18 އެޕްރީލް 2024 - 10:25
ރިއޯ ޑި ޖެނީރޯ (އޭޕްރީލް 18) – ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮމާރިއޯ އުމުރުން 58 އަހަރުގައި އަލުން ދަނޑަށް ނުކުންނަން ތައްޔާރު ވެއްޖެ އެވެ.
ރިއޯ ޑި ޖެނީރޯގެ ކްލަބް، އެމެރިކާ އެފްސީގެ ރައީސްކަން ވެސް ކުރަމުން ވެސް އަންނަ ރޮމާރިއޯ ، އެ ކްލަބްގެ ކުޅުންތެރިޔެއްގެ ގޮތުގައި މިހާރު ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ.
އޭނާ ބުނިގޮތުގައި ޓީމުގައި އޭނާގެ ނަން ޖެހިޔަސް، މުބާރާތުގައި ނުކުޅޭނެ އެވެ. އެކަމަކު އޭނާގެ ނަން ކުޅުންތެރިޔެއްގެ ގޮތުގައި ރަޖިސްޓަރީ ކުރީ އޭނާގެ ދަރިފުޅު ރޮމާރިނޯ އާއެކު ކުޅުމަށެވެ. ރޮމާރިނޯ އަކީ އެ ކްލަބްގެ ފޯވާޑެކެވެ.
"ޗެމްޕިއަންޝިޕްގައި އަހަރެން ވާދައެއް ނުކުރާނަން. އެކަމަކު ބޭނުންވީ ބައެއް މެޗުތަކުގައި އަހަރެންގެ ޓީމަށް ކުޅެ އަހަރެންގެ ދަރިފުޅާ އެކު ކުޅުމުގެ ހުވަފެން ދެކެން،" ރޮމާރިއޯ ބުންޏެވެ.
ކުރިން، ބާސެލޯނާ އަށް ވެސް ކުޅުނު ރޮމާރިއޯ އޭނާގެ އެންމެ ފަހު ރަސްމީ މެޗު ކުޅުނީ 2009 ގައި، އެމެރިކާ އެފްސީ އަށެވެ. އޭރު އެ ކްލަބްގެ ރައީސަކީ އޭނާގެ ބައްޕަ އެޑްވެއާ އެވެ.
އެ އަހަރު، އެ ކްލަބްގެ ރައީސް ކަމާ އޭނާ ހަވާލުވި އެވެ. އޭގެ ފަހުން ރިއޯ ޑި ޖެނީރޯ ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހަށް، ބެލޮންޑިއޯ އެވޯޑް ވެސް ހޯދާފައިވާ ރޮމާރިއޯ އިންތިހާބުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސަބު
20 April 2024
1994 ގަ ބާޖިއޯ ރޮއްވާލާފަ ވޯރލްޑް ކަޕް ނަގި ދުނިޔޭގެ އޭރުގެ އެންމެ މޮޅުކުޅުންތެރިޔާ.
މާމަގަނޑު
18 April 2024
ރޮމޭ އައުމުން ފުޓުބޯޅަ އަނެއްކާ ރޮމްވާނެ.