނާއާ އެކު ދިޔަ މީހާގެ ހަރަދު ވެސް ދިނީ އައިމިނަތު އިބްރާހީމް. އޭނާ އަދިވެސް އުއްމީދުކުރަނީ އަޅުކަމަކަށް މައްކާއަށް ދިއުމަށް.
އައިމިނަތު އިބްރާޙިމް ގޭ ބޭރުގަ ހުރި ޖޯލިފަތީގައި އިށީނދެލައިގެން: ދިރިއުޅުމުގައި ވަރަށް ގިނަ ހިތާމަ ތަހައްމަލްކުރަން ޖެހުނަސް އޭނާގެ ނަސީބުގައި ހުރި ގޮތް ކަމަށް ގަބޫލުކުރޭ. ބާކީ އޮތް ދުވަސްތައް އޭނާ ހޭދަކުރަން ބޭނުންވަނީ ފިރިމީހާގެ ގޭގައި. ދެ މީހުންގެ އުފަލާއި ހިތާމަ ވަނީ އެ ހަތަރު ފާރުގެ އެތެރޭގައި ކަމަށް އައިމިނަތު ބުނޭ. އޭނާގެ މޫނުމަތިން ފެނުނީ އެ ހިތާމަ އާއި މާޔޫސްކަން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޯޔޯ ތޯޔޯ
27 March 2024
90 އަހަރު ވިޔަސް އުމްރަށް ވުރެން މާ ޒުވާން މީހުން ރާއްޖޭގަ ބައިވަރު، އހަރަމެންގެ ގާތަ ތިމާގެ މީހުން ވެސް އުޅޭ! ހަގީގީ އުމްރު ކަން އިގޭ ދަރިންނާ ދަރިންގެ ދަރިންގެ އުމްރަށް ބަލާލީމަ! މޫނު ކިތައްމެ ޒުވާނަސް އމިއްލަޔަށް ކައްކާ ކުނިކަހާނެ ބާރެއް ނުހުރޭ އެކަމަކު ތި މީހާ އެކަނި މަސއްކަތް ކޮށް ކުނިކަހާ ގޭތެރެ ސާފު ކޮށް އުޅެވޭނީ ޔޯގާ ނުވަތަ ކަސްރަތެއް ނުކުރާ ނަމަ ކިހިނެތްބާ! މަށަށް ވެސް ހީވަނީ 90 ނުވާނެ ހެން ތި ކުރާ މަސައްކަތަށް ބަލާފަ
ވަފާތެރިޔާ
24 March 2024
ދިވެހިންގެ ވިސްނުމުގެ ފެންވަރު. ކޮމެންޓް ކުރާ މީހުންގަނޑަށް ފެނުނީ މި ދައްތަގެ އުމުރު ވިއްޔާ. އެކަމުގަ ބޮޑު ބަހުސަކަށް ގޮސް. ކީކޭ ބުނާނީ. ކޮންމެ އުމުރަކަސް މި ދައްތަގެ ހިތްވަރާއި ފިރިމީހާއަށް އޮތް ވަފާތެރިކަން އިޒް އެމޭޒިންގް. ސުވަރުގޭގައި ދައްތައާއެކު ފިރިމީހާ ލައްވާށި. އެއީ ނޫންތަ ހަގީގީ އުފާވެރިކަމަކީ
ކަމީ
24 March 2024
ސުވަރުގޭގައި އެކަނިވެރިއަކު ނުވާނެ ކަމަށް ވާރިދުވެފައިވޭ
1206
24 March 2024
ދުވަހަކު ވެސް ދަރިއެއް ނުލިބޭ ކަނބަލަކު، އަދި ވިހެއުމުގެ ވޭންވަރު ތަހައްމުލުކޮށްފައި ނެތް ކަނބަލަކު، އުމުރުން 90 އަހަރު ވިޔަސް އުމުރަށް ވުރެ ޒުވާނޭ ހީވުމަކީ ކުށެއް ނޫން. އެއީ ވެދާނެ ކަމެއް.
ކޮރަލް
24 March 2024
ކައުންސިލް އިން ދޭތެރެ އަކުން ޒިޔާރަތް ކޮށް ހާލު ބަލާލާ އެހީތެރި ކަމެއް ބޭނުންތޯ އަހާލުން ރަނގަޅެވެ.
ދަންމީޙާ
24 March 2024
މިއީ ކައުންސިލް ބިއްދަށުގެ
ކައިލީ (އައިމިނަތު ދައްތަ ދެކެ ލޯބިވާ)
24 March 2024
ރޮވިއްޖެ ކިޔާލާފަ.. މިކަހަލަ ފޮޓޮ ސްޓޯރީ ގެނައުން ވަރަށް މުހިންމު. މިއަދު ސަލާމާ ވާހަކަ ނުލިޔާ ދުވަހަކީތަ؟
ރަހާ ބޭ
24 March 2024
ވަރަށް ހިތްވަރު ގަދަ ކުއްޖެއް
ތީނަގެ ޢުމުރު އުޅޭނީ 70 ގައި
24 March 2024
ތި މީހާއަށް 90 އަހަރެއް ނުވާނެ އެވެ.
އެންމެ އެނގޭ ދެން
24 March 2024
ނުވިހާ މީހުން ހަމަ އެ އުމުރުގަ ވެސް އުމުރައް ވުރެ ޒުވާން ކޮށް ތިބެނީ
އުމުރުބޭ
27 March 2024
ތިލަދުންމަތީ މީހުންނަކީ އާންމު ދިވެހިންނާ ބަލާއިރު ވަރަށް ޒުވާންކޮށް ދައްކާ ބައެއް. ސަބަބަކީ އެމީހުންގެ ކެއުމާއި ހަރަކާތްތެރި ދިރިއުޅުން ކަމަށް އަހަރެންނަށް ފާހަގަވީ.
މުޖައްރިބު
24 March 2024
ފޮޓޯ އިން ފެންނަގޮތުން 90 އަހަރެއްނުވާނެ.
ސަސި.
24 March 2024
ކެތްތެރި ހިތަވްރުގަދަ މީހުންވެސް އުޅޭ.