ދިރާގު ހެޑް އޮފީސް.
09 އެޕްރީލް 2024 - 13:21
ދިރާގުގެ 35 ވަނަ އަހަރީ އާއްމު ޖަލްސާ މި މަހުގެ 28 ގައި ބާއްވަން ނިންމައިފި އެވެ.
ދިރާގުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހައިބްރިޑް މޯޑަށެވެ.
މި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނަށް އެ ފުރުސަތު "ފަހިވޯޓު" މެދުވެރިކޮށް ފަހިވާނެ އެވެ. ދިރާގުން ބުނީ ޖަލްސާކުރާ މާލަމުގެ ޖާގައަށް ބަލައި، އެ ތަނަށް ހާޒިރުވެ، ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރާ ހިއްސާދާރުންގެ އަދަދު 150 ހިއްސާދާރުންނަށް ލިމިޓް ކޮށްފައިވާ ކަމަށެވެ.
ޖަލްސާ އޮންނަ ހޯލަށް ހާޒިރުވާން ޝައުގުވެރިކަން ފާޅުކޮށްފައިވާ ހިއްސާދާރުންނަށް، ޖަލްސާގައި ބައިވެރިވެވޭނީ އެ ހޯލަށް ހާޒިރުވެގެންކަން ނުވަތަ އޮންލައިންކޮށްކަން، ޖަލްސާ ބާއްވާ ދުވަހުގެ މެންދުރު އެކެއް ޖެހުމުގެ ކުރިން އެންގުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމާ ހަަމައަށް ދިރާގުގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނޭ ހިއްސާދާރުންނަށް މި ޖަލްސާގައި ބައިވެރިވެވޭނެ އެވެ. ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy