ޕީއެންސީގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (އިބުޓީ) ގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު، އިބުޓީ އަދި އެހެން ދެ ސަޕޯޓަރަކާ އެކު ފޮޓޯފުޅެއް ނަންގަވަނީ.
17 އެޕްރީލް 2024 - 08:57
މި ފަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓު ދޭންވީ ތަރައްގީ އަށް ކަމަށާއި އެ އަށް ހުރަސް އަޅާނެ ބަޔަކު މަޖިލީހަށް އިންތިހާބު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (އިބުޓީ) ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރު މަޖިލީހުގެ ސުޕާ މެޖޯރިޓީ އެމްޑީޕީ އަށް ލިބުނު ނަމަވެސް މާލޭގެ ރައްޔިތުންގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށް ނުދެވުނު ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދައުރު ނިމެން 2-3 ދުވަހަށް ވެފައި ވަނިކޮށް، އެ މަޝްރޫއުތައް ފެށި ނަމަވެސް މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޕީއެންސީގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (އިބުޓީ) ގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައެއް ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.
ރައްޔިތުން އެ މަނިކުފާނަށް އިތުބާރުކޮށް، ގައުމުގެ ކަންކަން އިސްލާހު ކުރުމަށް ފުރުސަތު ދީފައިވާއިރު، އެކަން ހާސިލް ކުރުމަށް އެއްބާރުލުން ދެއްވާނެ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ކަންކަމަށް ހުރަސް އަޅާނެ ބަޔަކު ތިބޭފުޅުން ދާއިރާތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މަޖިލީހަށް ވައްދަންވީ ސަބަބެއް ނެތް. ތަރައްގީ ބޭނުންވޭ. ތަރައްގީ ގެނައުމަށްޓަކައި އަޅުގަނޑުމެން، ސަރުކާރު މި ތިބީ ރެ އާއި ދުވާލު މަސައްކަތް ކުރުމަށް. ތިއްބާ އެ އަށް ހުރަސް އަޅާނެ ބަޔަކު މަޖިލީހަށް ހޮވާނެ ސަބަބެއް އޮންނާނެ ކަމަށް އެއްވެސް ބަޔަކު ގަބޫލުކުރާނެހެން ހީއެއް ނުވޭ،" ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެހެންވެ، އެ މަނިކުފާނަށް އިތުބާރުކޮށް، ރައްޔިތުން ހަވާލުކުރި މަސައްކަތްތައް ކުރައްވަން އެއްބާރުލުން ދެއްވާނެ ސަރުކާރުގެ މެމްބަރުންތަކެއް މަޖިލީހަށް ހޮވައިފި ނަމަ މި ފަސް އަހަރު ވާނީ ރައްޔިތުން ފަހުރުވެރިވާނެ ފަސް އަހަރަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުހޫރު
18 April 2024
ތަރައްގީ ކިޔާ ކެންޑިދޭޓެއް ހުރިއްޔާ ވޯޓް ލާނަން
މާނިއު
18 April 2024
ކޮން ތަރައްގީއެއްގެ ވާހަަކަ ތި ދައްކަނީ. މި ވެރިކުގަ ކޮން ކަމެއް ކުރެވުނީ.
ޅެއްވެރިޔާ
17 April 2024
ލިއެއްކަމަކު ހުދު ފަމީސް ސާފެއްނޫނެ ފަސްބައި ، ލިއެއްކަމަކު ކޯޓް ފިލާނުދޭ ޖާހިލު ކަމާއި ކެހިވެރިކަމޭ ؟
ނިޒާރްް
17 April 2024
ރައީސް މުއިއްޒުގެ ސިޔާސަތުތަށް ހުރި ގޮތުން އެމްޑީޕީއަށް ވަރަށް ސާފް ދެވަނަ ދައުރެއްވެސް ރައީސް މުއިއްޒު ނަންގަވާފާނެކަމަށް. އެހެންކަމުން މަޖިލިސް އެމްޑީޕީއިން ނަގަން މަސައްކަތް ކުރަނީ ތަރައްޤީއަށް ހުރަސްއަޅާ ރައްޔިތުން ނިކަމެތި ކޮށްލަން.
ނިޒާރޭ
17 April 2024
މިތަނުގައިވާ ތިޔަ ފަދަ އެތައް ކޮމެންޓަކަށް ލިޔާ ރިޕްލައިތަކަށް ހުރަސްއަޅަން އެ ކުރާ މަސައްކަތްވެސް ހާދަ ސާފުވެއޭ އެ ކޮމެންޓްތައް ނުފެންނާތީ.
ސާއިދްް
17 April 2024
ގައުމުގެ ކުރިމަގަށް އެންމެން އެކީ މަސައްކަތް ކުރުން މުހިންމު. ތަރައްޤީއަށް މިދިޔަ ސަރުކާރުން އަޅާފައިވާ އިހުމާލު ތަކުރާރު ނުކުރުން އެއީ އެންމެ ބުއްދިވެރިގޮތް.
މަދީހްް
17 April 2024
މިދިޔަ ފަސްއަހަރު އުޅުނު ފިނިހަކަ ދުވެއްޔަށް އަބުރާ ދާކަށް ބޭނުމެއްނޫން.
ހުޒާމްް
17 April 2024
މަޖިލިހުން ރައީސްއަށް މިހާރުވެސް އެއްބާރުލުމެއް ނުދެއްވާ. އެކަމަކުވެސް ތަރައްގީގެ ސްޕީޑްހުރީ މެކުހަށްޖަހާފައި. ދެންއަދި ސަރުކާރަށް މަޖިލިސް ލިބިއްޖެނަމަ ކިހާ ބާރަކަށް ހިނގާނެތޯ ރައްޔިތުން އަމިއްލައަށް ވިސްނާލައްވާ.
މަންދޫފްް
17 April 2024
އެމްޑީޕީ މެޖޯރިޓީ މަޖިލިހުން ނަގައިފިނަމަ ރައީސް މުއިއްޒުގެ އެންމެ ވައުދެއްވެސް އިތުރަށް ފުއްދުމުގެ ފުރުސަތެއް ނުދެއްވާނެ. ސަބަބަކީ އެއީ ރައީސް މުއިއްޒު ވައުދު ނުފުއްދުނު ވަރަކަށް ދެން އަންނަ ދައުރަކަށް ކިޔެ އެއްޗެހި ގިނަވާނެތީ. ހަގީގަތުގައި ބިރުގަންނަނީ ރައީސް މުއިއްޒުގެ ބަހާއި އަމަލާއި ދިމާވާތީ.
ގެދާނޯމޮސް
17 April 2024
ޚުތުބާތަކުން އިވޭ ފަދައިން ، މީސްތަކުންގެ މައްޗަށް ﷲ އިސްކުރައްވާފަ ތިބޭ ވެރިންނަށް ކިޔަމަން ވާންޖެހެއެވެ. އެހެންކަމުން މުސްލިމުން ކަމުގަވާހާލުގަ އެބަޔަކީ ދީނާ ގައުމަށް ފައިދާ ކުރާ ބަޔަކުކަމުގަ ވާނަމަ ؛ އެބޭފުޅުންގެ ޚިޔާލާ އެއްގޮތަށް ކަންކަން ފަހިކޮށްދިނުމަކީ ، ދީނީ ގޮތުންވެސް ވާޖިބުވެގެން ދާކަމެކެވެ.
ހޯރަބޭ
17 April 2024
ގާނޫނުއަސަސީގަ ލިޔަންވީ އެއްނު މަޖިލިހުގެ މެޖޯރިޓީ ދޭށްވާނި އޭރު އޮށްނަ ސަރުކާރަށޭ