30 އެޕްރީލް 2024 - 10:23
މިނާސް ގެރައިސް (އޭޕްރީލް 30) - ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯގެ ހިއްސާ އޮންނަ ދެ ކްލަބް ވިއްކާލަން އޭނާ ނިންމުމުން، އެ ދެ ޓީމުގެ ސަޕޯޓަރުން ރުޅިގަދަ ވެއްޖެ އެވެ.
ރޮނާލްޑޯގެ ހިއްސާ އޮންނަ ބްރެޒިލްގެ ކްލަބް، ކްރޭޒޯ ވިއްކާލަން އުޅޭކަން އިއްޔެ އޭނާ ވަނީ ހާމަކޮށްފަ އެވެ. އަދި ސްޕޭނުގެ ކްލަބް، ރެއާލް ވަލޮޑޮލިޑް ވިއްކާލުމުގެ ވިސްނުން ވެސް އޭނާ ގެންގުޅޭކަން ވަނީ ހާމަކޮށްފަ އެވެ.
ބައެއް ސަޕޯޓަރުން ބުނަނީ ރޮނާލްޑޯ، ކްލަބަށް އިންވެސްޓް ކުރަން ބޭނުން ނުވާތީ، ކްލަބް ވިއްކާލަން އުޅެނީ ކަމަށެވެ. ކްރެޒޯރޮ ގަތުމަށް ފަހު ރޮނާލްޑޯ ވަނީ އެ ކްލަބަށް އިންވެސްޓް ކުރާނެ ކަމަށް ވައުދު ވެފަ އެވެ.
އޭނާ، 2021 ގައި ކްރޭޒޯ ގަތީ 78 މިލިއަން ޑޮލަރަށެވެ. އެ ކްލަބް ވިއްކާލީ 117 މިލިއަން ޑޮލަރަށެވެ.
"ބައެއް މީހުން އަހަރެންނާ ޖައްސާލައިގެން ވާހަކަ ދައްކަނީ މާ ބޮޑަށް. އެކަމަކު އެއީ އަހަންނާ ގުޅޭނެ ކަމެއް ނޫން،" ކްރުޒޭރޯ އިން ކުޅުންތެރިޔެއްގެ ގޮތުގައި ކެރިއާ ފެށި ރޮނާލްޑޯ ބުންޏެވެ.
"އަހަންނަށް އެނގޭ ވަރަށް ގިނަ ސަޕޯޓަރުން އަހަރެންގެ މަސައްކަތަށް ޝުކުރުވެރިވާކަން . އަހަރެން ބޭނުން ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ކްރެޒޯ އަށް ކުރިއެރުން ހޯދަން. އަހަރެން މަސައްކަތް ހާސިލުވެއްޖެ. އެއީ އަބަދުވެސް ހިޔާލަކީ. އަދި އެންމެ ރަނގަޅު ވަގިތުގައި އެކަމަށް އެންމެ އެކަށޭނެ ފަރާތަށް ކްލަބް ހަވާލު ކުރުން."
ވަޔަޑޮލިޑްގެ މެޖޯރިޓީ ހިއްސާދާރު ބުނީ އެ ކްލަބް ވިއްކާލުމުގެ މަސައްކަތް ދެން ކުރިއަށް ގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy