އީސީގެ ކުރީގެ މެމްބަރު ހަބީބު
24 އެޕްރީލް 2024 - 17:47
މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ޕީއެންސީން ވަކިވުމަށް ފަހު، އަލުން މިއަދު އެ ޕާޓީއާ ގުޅިވަޑައިގެންނެވި ކެންޑިޑޭޓުންގެ ގާނޫނުއަސާސީގައި ބުނާ ޝަރުތު އުނި ނުވާ ކަމަށާއި އަދި މިހާރު މަޖިލިހުގެ ކޮންޓްރޯލް އޮތް އެމްޑީޕީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނާ ވެސް ހިލާފު ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ މެމްބަރު އިސްމާއިލް ހަބީބު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، މިނިވަން މެމްބަރުންގެ ގޮތުގައި ހޮވިވަޑައިގަތުމަށް ފަހު، ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެ ދެއްކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގައި އެކި ފަހަރު މަތިން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ހަބީބު ވިދާޅުވީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ އެއްވެސް ޝަރުތެއް އެ ހަ ބޭފުޅުންގެ އުނި ނުވާ ކަމަށެވެ.
އެހެން ނޫނަސް އޭނާ ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގެ 30 ވަނަ މާއްދާ އާއި 59 ވަނަ މާއްދާ އާއި 63 ވަނަ މާއްދާ އާއި 69 ވަނަ މާއްދާ އަދި 73 ވަން މާއްދާގެ (ބ) އާ ހިލާފަށް އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އެއްވެސް ހައްގެއް ގާނޫނަކުން އުނު ނުކުރެވޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުން އަމިއްލަ އަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އެމްޑީޕީގެ މެމްބަރުން އިސްވެ، އެންޓި ޑިފެކްޝަންގެ ގާނޫނު ކުއްލި ގޮތަކަށް މި މަހުގެ 1 ގައި ފާސްކުރި ނަމަވެސް އެ ގާނޫނުން ވަރަށް ގިނަ މައްސަލަތައް ގާނޫނީ ބޭފުޅުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.
ޕީއެންސީއާ މިއަދު ގުޅިވަޑައިގެންނެވި ހަ ބޭފުޅުން ރައީސް މުއިއްޒާ އެކު ފޮޓޯއެއް ނަންގަވަނީ: މި ހަ ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅަކު ކުރިން ވެސް ތިއްބެވީ ޕީއެންސީގައި.
އޭގެ ތެރެއިން އެއް ކަމަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ޝަރުތުތައް އުނިވާނެ ޝަރުތުތައް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާއިރު، ގާނޫނުއަސާސީގައި ނެތް ޝަރުތުތަކެއް ގާނޫނުގައި ހިމަނާފައި ވުމެވެ. އެހެންވެ، އެންޓި ޑިފެކްޝަން ގާނޫނު، ގާނޫނުއަސާސީއާ ހިލާފު ކަމަށް ގާނޫނީ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
ޕީއެންސީ އަށް އަލުން ސޮއިކުރެއްވި މެމްބަރުންގެ އެ ނިންމެވުމަށް އިޝާރާތް ކުރައްވައި ހަބީބު ވިދާޅުވީ، އެންޓި ޑިފެކްޝަން ނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބުވެވަޑައިގެންފައިވާ ކޮންމެ ބޭފުޅަކު ވެސް އަންނަ މޭ 28 ގެ ކުރިން އެ ބޭފުޅަކު ބޭނުންވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެ ގާނޫނުގައިވާ ގޮތުން މެންބަރު އިސްތިއުފާ ދޭން ޖެހޭ އެއް ހާލަތަކީ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތެވެ.
އެކަމަކު، އާ މަޖިލިހުގެ ދައުރު ފެށޭނީ އަންނަ މަހުގެ 28 ގަ އެވެ. އެހެންވެ، އެންޓި ޑިފެކްޝަންގެ ގާނޫނު އޮތަސް ޕާޓީތައް ބަދަލުކުރުމުގެ ފުރުސަތު ބަންދެއް ނުވެ އެވެ.
- ހުރާ ދާއިރާއިން އިންތިހާބުވި ޑރ. އަނާރާ ނައީމް
- މަތިވެރި ދާއިރާ އިން އިންތިހާބުވި ހަސަން ޒަރީރު
- މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޒަމީރު
- ތިމަރަފުށި ދާއިރާ އިން އިންތިހާބުވު އަހުމަދު ރިޔާޒް
- ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން އަބްދުﷲ
- ވިލިނގިލި ދާއިރާ އިން އިންތިހާބުވި އާޒިމް އަބްދުލް އަޒީޒް
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއާ މިއަދު ގުޅިވަޑައިގެންނެވި ހަ ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅަކު ކުރިން ވެސް ތިއްބެވީ އެ ޕާޓީގަ އެވެ. މިއަދު ސޮއިކުރެއްވި ހަ ބޭފުޅުންގެ ތެރެއިން ޕީއެންސީ އަށް އާ ބޭފުޅަކީ އަމިއްލަ ގޮތުން ތިމަރަފުށި ދާއިރާ އަށް ވާދަކުރެއްވި އަހުމަދު ރިޔާޒެވެ. އަނެއް ފަސް ބޭފުޅުން ޕީއެންސީން ކުރިން ވަކިވެވަޑައިގަތީ ރަސްމީކޮށް ޕީއެންސީގެ ޓިކެޓް ލިބުނު ކެންޑިޑޭޓުންގެ ބަދަލުގައި އެ ފަސް ބޭފުޅުންނަށް ތާއީދު ކުރަން އެ ޕާޓީން ނިންމުމުންނެވެ.
ޕީއެންސީ އަށް މިއަދު ސޮއިކުރެއްވި ހަ ބޭފުޅުންނާ އެކު، 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ މިހާރު ވަނީ އެހެން އެއްވެސް ޕާޓީއެއްގެ އެހީތެރިކަމާ ނުލައި ޕީއެންސީ އަށް ލިބިފަ އެވެ. އާ މަޖިލިހުގައި ޕީއެންސީގެ 72 މެމްބަރަކު ތިއްބަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞިލްމް
27 April 2024
މާމޮޅު ވިޔަފާރިއެއް ދޯ
ދޮން ހަސީނާ
25 April 2024
މިކަމުގެ ހިކުމަތަކީ ޕާރޓީއިން ޚަރަދުކޮއްގެން ހޮވޭ މެމްބަރުން އެހެން ޕާރޓީތަކަށް ބަދަލުވުން ހުއްޓުވުން. އަމިއްލަގޮތުން ވާދަކުރާމީހުން ޚަރަދުކުރާނީ ޕާރޓީއަކުން ނޫން. އެމީހުން ޕާރޓީ ބަދަލު ކުރުމަކީ މައްސަލައެއްނޫން. އެމިނިވަންކަން އެމީހުނަށް އޮންނަންޖެހޭނެ.
މާލްދީފީ
25 April 2024
އެ ބައިގަނޑު، ހުރިހާ ބާރެއްގައި ބައްދާ ބަގުޑި ލައިގެން ތިބި ދުވަސްވަރު ކިއިހާ ޅެމެއް އެ ދިޔައީ ފަރިއްސަށް ވެގެން. ފެހުނު އިލޮށި އަމިއްލަ ލޮލަށް. އަދި ކޮބާ. އުދަރެހުން އޮއްސި ފައިބާގެން ދާ ތަރިތަކުގެ އެއްވެސް އަލިކަމެއް ފެންނާނެ އެއްގޮތެއްވެސް ނޯންނާނެ. ވިޔަސް، ނުވިޔަސް ހަޖަމުކޮށްލައިގެން ތިބުން ނޫން އެހެން ގޮތެއް ދެނެއް ނެތް.
މާހިރު
25 April 2024
ޕާޓީތަކުން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް އެބައިމީހުން ހަދާ ޤާނޫންތަކަކީ ޕާޓީގެ މަސްލަޙަތުތައް ހިމާޔަތްކުރުމަށް ހެދޭ އެއްޗިއްސަށްވުމުން ޤާނޫންތައް އޮންނަނީ އެއްވެސްތަނެއްގައި ލައްވާނުލައެވެ. އެހެންނޫންނަމަ ވަކިޕާޓީއެއްގެ ފަރާތުން ހޮވޭމީހަކު ހުވާކުރުމުގެ ކުރިންވެސް ޕާޓީ ބަދަލުކުރެވޭނެގޮތެއް އޮވެގެން ނުވާނެއެވެ. ފަހުން ދިމާވާ މައްސަލައަކާއި ގުޅިގެން ޕާޓީ ބަދަލު ކުރުމަށްވުރެ އަދި ހުވާވެސް ނުކުރެވިގެން އުޅެނިކޮށް ޕާޓީބަދަލުކޮށްލުން މާހުތުރެވެ.
އަލަތު
25 April 2024
ދެން ކޮން ސުވާލެއްބާ އުފެއްދީ ބަސް ބުނުމުގެ ކުރިން ތި ހުރިހާ ދިރާސާއެއްނުކޮށް
އެމްޑީޕީގުންބޯ
25 April 2024
ތިޔަގާނޫނަނީ އެމްޑީޕީގެ ފަރާތުން އެބުރި ގޭސްގަނޑެއް. އެމްޑީޕީއިން ހީކުރީ ގޮޑިތަށް ދެޕާޓީއަށް ވަރަށް ހަމަ ހަމަ ވާނެކަމަށް. ތިގޮތަށް ބޭވީ ހުވާކުރުމުގެ ކުރިން ޑީލް ހަދާ މެޖޯރިޓީ ދަމައިގަންނަން. އެކަމު އެގޮވީ އަތަށް
އުނެއިޝް
25 April 2024
ރައީސް މުއިއްޒު މިހާރު މަޖިލިހުގެ މެޖޯރިޓީ ހަމައެކަނި ޕީއެންސީއިން ނެގިނެގުން އެއީ ހަމަ ތަފާތު މޮޅު ކަމެއް.
ޔާސިރްް
25 April 2024
އަމިއްލަ މެންބަރުންގެވެސް އޮންނަންޖެހޭނެ ޗޮއިސްއެއް. މަރުހަބާ ރައީސް
މާސިހާާ
25 April 2024
މަރްހަބާ އަލަށް ގުޅިވަޑައިގެންނެވި ހުރިހާ މެންބަރުން.
ނަސީމްް
25 April 2024
ތެޅިފޮޅިގަނެ އެންޓި ޑިފެކްޝަން ގާނޫން ހެދީ ހިތުން ޕީއެންސީއަށް ގެއްލުން ދޭން