ވެޓެރަންސް ކަޕް ކާމިޔާބު ކުރި ހުޅުމާލޭ ވެޓެރަންސްއިން މުބާރާތުގެ ތަށި އުފުލާލަނީ --- ފޮޓޯ: ވަގުތު
07 އެޕްރީލް 2024 - 08:51
މުއިވެޔޮ ފްރެންޑްސް ބަލިކޮށް އެފްއޭއެމް ވެޓެރަންސް ކަޕްގެ ޗެމްޕިއަންކަން ހުޅުމާލޭ ވެޓެރަންސްއިން ހޯދައިފި އެވެ.
ހުޅުމާލޭ ވެޓަރަންސްއިން މެޗު ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެން 4-1 ންނެވެ.
މިއީ އެ ކްލަބުން މި މުބާރާތް ހޯދި ވިދިވިދިގެން ތިންވަނަ ފަހަރެވެ.
ހުޅުމާލޭ ވެޓަރަންސްއިން އެންމެ ފުރަތަމަ މި މުބާރާތް ކާމިޔާބު ކުރީ 2022 ގަ އެވެ.
ކުރީގެ ކުޅުންތެރިންގެ ތެރެއިން 40 އަހަރުންމަތީގެ ކުޅުންތެރިންނަށް ބާއްވާ މި މުބާރާތުގައި މިފަހަރު 10 ޓީމު ބައިވެރިވި އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކުރީގެ ޑިފެންޑަރު މުއިވެޔޮގެ އަހްމަދު ސައީދު (އަންމަޓީ) އެވެ. ގޯލްކީޕަރަކީ ކުރިން ގިނަ ކްލަބްތަކަށް ކުޅުނު ހުޅުމާލޭ ވެޓެރަންސްގެ ހަސަން ރަމީޒު (ޓިމޯ) އެވެ. ފެއާޕްލޭ ޓީމަކީ ދިވެހި ސިފައިންގެ ކްލަބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy