ކުރީގެ ރައީސް ޔާމީން މިއަދު އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެމަނިކުފާނު އުފެއްދެވި ޕީއެންއެފްއަށް މަޖިލީހުގެ އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުވޭ --- ފޮޓޯ/މިހާރު
21 އެޕްރީލް 2024 - 22:29
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވި، ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ޔާމީން ޕީޕީއެމުން ވަކިވެ ވަޑައިގެން އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއެންއެފްގެ ފަރާތުން 35 ކެންޑިޑޭޓަކު މަޖިލިސް އިންތިހާބު ވާދަ ކުރެއްވި އެވެ. އަދި ސަރުކާރަށް ވަރަށް ބޮޑަށް ޔާމީން ފާޑު ވިދާޅުވެ، ކެމްޕެއިން ވެސް ކުރެއްވި އެވެ.
ނަމަވެސް މިއަދު ބޭއްވި އިންތިހާބުގައި ޕީއެންއެފްގެ އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބުވެފައެއް ނުވެ އެވެ.
ރައީސް ޔާމީންގެ ތާއިދާ އެކު ނުކުތް ކެންޑިޑޭޓުންގެ ޕޯސްޓަރު --
ޕީއެންއެފްގެ އިތުރުން ޑިމޮކްރަޓްސް ޕާޓީއަށް ވެސް މަޖިލީހުގެ އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުވި އެވެ.
މިހާތަނަށް އާންމުކުރި ނަތީޖާތައް ދައްކާ ގޮތުން ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ސުޕަ މެޖޯރިޓީއާ ގާތްކުރާ އަދަދަކަށް ގޮނޑިތައް ކާމިޔާބުވެފައިވެ އެވެ. އަދި އެމްޑީޕީއަށް ލިބުނީ ނުވަ ގޮނޑިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
23 April 2024
ބޮޑައިބަސް ބުނުމުގެ ހިތި ނަތީޖާ. ޔާމީނު މީހަކަށް ހެދީ ރައްޔިތުން. ޔާމީނު ފޮޓޯ ހިފައިގެން ނިކުން މީހުންނަށް ވޯޓު ނުދިނީވެސް ހަމަ ރައްޔިތުން.
ސަމްސިއްޔާ
22 April 2024
ކޮންމެ މީހަކު އަރާ މޭގައި އަތްޖަހާ ރައީސް ޔާމީންގެ ތާއީދާއޭ އެކުއޭ ބުނީމަ ހީވަނީ ލައްކައޭ. ޔާމީންނަށަ މިހާރު ވެފައި އެހުރި ހޮތަކީ މައުމޫނާއި އަންނިއަށް ވީގޮތް. ދެން ސިޔާސީ ހަޔާތް ނިމުނީ. ޖަމީލު އާއި މަލީހުއާއި ލައިގެން ފުލުސް ނިކިމެ ވަގުހޯދާ ކުޅުނިއްޔާ ދެން ރަނގަޅުވާނީ
ހުސްގޮނޑި
22 April 2024
ފޮޓޯ ޖަހައިގެންވެސް ކާމިޔާބެއް ނުވި ދޯ..މީކީ ފޮޓޯއަކުން ހުސްގޮނޑިއަކުންވާކަމެއް ނޫނޭ...
ކުރީ ޒަމާން
22 April 2024
ތި ޔާމީން އަކާ ނަށީދުއަކާ އިބޫ އަކާ އެއީ މާޒީ. ނިމުނީ. ވެރިކަމަ ހެދި ތަޅާވަރުން ގައުމު ހަލާކު. ދެންވެސް ހަމަޖެހުން ބާއްވާ ގައުމު ކުރި އެރުވޭތޯ ބަލާ.
ފެންނަގޮތް
22 April 2024
އެކަކުގެ ބޮޑާކަމާއި ކިބުރުވެރިކަމެވެ. އަނެކަކުގެ ހިއްތިރިކަމާއި މަޑުމޮޅިކަމެވެ. ފެންނަން ބޭނުންވަނީ ނަޒާހަތްތެރިކަމާއެކު ގައުމު ހިންގައި ތަރައްޤީ ކުރުމެވެ. ކޮރަޕްޝަނަށް ނޫނެކޭ ބުނަމުން، އުފެއްދުން ތެރިކަން އިތުރުކުމުވެވެ.
މަލީހު
22 April 2024
މިހާރު ޔާމީނަށްވެސް އެނގެންވާނެ ބޮޑު ފޮޓޯއާ ހުސްގޮނޑިން ނޫންކަން ވޯޓް ކާމިޔާބުވަނީ.
1828
22 April 2024
ހުސް ގޮނޑި އާއި ފޮޓޯ ފުޅު ދައްކައިގެން އަދި ބޭނުންކޮށްގެން ވެރިކަމަށް އައީ. އެކަމާއި ޑރ.މުޙައްމަދު މުޢިއްޒުވެސް ދެބަސް ނުވާނެ.
މަލީހު އެންޑް ޖަމީލު
22 April 2024
ވިދާޅުވެ ދެއްވަފާނަންތޯ ކަތިވަޅިއަކީ ކޮބައިތޯ، މަރިޔަނބަކީ ކޮބައިތޯ، ކޮށިދަނޑަކީ ކޮބައިތޯ؟ ވަރަށް ހިނިފުޅު ވެޑުވީމެއްނު ޕޯޑިއަމްގައި މިހެން ކިޔާފަ. ތިމާގެ ބޮޑާ އަދި ކިބުރުވެރިކަމުގެ ނަތީޖާ ފެނޭ؟
ޕަކާސް
22 April 2024
ޗެކްމޭޓް؟
ޢެޑްމުންޑޯ
22 April 2024
ޔާމީނަށް ރައްޔިތުން ތާއީދު ނުކުރާކަމާއި ޑރ މުއިއްޒަށް ރައްޔިތުން އިތުބާރުކުރާކަން ފާޅުކަން ބޮޑުކޮށް މިއެގިގެން ދިޔައި ، ދެންވެސް ބޭކާރު ވާހަކަ ދެއްކުމުން ދުރުވެ މައިތިރިވެގެން އުޅުމަށް ޔާމީނަށް ނަސޭހަތްދެން ،
ރައްޔިތުކަލޯ
22 April 2024
މިހެން މިކަން ވާނެކަމަށް މަ ބުނިތާ ކިތަންމެ ދުވަހެއް. ކުރީގެ އެއްވެސް ރައީސަކަށް މިހާރު ރައްޔިތުންގެ ތާއީދެއްނެތް. ރައީސް މައުމޫނުގެ 2 ބޭފުޅުން ފެއިލް، ރައީސް ސޯލިހު ގެ 2 ކޮއްކޯފުޅު ފެއިލް، ރައީސް ނަޝީދު އާ ރައީސް ޔާމީން ގެ ހުރިހާ ކެންޑިޑޭޓުން ފެއިލް. އެބޭފުޅުންނަށް ދެން އެންމެ ރަނގަޅުވާނީ ސިޔާސީ ދާއިރާގެ ކަންކަމާ ބެހި ވަޑައިނުގަތީ ރީތިކޮށް މަޑުން ތިއްބެވިއްޔާ!