ބީބީއޭއެމްގެ ރައީސް އިބްރާހިމް ހަމީދު (ކ) އާއި އޭވޯލްޑް ފެޑެރޭޝަންގެ ރައީސް ޕޯލް ޗުއާ (ވ) ސަލާމް ކުރައްވާނީ: މިއަހަރު ރާއްޖޭގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕަށް 11 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފަ
09 އެޕްރީލް 2024 - 11:06
މި އަހަރު ރާއްޖޭގައި ބާއްވާ ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕަށް 11 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.
މިއީ ވޯލްޑް ޗެމްޕިއަންޝިޕް، ރާއްޖޭން ހޯސްޓް ކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭން ވަނީ އޭޝިއަން ޗެމްޕިއަންޝިޕް އަދި ސައުތު އޭޝިއަން ޗެމްޕިއަންޝިޕް ވެސް ދެ ފަހަރެއްގެ މަތިން ބާއްވާފަ އެވެ.
ބޮޑީބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް) ގެ ނައިބު ރައީސް އައިމަން ވިދާޅުވީ، އެސޯސިއޭޝިއަންގެ ހުރިހާ ފޯކަސްއެއް ހުރީ ރާއްޖޭގައި ބާއްވާ މުބާރާތުގެ އިންތިޒާމު ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ އެތުލީޓުންނަށް އެ މުބާރާތުން ކާމިޔާބު ހޯދުމުގެ މައްޗަށެވެ.
ބީބީއޭމުން މި އަހަރަށް ކަނޑައެޅީ ގާތްގަނޑަކަށް 21 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
"އަޅުގަނޑުމެން ފޯކާސްޓް ކުރި ބަޖެޓްގެ ބޮޑުބައެއް މި އެލޮކެޓް ކުރީ ވޯލްޑް ޗެމްޕިއަންޝިޕަށް. ރާއްޖޭގެ ފުރަތަމަ ފަހަރަށް ވޯލްޑް ޗެމްޕިއަންޝިޕް މި ހޯސްޓް ކުރަނީ. އެހެންވީމަ އެކަން އަޅުގަނޑުމެންނަށް ވަރަށް ހާއްސަ،" އައިމަން ވިދާޅުވި އެވެ.
މި އަހަރުގެ ސައުތު އޭޝިއަން ޗެމްޕިއަންޝިޕް ވެސް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.
ޖުލައި 2022 ގައި ރާއްޖޭގައި ބޭއްވި ބޮޑީބިލްޑިން އޭޝިއަން ޗެމްޕިއަންޝިޕަށް ވޯލްޑް ފެޑެރޭޝަނާއި އޭޝިއާގެ ފެޑެރޭޝަރުން ތައުރީފު ކުރި އެވެ.
އެ ދެ ފެޑެރޭޝަންގެ ރައީސްކަން ވެސް ކުރައްވާ ދާތުކް ޕޯލް ޗުއާ ވިދާޅުވި އެވެ.
މުބާރާތުގެ ވާދަކުރި، އެތުލީޓުން ވެސް ވަނީ، މާފުށި އަދި ކްރިސް ރޯޑްސްގައި މުބާރާތުގެ އިވެންޓްތައް ބޭއްވުމަށް ހަމަޖައްސާފައިވާ އިންތިޒާމުތައް ރަނގަޅުކަން ފާހަގަ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy