މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ: އިތުރު މައުލޫމާތުތައް މަޖިލީހުން ހޯދައި އެ މައްސަލަ ކޮމިޓީން ބަލައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ --
25 މާޗް 2024 - 14:08
ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މެއި 6، 2021 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ އިތުރު ތަފްސީލްތަކެއް ހުރި ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވުމާ ގުޅިގެން އެ މައުލޫމާތު ހޯދުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ މިއަދު ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ޣައްސާން ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، އިމްތިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ އެ މައްސަލަ ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށާއި މިހާތަނަށް ބެލި ބެލުމުގެ ބައެއް އާ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މަޖިލީހުން އެދޭ ނަމަ އެ މައުލޫމާތުތައް ހިއްސާކުރައްވާނެ ކަމަށެވެ.
ޣައްސާން އެހެން ވިދާޅުވުމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް، އިމްތިޔާޒް ފޮނުއްވި ސިޓީއެއްގައި ވަނީ އެ މައުލޫމާތު މަޖިލީހުން ހޯދައިދެއްވައި އެ މައުލޫމާތުތަކުގެ އަލީގައި ކަމާ ގުޅޭ ކޮމިޓީން އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފަ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއިން އިންކުއަރީއެއް ވަނީ ހަދައިފަ އެވެ.
މެއި 6، 2021 ގައި ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މީހުންގެ ތެރެއިން ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. ބާކީ ތިބި ހަތް މީހުންގެ ޝަރީއަތް އަދިވެސް ނުނިމެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަހެރުވައް
25 March 2024
އިމްތިޔާޒު ކަލޭމެން ވެއްޖެއެންނު ރަށުތެރެއިން ކޮންމެވެސް އެހެން ކަމަކާ އުޅެން! ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ލިބިގެން ކަލޭމެން ހާވަމުންދާ ހަޑީގެ މައްޗަށް ހަޑި ހޭވުން ނޫންކަމެއް ކަލޭމެންނަކަށް ނުކުރެވޭނެ... ތިހާ އިހުލާސްތެރި ކަމެއް ހުރިއްޔާ މަޖިލިސް ތެރޭގަ ތިބެގެން ގައުމުގަ މިހިނގާ އެންމެހާ ނުބައި ކަންތައްތައް ހުއްޓުވަން މަސައްކަތް ކޮށްބަލަ..
ކައުންސެލަރު..
25 March 2024
އަޅެފަހެ ނަސީދަކީ ކަލޭމެންގެ ކަލާނގެތަ؟ ކިހާދެރަވަރު ކަމެއްތީދެން؟ މިރާއްޖޭގައި ކިތަންމެބަޔަކު މަރާފަ ވެއްޖެ. އެއިން ކަމެއް ކަލޭމެންނަކަށް ބޮޑެއްނުވޭދޯ ހަމަ! އަޖައިބެންނު
ވެންބޯ
25 March 2024
ދެން އާކުރަަނެ ކަނެއްނެތް ތިވަަހަކައެއް. އަފުރާސިމް ވިއްކިއްޖެ. ރިޟުވާން ވިއއކިއްޖެ. ދެން ތި ފޯމިއުލާ ދިވެހީންނަށް ދަސްވެއްޖެ. ދިވެހީނަށް ޗިޕު ޖަހާ ބަޔެއް . ފައިދާއެއްނެތް ގެއްލުންހުރި ތަކެތި ގަންނާނީ ކާކު
މެން
25 March 2024
އަމިއްލަ އެދުމުން ފުރިފައިވާ ބައިގަޑެއް މިނޫނީ ނުތިބޭ
ޗޗޗޗ
25 March 2024
އެއްވެސް މައުލޫމާތެއް ދޭނެކަމެއް ނެތް..