ރައީސް މުއިއްޒު: ރޭގެ ޖަލްސާއަށް އެސްއޯ ފުލުހުން ފޮނުވި މައްސަލާގެ ތަހުގީގު ރިޕޯޓް އެމަނިކުފާނު ވަނީ ފޮނުވާފައި --- މިހާރު ފޮޓޯ/ނިޝާން އަލީ
10 އެޕްރީލް 2024 - 20:28
ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ގިޔާސުއްދީން ސްކޫލްގައި ރޭ ބާއްވަން އުޅުނު ޖަލްސާއާ ގުޅިގެން އެސްއޯ ފުލުހުން އެތަނަށް ފޮނުވި ގޮތާ ގުޅޭ ތަހުގީގު ރިޕޯޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވަައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަވާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ގިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅެނިކޮށް އެސްއޯ ފުލުހުން ނިކުމެ އެކަމަށް ހުރަސް އެޅީ އެތަނުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ބާތިލްކޮށްފައި ވާތީ އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަކަށެވެ.
ނަމަވެސް އެތަން ކޮންޓްރޯލްކުރަން އެސްއޯ ފުލުހުން ފޮނުވީ ރައީސްގެ ސިޔާސަތުތަކާ ހިލާފަށް ކަމަށްވާތީ އެކަމުގެ ތަހުގީގެއް ހިންގުމަށް ރައީސް ރޭ ވަނީ އަންގަވައިފަ އެވެ.
ރައީސް އޮފީހުން މިރޭ ބުނިގޮތުގައި އެކަމާ ގުޅޭ ތަހުގީގު ރިޕޯޓް މިއަދު ރައީސަށް ވަނީ ލިބިވަޑައިގެންފަ އެވެ. އަދި އެ ރިޕޯޓް ދިރާސާ ކުރެއްވުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އެމަނިކުފާނު އަޅުއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެސްއޯ ފުލުހުން ގޮސް، އެ ސަރަހައްދު ކޮންޓްރޯލްކުރަން އުޅުމުގެ ތެރޭގައި ބައެއް މީހުންނާއި ފުލުހުންނަށް ވެސް އަނިޔާވި އެވެ. އަދި ފަހުން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ރޭ ބޭއްވީ ރާޅުގަނޑު ސަރަހައްދުގައި ހުންނަ ބްރިޖްވިއު ޕްލެޓްފޯމްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ފިކުރީ
11 April 2024
48 ގަޑިއިރުވަނީ، އެޅުނު ފިޔަވަޅެއްނެތް. ފިޔަވަޅު އަޅާކަށްވެސް ނުކެރޭނެ.
މުހައްމަދު އަލީ.
11 April 2024
މުއިއްޒު ހަމަ ހަގީގަތުގައިވެސް ތަފާތީ
މުހައްމަދު އިދުރީސް
11 April 2024
މަވެސް އެއްބަސްވަން، ރިޔާސީ އިންތިޚާބުގެ ވައުދުތަކުން އެކަން އެންމެނަށް ޔަގީންވެއްޖެ. ހަމަ ތަފާތު.
ހާމިދު އަފޫރު
11 April 2024
މިކަން މިއީ ސަރުކާރަކުން ފަހުގެ ތާރީޚެއްގައި ކުރި އެއްމެ ރަނގަޅު ކަންތައް.
ޖާވިދު
11 April 2024
މިހެން ވާން ޖެހޭނެ. ގާނޫނީ ވެރިކަމެއްކަން ދައްކަން ޖެހޭނެ.
މިއުޝާދު
11 April 2024
ރައީސް މުއިއްްޒް މިދަނީ އެއްގޮތުން އަނެއް ގޮތުން ތަފާތު ދައްކަމުން. ހަގީގަތަކީ މިއީ
ހުސައިން ސަލީމް
11 April 2024
ވެރިޔެއްގެ އިހްލާސްތެރި ކަން ފެންނާނީ މިހާވަރަކަށް. އިންސާފް ހަމަހަމަ ކަން
ދިހާމް ހުސައިން
11 April 2024
ޝުކުރިއްޔާ ރައީސް. ކުރީގެ ސަރުކާރު ތަކުން މިގޮތަށް ކަންކަން ބައްޓަންކުރި ނަމަ ގައިމު އެތައް ބަޔަކަށް ނުހައްގުން ލިބޭ މިކަހަލަ އަނިޔާ ހުއްޓުވުނީސް
މުހައްމަދު ޝަނޫން
11 April 2024
މިއީ އަލަށް ވެރިޔަކު ކުރި ކަމެއް. މީގެން އިތުބާރު ރައްޔިތުންނަ މުއައްސަސާތަކުގެ މައްޗަށް އޮންނާނެ
ނިފާއު މުހައްމަދު
11 April 2024
އެއްވެސް ރައްޔިތަކަށް ނުހައްގުން އަނިޔާއެއް ލިބެން ރައީސް މުއިއްްޒް ނޭދޭނެ ކަން މި އިނގެނީ
ސަމަދު
11 April 2024
މިހެން ވާން ޖެހޭނެ. ހުރިހާ އެއްމެންވެސް ތިބެން ޖެހޭނީ ގާނޫނީ އިމުގެ ތެރޭގައި.