ޕީއެންސީއާ އަލުން ގުޅުނު ހަ މެންބަރުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކެބިނެޓްގެ މިނިސްޓަރުން: ޕީއެންސީއަށް ވަނީ 72 މެންބަރުން ހަމަވެފައި
24 އެޕްރީލް 2024 - 13:14
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ހޯއްދެވި އަމިއްލަ ހަ ކެންޑިޑޭޓަކު ސަރުކާރު ހިންގާ ޕީއެންސީ އަށް އަލުން ސޮއިކުރުމާ އެކު، ސީދާ އެ ޕާޓީގެ މެންބަރުންގެ އަދަދު 72 އަށް އަރައިފި އެވެ.
އެ ހަ ކެންޑިޑޭޓުންގެ ތެރެއިން ފަސް ބޭފުޅަކު ކުރިން ވެސް ތިއްބެވީ ޕީއެންސީގަ އެވެ. އެކަމަކު، ރަސްމީކޮށް ޕީއެންސީގެ ޓިކެޓު ލިބުނު އެ ދާއިރާތަކުގެ ކެންޑިޑޭޓުން ފިޔަވައި އެހެން ކެންޑިޑޭޓުންނަށް ޕީއެންސީން ފަހުން ތާއީދު ކުރަން ނިންމުމުން ޕާޓީން ވަކިވެ، އަމިއްލަ ގޮތުން ވާދަކުރެއްވީ އެވެ.
ކުރިއަށް އޮތް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 93 އަށް ވާއިރު ގާނޫނުއަސާސީ އިސްލާހު ކުރެވޭ ވަރުގެ ސުޕަމެޖޯރިޓީ އަކީ 70 އެވެ. ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައިގެން ކާމިޔާބުކުރެއްވި 66 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރައްވައި، އެކަމަކު ޕީއެންސީން ފަހުން ތާއިދުކުރި ހަ ކެންޑިޑޭޓުންނާ އެކު، 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީގެ ޖުމްލަ އަދަދަކީ މިހާރު 72 އެވެ.
މީގެ ކުރިން ޕީއެންސީން ސުޕަ މެޖޯރިޓީ ގުނަމުން ދިޔައީ އަމިއްލަ މެންބަރުންނާއި ސަރުކާރަށް ތާއިދު ކުރާ ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އާއި އެމްއެންޕީގެ ހަތަރު މެންބަރުން ވެސް ހިމަނައިގެންނެެވެ. އެ ހަތަރު މެންބަރުން ހިމެނުމުން ސަރުކާރު ކޯލިޝަންގެ މެންބަރުންގެ އޭރު އަދަދު 76 އަށް އަރަ އެވެ.
ސަރުކާރު ހިންގާ ޕާޓީއަކުން މަޖިލީހުގައި މިހާ ގިނަ ގޮނޑި ކާމިޔާބުކުރި މިއީ ފުރަތަމަ ފަހަރެވެ. މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އޭރު ސަރުކާރުގައި އޮތް އެމްޑީޕީ އަށް ވެސް ސުޕަ މެޖޯރިޓީ ލިބުނެވެ. އެއީ 65 ގޮނޑި އެވެ.
އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ޕީއެންސީން ވަކިވުމަށް ފަހު އެ ޕާޓީ އާ އަލުން ގުޅިފައިވާއިރު މިދިޔަ މަސް ތެރޭ ރައްޔިތުންގެ މަޖިލީހުން އޮތީ އެންޓި-ޑިފެކްޝަންގެ ގާނޫނެއް ފާސްކޮށްފަ އެވެ.
އެ ގާނޫނުގައިވާ ގޮތުން މެންބަރު އިސްތިއުފާ ދޭން ޖެހޭ އެއް ހާލަތަކީ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
26 April 2024
ވަކި މުއްދަތެއް ނެތި، ރައީސުކަން، ދަރިދަރިއަށް މުނިމުންޏަށް، ވާރުތަވާގޮތަށް ބަދަލުކޮށްފިނަމަ އަދި މާ މަޖާވާނެ ދޯ؟ ޔޫގެންޑާގެ މައްސޫރު ރައީސް. ހިޒް އެކުސެލެންސީ ފީލްޑް މާރުސިލް ޑަކުތަރު އަލްހާއްޖު އީޑި އަމީން ޑާޑާ ރައިސްކަން ކުރީވެސް ގާނޫނު އަސާސީއަށް އެފަދަ ބަދަލެއް ގެނެސްގެން. ރާއްޖޭގަވެސް ހަމަ މި ބަދަލު ގެނެވެން އެބަ ޖެހޭ، އުސޫލެއްގެ ގޮތުން، މިހާރުން މިހާރަށް. މާތުރަ.
އަބްޑޫޅް +
26 April 2024
"ސަރުކާރު ހިންގާ ޕާޓީއަކުން މަޖިލީހުގައި މިހާ ގިނަ ގޮނޑި ކާމިޔާބުކުރި މިއީ ފުރަތަމަ ފަހަރެވެ." މިއީ ސޮއްހަ ވާހަކައެއް ނޫން. 1953 ވަނަ އަހަރު، އޭރު ސަރުކާރު ހިންގި، "ރައްޔިތުންގެ މުތަގައްދިމް ފާޓީ" ގެ ސައްތައިން ސައްތަ އަގުލަބިއްޔަތު އޮތް. އެއީ ރާއްޖޭގަ އެންމެ ފުރަތަމަ ރަޖިސްތަރީ ކުރެވުނު ސިޔާސީ ޕާޓީ.
ޔަޢުގޫބު
25 April 2024
މި ވީ 5 ވަރަކަށް މަސް ތެރޭ އެމްޑީޕީ މެންބަރުން ކުރި ޖެއްސުން ރައްޔިތުން ބަލާ ނުގަންނަކަން މިކަމުން ވަރަށް ސާފު
ބަޑިތަކުރު
25 April 2024
ރިޔާސީ އިންތިޚާބުގައި ވޯޓް ނުދިން ނަމަވެސް މިފަހަރު ވޯޓްދިނީ ގައުމުގައި ހަމަޖެހުން ގާއިމުކޮށް، ގައުމު ތަރައްގީކޮށް، ސްޕީޑް ހަލުވިކުރެވޭނީ މަޖިލިސްލިބިގެން ކަމަށް ބުނީމައެވެ. އެހެންކަމުން މިހާރަކު ދެން ވައުދުތައް ފުއްދުމަށާއި ގައުމުގައި ހަމަޖެހުން ގާއިމުކޮށް ތަރައްގީގެ ދުވެލި ހަލުވިކުރުމަކަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެއެވެ. އޭގެ އިތުރަށް ބޮޑު އަޣުލަބިއްޔަތު ބޭނުންކޮށްގެން ދެން ހޮވޭ މަޖިލީހެއްގެ ޢަދަދު މަދުކޮށް ލިމިޓްކޮށް، ޕޭކޮމިޝަންގެ ބާބު
ނަނަނަ
25 April 2024
ގާނޫނުއަސާސީ ބަދަލު ކޮށްގެން ރައީސްގެ ދައުރު 10 އަހަރަށްވެސް ބަދަލު ކުރެވޭނެ… މިގޮތް ކިހިނެތްބާ މުއިއްޒު ސަޕޯޓަރުންނަށް؟
ސަމާހް އަލީ
25 April 2024
ކޮބާ އަޒުލް ކުރުން ކިހިނެއް ވަނީ އެމްޑީޕީ؟ ކޮބާ އެންޓި ޑިފެކްޝަން ގާނޫން.
އިފާދާ
25 April 2024
ރައީސް މުއިއްޒްމެންގެ ހިކުމަތްތެރިކަން މިއީ. ބަޔަކު މީހުން 30 ގޮޑިވެސް ނުލިބޭނެޔޭ ކިޔަކިޔާ ތިއްބާ މި ހޯދީ ސުޕަރ މެޖޯރިޓީ!
ގުޑްލަކް
25 April 2024
އެއީ މިހާރު ވެރިކަން އޮންނަ ބަޔަކަށް އަބަދުވެސް ލިބެމުންދާ އެއްޗެއް. ތިކަމާ މާބޮޑަށް އާޝޯޚުވެވޭކަށް ނެތް.
ނައުޝޫދު
25 April 2024
މި މަ ބޭނުންވާ ގޮތް. އިނގޭ ރައީސް މުއިއްޒް ނިކަން ތަރައްގީ ކޮށްލާނެ ކަން.
ނީލާމް މުހައްމަދު
25 April 2024
މީގެ ސަބަބުން ގައުމު ހިންގަން މި ލިބުނީ ރަނުގެ ފުރުސަތު. އިންޝާﷲ ރައީސް މުއިއްޒް ގައުމު ބޮޑު ތަނުން ކުރި އަރުވާނެ.
ނިލިސް
25 April 2024
މަޖިލިސް ލިބުމުން ކަންކަން ކުރެވޭނަމަ މި 5 އަހަރުގައި ކުރެވެންޖެހޭނެ.