ހއ. ހޯރަފުށީގެ މަގުމަތިން ނަގާފައިވާ ފޮޓޯއެއް. އެ ރަށުގައި ގާއިމްކޮށްފައިވާ ކުޑަކުދިންގެ ރެސިޑެންޝަލް ސެންޓަރަށް މުވައްޒަފުން ހޯދަން ވަނީ އިއުލާނުކޮށްފައި.-- ފައިލް ފޮޓޯ: މިހާރު
08 އެޕްރީލް 2024 - 12:43
ހއ. ހޯރަފުށީގައި ހުޅުވަން ތައްޔާރުވެފައިވާ ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
ޖުވެނަލް ޖަސްޓިސް ޑިޕާޓްމަންޓުން ކުރި އިއުލާންތަކުގައި ވަނީ އެސިސްޓެންޓް ކައުންސެލަރާއި ޕްރޮގްރާމް އޮފިސަރު އަދި ސީނިއާ ޖުވެނަލް ޖަސްޓިސް އޮފިސަރުގެ އިތުރުން މަސައްކަތު މީހުންނާއި ޗައިލްޑް ކެއާ އެޓެންޑުން ހޯދަން ހުޅުވާލައިފަ އެވެ.
އެ މަގާމުތަކަށް މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކުރިމަތިލެވޭނެ އެވެ.
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނުގައިވާ ގޮތުން ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން މަރުކަޒުކޮށް ފަރުވާދޭން ޖެހޭނެ އެވެ. ނަމަވެސް 2019 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނަށް ފަސް އަހަރުވެގެންދާއިރު ވެސް މުހިއްމު ދެ މަރުކަޒެއް ބޭނުމެއް ނުކުރެވުނަސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ދ. ކުޑަހުވަދޫގައި ރެސިޑެންޝަލް ޓްރީޓްމަންޓް އަދި ހއ. ހޯރަފުށީގައި ހާފްވޭ ހައުސް އަޅައިފަ އެވެ.
އެކަމަކު، ކުޑަހުވަދޫ މަރުކަޒުގެ ހާލަތު ހުރި ގޮތުން ސަރުކާރުން ވަނީ ހޯރަފުށީގައި އެޅި ތަން ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކަށް ބަދަލުކޮށް އަންނަ ހަފުތާގެ ތެރޭގައި އެ ތަން ބޭނުންކުރަން ނިންމައިފަ އެވެ،
ކުށުގައި ބައިވެރިވާ ކުޑަކުދިން މަދުކުރަން ސޯޝަލް ސެކްޓާއިން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރެސިޑެންޝަލް ފަރުވާއަށް ފަހު އެ ކުދިން ބަދަލުކުރަން ޖެހޭނީ ހާފްވޭ ހައުސްއަށެވެ. ފުރަތަމަ މަރުހަލާ ފުރިހަމަ ނުކޮށް، އެ ނިޒާމުގައި ދެ ވަނަ ސްޓެޕް އަކަށް ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސްޓެޕް 1، ދ. ކުޑަހުވަދޫގެ މަރުކަޒު ނުހުޅުވި ސްޓެޕް ދޭކަށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫން މި ނިޒާމުގައި. އެހެންވެ، އަޅުގަނޑުމެން މިހާރު ނަގާފައި އޮތް އެއް ޑިސިޝަނަކީ ހޯރަފުށީގައި ހުރި ތަން އަޅުގަނޑުމެން ފުރަތަމަ ފައްޓާނީ ޖުވެނަލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ގޮތުގައި ކަމަށް. އިރާދަކުރެއްވިއްޔާ މި ފެށޭ ހަފުތާގައި އެތަން ހުޅުވާނަން،" އިސްކަންދަރުކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އިހުސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވީހާ ވެސް އަވަހަކަށް އެ މަރުކަޒު ހުޅުވައި، ރިސްކުގައި ތިބި އަދި އެންމެ އިސްކަންދޭން ޖެހޭ ކުދިން ނަގައި ރިހެބިލިޓޭޝަން ފަށާނެ ކަމަށެވެ. އެ ލިސްޓުގައި 200 އެއްހާ ކުދިން އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނުރައްކަލުގައި ތިބި ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި ދިގު މުއްދަތަކަށް ރެސިޑެންޝަލް ފަރުވާ ދިނުމަކީ ވެސް އެ ގާނޫނުން ކުރަންޖެހޭ ކަމަށެވެ. ސަރުކާރުން ވަނީ، "ލޯންގްޓާމް ރެސިޑެންޝަން ކެއާ ފެސިލިޓީ" ގާއިމްކުރަން ވަކި ރަށެއް ހަމަޖައްސައި، 18 އަހަރު ވަންދެން އެ ކުދިން ބަލަހައްޓަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެއަސްލު
09 April 2024
ހޯރަފުށި ހަލާކުވީ ތި..! ތިޔަ ސެންޓަރު ކައިރިން ހިނގައިފައި ދާއިރު ހަޑިހުތުރު ބަރުވަ އަޑު އިވޭނެ. ހޯރަފުށި ކުދިން ހަލާކުވާނީ .. ތިޔަ
ކުޅި
08 April 2024
ތިކުދިން18 ވީމަޖެހޭނީސިފައިންގެނުވަތަފުލުހުންގެޚިދުމަތަށްނެރެން- މަދުވެގެން3-4 ޚިދުމަތްކުރަންޖެހޭގޮތަށް
ރެސިޑެންޓްބޭ
08 April 2024
ކުށުގެ މާހައުލުގައި އުޅޭ ފަރާތްތައް ޙުކުމް ތަފްފީޛް ކުރުމަށް ވަކިފަސް ނުކުރެވިގެން މިއުޅެނީ ކީއްވެގެން.. ރާއްޖޭގައި ނެތްވަރުގެ ޓޫރިޒަމް ކުރިއަރާފައިވާ މާފުށީގައި ޖަލެއް. ވަރޭ ވެހޭހެން ފޯން ތަކާއި ސިމްތަކާއި ޑިވައިސްތައް. ގައިމު އެކަން ހުއްޓުވާލެވުނަސް ކިހާ ލާރިއެއް ސަލާމަތްވީސް. ކުދިންވެސް ވަކިކޮށްގެން އަދަބު ފީލް ކުރެވޭ ގޮތަށް ޤާނޫނު ތައް ބަދަލުކުރަންވީ
5 އަހަރުގެ ނާއިންސާފު
08 April 2024
ތިކަހަލަ ސެންޓަރުތައް އަޅަން ކަނޑައަޅާ ރަށްރަށުގެ ކުށުގެ މާހައުލު އޮންނަ ގޮތަށް ބެލުމަކީ މުހިއްމުކަމެއް. އެހެނީ، މުޖުތަމައުގެ ތެރެއަށް ކުދިން ނެރެގެން ކުރަންޖެހޭނެ ކަންކަންވެސް ހުންނާނެއިރު، ކުށުގެ ވެއްޓެއް، ހާއްސަކޮށް މަސްތުވާ ތަކެތީގެ ފުޅާ ވެއްޓެއް އޮތް ރަށެއްނަމަ އެ ވާނީ ވަރަށް ނުރައްކާތެރި ކަމަކަށް. ހޯރަފުށި މީ މި ބީދައިން ބަލާއިރުު ޝަރުތުހަމަވާ ރަށެއް ނޫން. އެކަމަކު ރ ޓީވީގެ ބާރުގައި މިދިޔަ 5 އަހަރު ހުރިހާ އެއްޗެއް ދޭންޖެހުުނީ ތި ރަށަށް.
ޙުމު
08 April 2024
ސަތޭކަ
ޚާޓިޞޫ.
08 April 2024
އެހެންވީމާ ތިތަންތަންވެސް ހަދާންވާނީ މުޤައްގަސް ރަށްކޮޅު ކ.މާލޭގައި. އެރަށުގައި އެއްވެސް ކުށެއް ނުކުރާތީތަ ކުޑަކުދިންގެ ހުރިހާ ބޮޑެތި ސުކޫލް އެރަށުގައި ހަދާފައިވަނީ ؟