ކަނޑޫދޫ މިރުސް: ކަނޑޫދޫ މިރުހުގެ އަގު ބޮޑުތަނުން ވަނީ ވެއްޓިފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
24 މާޗް 2024 - 13:40
ޑިމާންޑް ވަރަށް ބޮޑަށް ދަށްވެ، ކަނޑޫދޫ މިރުހުގެ އަގު ވެއްޓިއްޖެ އެވެ.
ރޯދަ މަސް ފެށުނުއިރު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ހުރީ 750ރ. ގަ އެވެ. އެކަމަކު މިދިޔަ ހަފްތާގައި ކަނޑޫދޫ މިރުގެ އަގު 500-400އާ ދެމެދަށް ވެއްޓުމަށް ފަހު އަނެއްކާ ވެސް ވަރަށް ބޮޑަށް ކަނޑޫދޫ މިރުހުގެ އަގު ވަނީ ހެޔޮވެފަ އެވެ.
ލޯކަލް މާރުކޭޓުގެ ބައެއް ވިޔަފާރިވެރިން މިއަދު ބުނީ ކަނޑޫދޫ މިރުސް 100 ގްރާމް މިހާރު ހުރީ 25-30ރ. އާ ދެމެދުގައި ކަމަށެވެ. ކަނޑޫދޫ މިރުސް ބާޒާރުގައި ތިޔާގިވެ، ކިލޯއެއްގެ އަގު އުޅެނީ 280ރ. އަށް ކަމަށް އެ މީހުން ބުންޏެވެ.
ކަނޑޫދޫ ދަނޑެއްގައި މިރުސް ހައްދާފައި.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މިރުހުގެ ކުޅިކަމާއި އޭގެ ރަހައިގެ ސަބަބުން މަޝްހޫރު ކަނޑޫދޫ މިރުހުގެ އަގު ރޯދަ މަހެއްގައި މިހާ ބޮޑަށް ދަށެއް ނުވެ އެވެ.
ކަނޑޫދޫގެ ރަށުގެ 90 ޕަސެންޓެއްހާ މީހުން ދަނޑުވެރިކަމުގައި އުޅޭއިރު މި ރޯދަ މަސް ފެށުނުއިރު ހަފްތާއަކު 150-100 ވަރަކަށް ކިލޯގެ މިރުސް ދަނޑުވެރިން ކަނޑަ އެވެ.
އެ ރަށު ކައުންސިލުގެ ރައީސް އަހުމަދު ރީހާން، "މިހާރު" އަށް ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގެ މެދު ތެރޭގައި ކަނޑޫދޫ މިރުހުގެ ޑިމާންޑް ދަށްވާ ކަމަށެވެ. އަދި އަނެއްކާ ވެސް ޑިމާންޑް އިތުރުވަނީ ފަހު ދިހައެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ ފަހު ދިހައެއްގައި އަނެއްކާ ވެސް ޑިމާންޑް ބޮޑުވާނެ ކަމަށް މި ބެލެވެނީ. އެކަމަކު އެހެން އަހަރުތަކާ އެއްވަރަށް އަގު މައްޗަށް އަރާނެ ކަމަށް ނުބެލެވޭ." ރީހާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނާބެ
26 March 2024
މިހާރަކު ނުހުންނާނެ ކަޑޫދޫ މިރުސްނޫން މިރުހެއް.
އެންމެންނޭ
24 March 2024
އަވަހަށް މިހާރު މިރުސް ގަނެލާފަ ރޯދަމަހުގެ ބާކީ އޮތް ދުވަސްތަކަށް ބޭނުންކުރެވޭ ގޮތަށް އެކި ގޮތަށް ރައްކާކޮށްލާ. އަގު އަރާއިރު އޭރުން ގަންނާކަށް ނުޖެހޭނެ.
ސަލްތަނަތު
24 March 2024
މިރުސް ގަންނަން ބޭނުން. އަގާ ނަމްބަރާ ޖަހާލަދީބަލަ މިތާ!
ސަދޫމް ބާގައިގެ މީހުން
24 March 2024
ކޮންމެ އަހަރަކު ކަނޑޫދޫ ދަނޑުވެރިން ރާއްޖޭގެ ރައްޔިތުން ނަށް މިދޭ ހަދިޔާއަކީ، 200 ރުފިޔާއަށް ވިކޭ މިރުސް ކިލޯ 1،000 ރުފިޔާއަށް ވިއްކުން. ވަޓް އަ ޕްރޮފިޓް.
ހަރީރާ
24 March 2024
الحمدلله ވިޔަފާރި ތަކުން ނާޖާއިޒު ފައިދާ އެއްފަހަރުން މުއްސަނދިވާން އުޅޭ މީހުންނަށް ވިސްނެން ވެއްޖެނު
ހަނާނު
24 March 2024
ކޮންމެހެން އަގު ބޮޑުވާން ޖެހޭތަ. މިހާރުވެސް ތަކެތި ވިއްކަމުން ދަނީ ބޮޑު އަގުގައި. އެހެންވީމަ ހެޔޮވީކަމަށް ނުބެލެވޭ އެއްގޮތަކަށްވެސް
ޜޯދަމަހުން
24 March 2024
ޜޯދަމަސްވީމާ އަގު ހެޔޮކުރީ، އެހެން އެއްޗެތިވެސް އަގުހެޔޮކުރަންޖެހޭ. ޚާއްސަކޮށް ކުނރުބާ، އޮރެެންޖް،.
ހޯރަބެ
24 March 2024
މީހުން ނުގަންނާތީ މަޖުބޫރުވީ އަގު ތިރިކުރަން، ކަސްޓަމަރުންގެ ނިންމުން ބަރާބަރު. ވިޔަފާރިވެރިން ހިތައްއަރާ އަގަކަށް ވިއްކާތަކެތި ދުވަސްކޮޅެއް ވަންދެން ނުގަންނަންވީ.
ސިމާރު
24 March 2024
މަޑު ފެހިކުލައިގަ ހުންނަ ދިވެހި ގިތެޔޮމިރުސް މިހާރު ވަރަށް ނުފެނޭ. އެއީ ކުޅި މަޑު ރަހަ މީރު މިރުހެއް. މިހާރު މުޅިންވެސް ފެންނަނީ ހެސްކިހާފަ ކުޅިގަދަ ކަޑޫދޫ މިރުސް.
ކައިލީ (ރިޕޯޓް ވަރޝަން)
24 March 2024
ހަނދާންވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކޮަޅު މިހާރު ނޫހުން ކަނޑޫދޫ މިރުސް އަގު ބޮޑު ވާހަކަ ގެނައި ރިޕޯޓް މަތިން