މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާ. --ފޮޓޯ: ނިޝާން އަލީ | މިހާރު
22 އެޕްރީލް 2024 - 22:50
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބީ ކުލަގަދަ ފާހަގަކޮށް، 20 ވަނަ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާނެ ކެންޑިޑޭޓުން ތައާރަފްކޮށްދީފި އެވެ.
މިރޭ އާޓިފިޝަލް ބީޗްގައި ޕީއެންސީ އަށް ތާއިދު ކުރާ އެތައް ބަޔަކާ އެކު އެ ޕާޓީން ބޭއްވި އެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.
މި އެއްވުމުގައި އިންތިހާބު ކާމިޔާބުކުރި ޕީއެންސީގެ 66 ކެންޑިޑޭޓުން ވަނީ ތައާރަފްކޮށްފަ އެވެ. އަދި ސަރުކާރުގެ ތާއިދާ އެކު އިންތިހާބުވި އަމިއްލަ ބައެއް ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އެމްއެންޕީގެ ކެންޑިޑޭޓުން ވެސް އެއްވުމުގައި ބައިވެރިވި އެވެ.
ދެން އުފެދޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ 66 މެންބަރުންނާއި ސަރުކާރަށް ތާއިދުކުރާ އެހެން މެންބަރުންނާ އެކު 74 މެންބަރުންގެ ސުޕަ މެޖޯރިޓީއެއް އޮންނާނެ އެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 93 އަކަށްވާއިރު ސުޕަމެޖޯރިޓީއަކީ 70 އެވެ.
މި ބޮޑު މެޖޯރިޓީ ފާހަގަކުރަން މިރޭ މާލޭގައި ފަސް މިނެޓަށް ހަވާ ވެސް އެރުވި އެވެ. އެ މަންޒަރު ބަލަން ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދަށް ޖަމާވި އެވެ.
މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާގައި ހަވާ އަރުވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަދި ޕީއެންސީގެ ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން ކުރި އިތުބާރުގެ މަތީގައި، މުޅި ސަރުކާރު އަޒުމް އާ ކުރަންވީ އިހްލާސްތެރިކަމާ އެކީގައި ކުރިއަށް ދިޔުމަށް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ސާބިތުކޮށްދިނީ، ގައުމުގެ މިނިވަންކަން ޔަގީންވެފައި އޮތުމަށާއި ތަރައްގީ ބާރު ދުވެލީގަ ހޯދުމާ އެކު ހަމަޖެހުމާއި ހިތްހަމަޖެހުން ބޭނުންވެފައި އޮތް މިންވަރެވެ.
"...ތިޔަ ދެއްވި އިތުބާރާ ދެއްވި ތާއީދުގެ މައްޗަށް އެތައް ގުނައަކުން މައްޗަށް ސްޕީޑު އަވަސްކޮށް، ރައްޔިތުން އެދޭ ތަރައްގީ ގެނައުމުގެ މަސައްކަތް. ދެން ފެށޭނީ ގައުމު ތަރައްގީވާން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ވަޒީރުންނަށާއި ސަރުކާރުގެ އިސްވެރިންނަށް ދަންނަވާލަން ބޭނުންވަނީ، ދެން ތިއްބަވަންޖެހޭނީ 24 ގަޑިއިރު ހޭލައޭ. ސީރިއަސްކޮށް މި ދަންނަވަނީ. އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭން."
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދެން ފެންނާނީ ސަރުކާރުގެ އިސްވެރިން ނުނިދާ ތިބެ، އަމަލީ ގޮތުން ކަން ކަން ކުރާ ތަނެވެ. ގެދޮވެރިކަމުގެ ދަތިކަން ފަދަ ޒަމާންވީ މައްސަލަތައް ދާއިމީކޮށް ހައްލުކޮށް، ޒަމާނުއްސުރެ ރައްޔިތުންނަށް ނުފުދިފައި ތިބި ހުރިހާ ކަމެއް ވާ ތަން ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާ. --ފޮޓޯ: ނިޝާން އަލީ | މިހާރު
ރައީސް ވަނީ ހިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް އެހެން ސިޔާސީ ޕާޓީތަކުން ވެސް ގައުމީ ތަރައްގީގެ މަސައްކަތުގައި ސަރުކާރާ އެކު މަސައްކަތް ކުރުމަށް މިރޭ ދައުވަތު ދެއްވައިފަ އެވެ.
"މި ގައުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ގައުމު، މި ގައުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ގައުމު، އެހެންވީމަ ހުރިހާ ބޭފުޅުން އެކުވެރިކަމާ އެކު އަތުކުރި އޮޅާލައިގެން އެންމެން އެކީގައި ހިނގާށޭ ކުރިއަށް ދާން. އޭގެން އެންމެންނަށް ވެސް ލިބޭނީ އުފާވެރިކަން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކު ހަމަހަމަ، ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް އެ ރައްޔިތަކީ މުހިންމު ރައްޔިތެއް. އެއިން ކޮންމެ ރައްޔިތެއް ދެކެ އަޅުގަނޑުގެ ހިތުގައި އޮތީ ލޯތްބާއި ގަދަރު. އެހެންވީމަ އެއްވެސް ބޭފުޅަކަށް ތަފާތެއް ނުކުރާނަން. އެ ބޭފުޅަކަށް އަޅާނެ ފިޔަވަޅެއް ނޯންނާނެ ސިޔާސީ ވިސްނުން ހުރި ގޮތަކުން."
ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީކޮށް ކުރިއަށް ގެންދިޔުމަކީ އެންމެންގެ ވެސް ފަހުރަކަށް ހަދަން ޖެހޭ ކަމަށާއި އެންމެން އެކުވެރިކަމާ އެކު ކުރިއަށް ދިޔައީމަ އެންމެން ވެސް ތިބޭނީ އުފަލުން ކަމަށެވެ.
"އަޅުގަނޑު މި ގޮވާލަނީ އެންމެން އެކުގައި ކުރިއަށް ދާން ހިނގާށޭ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލިދް
24 April 2024
އެންމެ ބޮޑު ކުރިއެރުމަކީ ރައީސް ބޮލުގަ އެޅުވި ދޮގު އިލްޒާމްތަށް ރައްޔިތުން ބަލައިނުގަތީމަ.
އާފާގްް
24 April 2024
މެންދުރުގެ އެންމެ ގަދަ ހޫނުގައި ރައީސް ކުރެއްވި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ލިބުމަކީ ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއް.
މާލިކްް
24 April 2024
ރައީސް މުއިއްޒުގެ ހިއްވަރާ އަޒުމަކަށް ބަދަލެއް ނާންނާނެކަން މިހާރު އިދިކޮޅަށް ސާފްވާނެ ކަމަށް އުންމީދުކުރަން.
ކުލްސޫމް
24 April 2024
މީ ހަމަ ތަފާތު ރައީސެއް. މި ރައީސް ފަހަތަކަށް ޖައްސައެއްނުލެވޭނެ.
ފެންނަގޮތް
23 April 2024
އެ އެއްވުމަށްވުރެ ރައީސް ދެއްކި ވާހަކަ އަށް ސަމާލުކަން ދިނުން މުހިންމެވެ.. އެންމެން އެކަތި ގަނޑަކަށްވެ ގައިމާއިގެ ކުރިއަށް ދާާށެވެ. ރުޅޖވެރިކަމާ، ހަސަދަ އެއްކިބާކޮށް އެކުވެރިވާށެވެ. އިސްލާމް ދީނުގެ މަތިވެރި އުސޫލުތަށް ދަމަހައްޓާށެވެ. އާއެކެވެ. ލޯ ހުޅުވިފަ ހުއްޓަސް ފެންނާނީ ބަލަން ބޭނުންވާ މަންޒަރެވެ. ކަންފަތް ނުބެދި ހުއްޓަސް އަޑު އުވޭނީ އަޑުއަހަން ބޭނުންވާ ވާހަކައެވެ..ގައުމައިގެން ދިވެހި އެންމެހާ ރައްޔުތުން ކުރިއަށްދަމާ ހިނގާށެވެ.ކުރިއަށް ގައުމު
ކައިފް ތައުފީގް
23 April 2024
ސުޕަރ މެޖޯރިޓީ އެއް ނޫން ދައްކާލީ. އެމްޑީޕީ އަށް ސައިކް ދައްކާލީ. ހަހަހަހަ
ޒާޖިލް
23 April 2024
ޕީއެންސީ އަށް ސުޕަރ މެޖޯރިޓީ ލިބިމުގެ ސަބަބުން އެމްޑީޕީ މީހުން ހާލުގަ ޖެހިދާނެ ކަމަށް އެމީހުން ބަލައިގެން ނުވާނެ. އެހެން ޒާތީވެ އިނދިކޮޅު މީހާ އެކަހެރި ކުރުން ނިމުމަކަށް އައިއްސި. އެކަތިގަނޑަކަށްވެ މަސައްކަތް ކުރަން ވީ ހަމަ އެންމެންވެސް. ހަމަހަމަ ކަމާ އެކު ޑރ.މުއިއްޒު ކަންކުރައްވާނީ
ހަލީމް މުހައްމަދު
23 April 2024
އަޅެ ފާހަގަ ނުކުރާ ވަރެއް ނޫނޭ. ބަޔަކު ހަމަ ރަނގަޅަށްވެސް ރޮއްވާލާއިފި
ފެންނަން ހުރި ޢިބްރަތް
23 April 2024
އެމްޑީޕީ 2018ގެ ވިސްނުމާ ޕީއެންސީ ރައީސް މުޢިއްޒުގެ ވިސްނުމުގެ ހުރި ތަފާތު މިފެންނަނީ. 2018 ގައި ރައީސް އިބޫއަށް އޮތް ޕީޕީއެމް ފިޔަވާ ހުރިހާ ޕާޓީއެއްގެ ތާއީދާއެކު ގުޅިގެން 75 މެމްބަރުންގެ މަޖްލިސް ލިބެން. އެކަމަކު ނަޝީދު އިސްވެ ޕާޓީތައް ބޭރުކޮށް ރުޅިއަރުވާފާ 65 ގޮނޑި ޕާޓީއަށް ހޯދާގެން ރައީސް އިބޫގެ ސަރކާރު ބްލެކްމެއިލްކޮށްގެން ވެރިކަން ފުރޮޅާލަން އުޅުނީ! އިބޫއާ އަންނީގެ މި ހަނގުރާމާގަ ގައުމު ކޮރޮޕްޓްކޮށް ބޭރަށް އަޅުވެތިވެ ދެވެރިންވެސް ހަފުސްވީ!
ބުރު ސޫރަ
22 April 2024
MDP ން ވެސް މެޖޯރިޓީ ދެއްކި!އެކަމަކު ފެނުނީ ޕާޓީ ދެކަފިވެ މިހާރު އެއޮތީ ބާރަ އަށް ވެއްޓި ފައި! އެހެންވީމާ ތިޔަ މެޖޯރިޓީ ވޯރކު ކުރާނެ ކަމެއް އަދި ނުބެލެވޭ!!
ލޯގަނޑު
23 April 2024
ބަލަ މީ އެމްޑީޕީ ތަ؟ ރައްޔިތުން މުއިއްޒު ބަލައިގަތީ ފުރަތަމަ ފަހަރަށް މާލޭ ސިޓީ މޭޔަރު ކަމަށް. ދެން ވެރިކަމަށް ގެންނަަން. ގައިމު ކަމެއް ވީމަ ދޯ މަޖިލީސް މިވަރަށް ދޭނީ. އިތުބާރު ކުރާތީ. މުއިއްޒު ދުވެލި ހުރި ވަރު ބަލާލީމަ ތަފާތު ވަރު ފެންނާނެ. މިދާ ވަރުގަ ދަންޏާ މުއިއްޒު ލޯކަލް ކައުންސިލް އިންތިހާބުވެސް ނަގާނެ. ދެން އޮތް ދައުރު ވެސް ނަގާނެ. އެއްވެސް ޝައްކެތް ނެތް