08 މެއި 2024 - 11:00
ކެތު ލެބު ގާއިމްކޮށް ނިންމިއަސް، ހިދުމަތް ދެވޭނެ ގޮތެއް އަދި ނެތް ކަމަށް، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު އަހުމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ ފުރިހަމަ ވަސީލަތްތަކާ އެކު ކެތު ލެބުގެ ސެޓަޕް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެކަމަށް ނަރުހުން ތަމްރީނުކޮށް، އެ ހިދުމަތްތައް ފެށުމަށް ވަރަށް އަވަހަށް ކާޑިއޮލޮޖިސްޓެއް ރާއްޖެ އަންނާނެ ކަމަށް ޔާސިރު ވިދާޅުވި އެވެ.
ނަމަވެސް، ކެތު ލެބުގައި ޕްރޮސީޖާތައް ހެދޭނީ އިންޓަވެންޝަނަލް ކާޑިއޮލޮޖީ ކިޔަވައިގެންނެވެ. އޭއީއެޗަށް ދާން ހަމަޖައްސާފައި ވަނީ ހިތުގެ ބަލީގެ އާއްމު ޑޮކްޓަރެކެވެ.
ކެތު ލެބުން ހިތުގެ ބަލިތަކަށް އެންޖިއޯގްރަފީ، އިންވޭސިވް އަދި ނޮން އިންވޭސިވް ޕްރޮސީޖާތައް ހެދޭނެ އެވެ.
ޔާސިރު ވިދާޅުވި ގޮތުގައި އެންމެ ކާޑިއޮލޮޖިސްޓެއް ހުރެގެން މެދުނުކެނޑި އެ ފަރުވާތައް ވެސް ދެވޭނެ ގޮތްތައް ބަލަން ޖެހޭނެ ކަމަށެވެ. އެހެންވެ، އެ ފަރުވާތައް ފެށުމަށް އައިޖީއެމްއެޗާ ގުޅިގެން ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގައި ގާއިމްކުރި ކެތުލެބު ހިންގަނީ އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލާ ހަވާލުކޮށްގެންނެވެ. ދިހަ އަހަރަށް ހެދި އެއްބަސްވުމުގެ މުއްދަތު ނޮވެމްބަރު 15، 2025 ގައި ހަމަވާނެ އެވެ.
"އަޅުގަނޑުމެންގެ އެކަށީގެންވާ މުވައްޒަފުންނެއް ނެތް އަދި ނެތް. އެހެންވެ، އެހެން ފަރާތްތަކާއެކު ވެސް މަޝްވަރާކުރަން އެބަ. ބޮޑަށް ހީވަނީ އައުޓްސޯސްކޮށްގެން ހެން ކެތުލެބު ހިންގާނީ." ޔާސިރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޑޫބައްޑާ
10 May 2024
އައްޑޫގަ ކޮންކަމެއް ރަނގަޅީ. ފެނެއް ކަރަންޓެއް ސިއްހީނިޒާމެއް އެކައްޗެއްވެސް ނެތް އަންނަ ކޮންމެ ސަރުކާރަކުން އެންމެ އިސްކަންދީގެން ކުރަން ނުޖެހޭ. ޢަބަދު އަޑުއިވެނީ އައްޑޫގަ ކަންކަން ނުކުރެވި އޮންނަ vaahakަ. ތަސައްރަފް ނުފުދޭ އާބާދީއެއްވީމަ އަބަދު ސަރުކާރުތަކުގަ ސަލާންޖަހާ ލިސްޓިގަ އެންމެ ކުރީގަ އޮންނަނީ.
ބޮޑުއަލިފުތާ
09 May 2024
އައްޑޫމީހުން އުޅުނު ގޮތުން ހައްލުނުވެ ހުރިކަންކަން. މާބޮޑަށް އެމްޑީޕީވެ އެސަރުކާރުން ދެއްކި އަވާމެންދުރެއްގައި އުޅެވިފައިތިބުން. ބޮޑުސިންގާ އާބާދީއަކަށް ފެންސަޕްލައިކުރަން ލޮޓާބުރިއަކަށް ފެން އަޅައިގެން، ކަރަންޓަށް ދެބޮކިދިއްލޭވަރު މޯޓަރެއް ބަހައްޓައިގެން، ހޮސްޕިޓަލެކޭބުނެ ފަސްޓުއެއިޑް ޕޯސްޓެއް ހަދައިގެން އުޅުނު އިރު މިކަން ހައްލުކުރާނެ ސަރުކާރެއް މިވާހަކ ދައްކާނެ މެންބަރެއް މޭޔަރެއް ކައުސިލަރެއް ނެތި އެއްގޯސްވެފައި ތިބެވުން. ފަ
ޖޫސްބޮޑޫ
08 May 2024
އައިޖީއެމްއެޗްގަ ތިބި އައްޑޫ ހިތުގެ ޑޮކްޓަރުން ތިޔަތަނަށް ބަދަލުކުރެވިދާނެ ނޫންތޯ
އޮނަރަބްލް އަފީފު ދީދީ
08 May 2024
އައްޑުއަކީ ރާއްޖޭގައި Medical Tourism ތައާރަފުކޮށް ކާމިޔާބުކުރަން އެންމެރަނގަޅުތަން ކަމުގައިވާއިރު ސިޓީކައުންސިލުން މިކަމަށް އިސްނަގާކަށްނުވޭތޯ. # އައްޑޫ ހިއްކިބިމުން 1 ލައްކަ އަކަފޫޓްގެ ބިން (އެހެންބިމަކާއިގުޅިފައިނެތް ވަށައިގެން މަގު އޮންނަގޮތަށް) ތިންސަތޭކަ އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރަން ޙާއްސަކޮށްފައި އެތަނަށް އިންވެސްޓްކުރާނެބަޔަކު ލިބޭތޯ ރާއްޖެއާއި ބޭރުގެފަރާތްތަކާއި ވާހަކަދެއްކުން ރަނގަޅު. މިއީ ނުވާވަރު ކަމެއްނޫން އިގޭތޯ.
އޮނަރަބްލް އަފީފު ދީދީ
08 May 2024
ރާއްޖޭގެ ADK Hospital ނުވަތަ Tree Top Hospital މިކަމަށް ޝައުޤުވެރިވާނަމަ، ސަރުކާރާއިއެކު އެއްބަސްވުންއެކުލަވާލާ ދައުލަތުގެ ސޮވަރިންގ ގެރަންޓީގައި ހޮސްޕިޓަލް އިމާރާތްކުރަން ޗައިނާ، ތުރުކީ، ކޮރެއާ ނުވަތަ ޖެޕާން ކުންފުންޏަކާއި ޙަވާލުކޮށްފިނަމަ، މިސަރުކާރުގެ ފުރަތަމަދައުރު ނިމުމުގެކުރިން ހޮސްޕިޓަލްއިމާރާތް ނިންމާ ޙަވާލުކުރާނެ. # ވިލާ ޤްރޫޕާއި Universal Group ވެސް މިދާއިރާއަށް އިންވެސްޓްކުރަންތައްޔާރުނަމަ އެފަރާތަށްވެސް މަގުހުޅުވާފައިބޭއްވުން ރަނގަޅު.
އަފްރާސިޔާބު
08 May 2024
އެއިރުންތާ ކެވޭނީ. ކެތުލެބް ގާއިމް ކުރިއިރު އެހިންގޭވަރުގެ މީހަކު ބިނާކުރެވިފައެއް ނެތް. ތިޔަ ކެތުލެބް އަށް މިހާރު 100 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވަނީ. ތިޔަތަން ގާއިމްކުރުމަށް އިޚްލާސް ތެރިކަމެެއް ހުރިނަމަ ފުރަތަމަ މީހުން ތަމްރީނު ކުރާނީ. ތިޔަ އެއްޗެއް ގާއިމްކުރަން 2013 ވަނައަހަރު މެސިން ގެނެސްފައި ބަޔަކަށް ލާރި ގަނޑެއް ދިން ގޮތަށް މީހުން ބިނާކުރުމަށް ލާރި ޚަރަދު ކުރިނަމަ މިހާރު ހިންގޭހާ މީހުން ތިބޭނެ.
ނަރީޝް.
08 May 2024
ހޮސްޕިޓަލުގައި ކެތުލެބުގެ ފަރުވާ ދެެވން ކުރިނަކުންވެސް ނެތް.ކުރިންވެސް އައްޑޫ މީހުން ތިބީ ފަރުވާ ހޯދައިގެން. މިހާރުވެސް ގަމުން އައްޑުއަށް 900ރ އަށް ދެވޭނެ. އަދި ތަންކޮޅެއް ތަނަވަސް މީހުނަށް ހަފުތާއަކު 3 ދުވަހު ލަންކާ އަށް ދެވޭނެ. ދެން ކީއްވެ ފަރުވާ ނުލިބެންވީ ؟
ނަރުކެޑި.
08 May 2024
އައްޑޫ މީހުންގެ ކަންތައް ވަރަށް ބޮޑުވާނެ. ބަލަ މާލޭ އައިޖީއެމްއެޗްގައިވެސް އަބަދަކު ޑޮކްޓަރުންނެއް ނުތިބޭ. ހާދަ ކެތްނުކުރާ ބައެކޭ.މިންވަރަށް އީމާންވެބަލަ.
ކެޓްލެބް
08 May 2024
އައްޑޫއަށް ރަނގަޅުވާނެ ކެޓް ޝެލްޓާަ އަދި ކެޓްލެބް ބަދަލުކޮށްލަން
ކުލްސޫމު.
08 May 2024
އާސަންދަ ހީނާ އަށް ދަންނަވައިެގން އައްޑޫ އެންމެންގެ އައިޑީ ދީފައި ނަމަވެސް ޑަކްތަރަކު ލިބޭތޯ ބަލަންވީނު ؟
ކަޅު ހިޔަލަ
08 May 2024
10 އަހަރު ވި އިރު ހުންނަންވާނީ މީހުން ޓްރެއިން ކުރެވިފަ އެއްނު؟