ޕީއެންސީން ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ނިންމާލުމަށް މާލޭގައި ބޭއްވި ހިނގާލުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
22 އެޕްރީލް 2024 - 11:16
ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީ އަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ އިންތިހާބުން ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ މާލޭގައި ހަވާ އެރުވުމާ އެކު، ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ޕީއެންސީން ބުނީ "ދިވެހީންގެ ރާއްޖެ މަޖިލީހަށް - މަރުހަބާ"ގެ ނަމުގައި ދިވެހިންނަށް މަރުހަބާ އާއި ޝުކުރު އަދާކުރުމަށް އެ ކޯލިޝަނުން މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. އެ ޖަލްސާ ބާއްވާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށް އެ ޕާޓީން ބުންޏެވެ.
އެ ޖަލްސާ އަށް ހުރިހާ ދިވެހިންނަށް ވަނީ ދައުވަތު ދީފަ އެވެ.
"މި އިވެންޓަށް ފަހު ހަވާ އެރުވުން އޮންނާނެ،" ޕީއެންސީން ބުންޏެވެ.
އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީން ކާމިޔާބުކޮށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓުންނާއި ސަރުކާރަށް ވާގިވެރިވާ ކެންޑިޑޭޓުންނާ އެކު މިހާތަނަށް ވަނީ 71 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރާ އެކު، 20 ވަނަ މަޖިލީހަށް އިންތިހާބު ކުރާ 93 މެމްބަރުންގެ ސުޕަ މެޖޯރިޓީ ނުވަތަ ހަތަރު ބައި ކުޅަ ތިން ބައި ހޯދަން ބޭނުން ވަނީ 70 ގޮނޑި އެވެ. އިއްޔެ ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއެންޕީ އަށް އެއް ގޮނޑި އަދި އެމްޑީއޭ އިން ވެސް ވަނީ ދެ ގޮނޑި ކާމިޔާބުކޮށްފަ އެވެ.
އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެެއިން ސަރުކާރުން އެންޑޯޒްކުރި ބައެއް ކެންޑިޑޭޓުން ވެސް ވަނީ ގޮނޑި ޔަގީން ކުރައްވައިފަ އެވެ. އެހެންވެ، އާ މަޖިލިސް ފަށާނީ ސަރުކާރުގެ ސުޕަ މެޖޯރިޓީ ކަށަވަރު ކަމާ އެކު އެވެ.
މީގެ ފަސް އަހަރު ކުރިން 65 ގޮނޑި ކާމިޔާބުކުރި އެމްޑީޕީގެ ތާއީދު މިފަހަރު ވަނީ ވަރަށް ބޮޑަށް ފަނޑުވެފަ އެވެ. އެ ޕާޓީއަށް މިހާތަނަށް ލިބިފައިވަނީ އެންމެ 12 ގޮނޑި އެވެ. މަޖިލީހުގައި އެތައް ދައުރެއް ހޭދަކުރެއްވި އެމްޑީޕީގެ ސީނިއާ މެމްބަރުންނަށް ވެސް މި އިންތިހާބުގައި ވަނީ ނާކާމިޔާބުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހށނ
22 April 2024
ހޮވީ ހަވާއަރުވާ އިސްރާފުކުރާކަށް ނޫން. ކުރި ހުވާތަކާއި ވައުދުތައް ފުއްދާނެކަމަށް.
ޖެއްސު
22 April 2024
އަމިއްލަ ޖީބުން އެކުރަނީ މިއީ އެމްޑީޕީ ސަރުކާރެއް ނޫން ކުރާހާކަމެއް ސަރުކާރު ބަޖެޓުން ކުރާކައް
ފެންނާނެއޭ
22 April 2024
ތީގެ ހިތި ފެންނާނެ ޕީއެންސީ އަށް ވަރަށް ރީއްޗަށް ޔަގީނުން ވެސް އިނގޭ އެއްޗަކީ މަކަރާއި ހީލަތުން ކަން ވެރިކަމަށް އައީ ފެށުންގޯސް ކެއްޗާއި ހަމައަށް ދިޔަނަމަވެސް އެއޮންނާނީ ގޯސްކޮށް އެހެން ވެއްޖެނަމަ އެމެރިކާގެ ބާރު ތަކަށް މިހާރު ނިމުން އަންނަ ގޮތަށް ޕީއެންސީގެ ވެރިކަމުގައި ޕީއެންސީގެ ވެރިކަމަށް ނިމުން އަންނަ ތަން ފެންނާނެއޭ ފެންނާނެއޭ ފެންނާނެއޭ ފެންނާނެއޭ ފެންނާނެއޭ ފެންނާނެއޭ ފެންނާނެއޭ ފެންނާނެއޭ ފެންނާނެއޭ ފެންނާނެއޭ ފެންނާނެއޭ
ހަމަދު
22 April 2024
އެކަމު ތިހެން ކިޔަކިޔަ އޮއްވާ ފެނުނީ އެމްޑީޕީ ސަރުކާރައް ތިޔަހެންވީ ތަން
އޮޅުންސުވާލި
22 April 2024
ބޭނުމީ ހަވައެއްނޫން ތަރައްގީ... ތަރައްގީ އަވަސްކޮށްދީ..
ކުރިޔައް
22 April 2024
އެކަން ވެސްދާނެ ކުރިޔައް
ހަވާ ހަވާ
22 April 2024
ސުޕަމެޖޯރިޓީ ދިނީ މުޅި ރާއްޖޭން. ހަވާ މާލެއަށް. ވަރަށް ސަޅި. ޝުކުރިއްޔާ.
ފެންނަގޮތް
22 April 2024
ހޯއްދިކާމިޔާބީއަށް އުފަލުން ހުރެ މަރުހަބާކިޔަން.. ދަންނާށެވެ. ރައީސަކީ އެންމެންގެ ރައީސެވެ. ރައްޔިތުން ނަކީ އެންމެހާ ދިވެހި ރައްޔިތުންނެވެ.. ވަކި ކުލަޔަކަށް، ކަނދުރާއަކަށް ނުބަލައި އެންމެންނަށް ވެސް ހަމަ ހަމަކަމާއި އެކީ ވެރިކަން ކޮށްދޭށެވެ. އަދި ހިދުމަތް ދިނުމާއި ވައުދު ފުއްދުމުގައި ވަކި ދާއިރާގެ ކުލައަށް ނުބަލައި ކުރިއަށް ގެންދާށެވެ. މި 5 އަހަރު ހެޔޮގޮތުގައި ކުރިއަށް ގެންގޮސްފި ނަމަ ދެން އަންނަ 5 އަހަރަށް ވެސް އިތުބާރުކޮށް ފުރުސަތު ދޭނެއެވެ.
ޙޫރައިން
22 April 2024
އިސްލާމްދީނުގައި އަހަރެމެންނަށް އުގަންނައިދީފައިވަނީ އިސްރާފު ނުކުރުމަށެވެ. ހަވާ އެރުވުމަށް ތިހޭދަކުރާ ފައިސާ އަހަރެމެންގެ އަހުން ކަމުގައިވާ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް ހޭދަކޮށްލާށެވެ. ހަވާ އެރުވުމުން އެލިބެނީ ކުޑަކުޑަ ވަގުތުކޮޅެއްގެ ހިތްހަމަޖެހުމެކެވެ. ދާއިމީ އުފަލާއި ހިތްހަމަޖެހުމަށް އަވަދުވެސް އިސްކަންދޭށެވެ.
ދަތޫރާ
22 April 2024
ކީއްކުރަންހަވާއަރުވަނީބޭކާރުކަމެއް އިސްރާފުކުރުންުހުއްޓަންޖެހޭ ފައިދާއެއްނެއްކަންތަކުންދުރުވަންޖެހޭ ހަވާއަރުވަނީ އުފާފާޅުކުރުންކަމުގައިވާނަމަމީހުންދިރިއުޅޭހުރިހާރަައްަށެއްގާއެއްވަގުތަކާއަރުވަންވާނީއެވެސްއެއްމެހާރައްޔަތުންގެހައްގެއް
ޏިޖބބ
22 April 2024
ކެއުމެއް ނެތްތަ
މަރިޔަމް.
22 April 2024
ކާނެ ނުވަދިހަ ތިން މީހުން އެބަތިބި. އެމީހުން ފިސަހަރި ރަނގަޅަށް ކާލާނެ.
ކާލުން
22 April 2024
މިއީ ނިމިދިޔަ ސަރުކާރެއް ނޫން ހަމަ އެއްޗެއް ލިބޭ އިރައް ކާލާކައް